އެމެރިކާގެ މިޗިގަން ސްޓޭޓަށް ނިސްބަތްވާ އެއްމާބަނޑު ދެ މީހަކު އެއްމާބަނޑު ދެ މީހުންނާއި ކައިވެނިކޮށްގެން އެއް އެޕާޓްމެންޓެއްގައި ދިރިއުޅުމަށް ތައްޔާރުވެއްޖެއެވެ. ޒެކް އާއި ނިކް ކައިވެނި ކުރަން ނިންމާފައި ވަނީ ކްރިސީ އާއި ކެސީއާއެވެ. މި މީހުން ކައިވެނި ކުރުމަށް ހަމަޖެހިފައި ވަނީ އަންނަ ހަފްތާ ބަންދުގައެވެ.

ޒެކް އާއި ނިކް އަކީ އުފަންވިއިރުއްސުރެ ވަރަށް ގާތްކޮށް އުޅެމުން އަންނަ ދެ މީހުންނެވެ. ކްރިސީ އާއި ކެސީވެސް އުފަންވިއިރުއްސުރެ އުޅެމުންދިޔައީ އެހެންނެވެ. އެހެންވެ އެ މީހުން ނިންމީ އެކު އެކީ ކަހަލަ ގޮތަކަށް ކައިވެނިކޮށްގެން އެއްގެއެއްގައި ދިރިއުޅުމުގެ ދަތުރު އެކީގައި ފެށުމަށެވެ.

އަންނަ ހޮނިހިރު ދުވަހުގެ ރޭ މި ކައިވެނީގެ ހަފްލާތައް ފެށޭއިރު، އެ ދެ ކައިވެންޏަށް ހާއްސަކޮށްގެން ބޮޑު ހަފްލާ ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. ކެސި އާއި ނިކް ކައިވެނި، އަންނަ ހުކުރު ދުވަހު އޮތްއިރު، ކްރިސީ އާއި ޒެކްގެ ކައިވެނި ކުރާނީ ހޮނިހިރު ދުވަހުގައެވެ.

މި މީހުން އެއްކޮށް ކައިވެނިކޮށް، އެކީގައި ދިރިއުޅެން ނިންމާފައިވީނަމަވެސް، ހަނީމޫން އޮތީ ވަކިންނެވެ. ކޮންމެ ދެމަފިރިޔަކު ފްލޮރިޑާގައި ޗުއްޓީ ހޭދަކޮށްލަން ދާނީ ވަކިވަކިންނެވެ.

ކެސީ އާއި ނިކް ފުރަތަމަ ބައްދަލުވެފައި ވަނީ ޔުނިވާސިޓީގައި ކިޔަވަން އުޅުނު ދުވަސްވަރުއެވެ. އެއިރު މި ދެ މީހުންވެސް ޑޭޓަކަށް ދިޔައީ ދެބެއިން ގޮވައިގެންނެވެ. އެތަނުން ކްރިސީ އާއި ޒެކް ބައްދަލުވެ ދެ މީހުން ރައްޓެހިވާން ނިންމީއެވެ. މި ދެ ޖޯޑު އެންގޭޖްވެފައި ވަނީވެސް އެއް ދުވަހެއްގައެވެ.

ޒެކް ބުނީ، ދެ މީހުންގެ ތަފާތުތަކެއް ހުންނަ ކަމެކެވެ. އެހެން ނަމަވެސް އެ ދެ މީހުން އަބަދުވެސް ދެ މީހުންނަށް އިހްތިރާމް ކުރާކަމަށް ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ބާނިޔޫސޭ

    އިނދެވުނީމަ ކިހާވަރެއް ކޮށްލާނެބާ؟ މިހާރުވެސް އެތިބީ އެކޮޅުކޮޅުން އެލުވާ ބާރު ކަނޑުވާލާފަ. ލޯބިންނޯ.