ސްރީ ދޭވީ ކަޕޫރްގެ މަރާއެކު މުޅި ބޮލީވުޑް އޮތީ ހިތާމައެއްގެ ތެރޭގައެވެ. ސްރީ ދޭވީއަށް ސަޕޯޓް ކުރާ މީހުން ތިބީ އަދިވެސް ޝޮކެއްގައެވެ. އާއިލާ އާއި ގާތް މީހުންވެސް ސްރީ ދޭވީ ވަކިވުމުގެ ހިތާމަ ކުރަނީއެވެ.

މިދިޔަ ހޮނިހިރު ދުވަހުގެ ރޭގެ ވަގުތެއްގައި ދުބާއީގައި ހުއްޓާ މަރުވި ސްރީ ދޭވީގެ ހަށިގަނޑު ރޭ އިންޑިއާގެ މުމްބާއިއަށް ވަނީ ގެންގޮސްފައެވެ. އޭނާގެ ހަށިގަނޑު ބަލާލުމަށްޓަކައި އެތައް ބަޔަކު ސްރީ ދޭވީގެ ފިރިމީހާ ބޮނޭ ކަޕޫރްގެ ގެ ކައިރީ ތިއްބެވެ. އެމްބިއުލާންސް އެ ގެއާ ހަމައަށް ސްރީ ދޭވީގެ ހަށިގަނޑު ގެންދިޔައެވެ. ސްރީ ދޭވީގެ ހަށިގަނޑު ބެލުމަށްޓަކައި ބައެެއް މީހުން ގަހަށްވެސް އެރިކަމަށް ވެއެވެ.

ސްރީ ދޭވީގެ ހަށިގަނޑު ގެނެސްފައި ވަނީ އަނިލް ކަޕޫރްގެ ޕްރެއިވެޓް ޖެޓްގައެވެ. ރޭ 22:30 ހާއިރު އޭނާގެ ހަށިގަނޑު ގެނައިއިރު، އެ ހަށިގަނޑު ގެއަށް ވެއްދުމަށްވެސް އުނދަގޫވެފައި ވަނީ އެ ހިސާބުގަނޑުގައި މީހުން ގިނަވެ އެ މީހުން މައިތިރި ކުރަން ޖެހުމުންނެވެ.

ރިޕޯޓްތައް ބުނާގޮތުގައި، ސްރީ ދޭވީގެ ހަށިގަނޑު މިއަދު އާއްމުންނަށް ދައްކާލާނެއެވެ. އަދި މިއަދު މެންދުރު ފަހު 15:30 ގައި އޭނާގެ ހަށިގަނޑު ވަޅުލާނެއެވެ.

ސްރީދޭވީގެ ހަށިގަނޑު ވަޅުލުމާއި ހަމައަށް އެތައް ބަޔަކު އެ ސަރަަހައްދުގައި ހަރަކާތްތެރިވެދާނެކަމަށް ބަލައި ފުލުހުން ތިބީ ތައްޔާރަށް ކަމަށް ވެއެވެ.

ސްރީ ދޭވީ މަރުވީ ބާތްޓާބެއްގެ ތެރެއަށް ގެނބިގެންނެވެ. އުމުރުން 54 އަހަރުގައި އޭނާ މަރުވިއިިރު، އެއީ ފިލްމީ ދާއިރާގައި 50 އަހަރު ހޭދަކޮށްފައިވާ އެންމެންގެ ލޯބި ލިބިފައިވާ ތަރިއެކެވެ.

 

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ޙަފްޞާ / މާލެ

    މުސްލިމަކަށްނުވާތީ ނަރަކަޔަށް! ވަރަށް ދެރަވަން

  2. ޙސހގޖސ

    ޢަންބަނީގެ ޖެޓްގައި

  3. ސަނާ

    ޚަބަރު ގެނެސްދޭ އިރު ތެދު ޚަބަރު ގެނެސް ދިނުން ވަރަށް މުހިއްމު އަނިލްްކަޕޫރަކީ އަމިއްލަ ޖެޓެއް އޮންނަ ވަރުގެ މީހެއްނޫން އަނިލް އަމްބާނީގެ ޖެޓެއްގަ ގެނައިކަމަށް ވަނީ ހަށިގަނޑު ވަޅެއްވެސް ނުލާނެ އަންދާލާނީ

  4. ޖޖޖ

    އިދިކޮޅު މީހުނަށް ދޭން ރަނގަޅުވާނެ ތި އެއްވި މީހުންގެ ފޮޓޯއެއް. މިހާރު ދެން ބޭނުން ކުރަން ލިބޭނީ ކޮންމެވެސް ތާކުން ވަގަށް ހޯދާ ފޮޓޯގަނޑެއް.

  5. މުަސްލިމީން

    މުސްލިމުން މޫމިނުން ގެ ލޯބެެއް ނުލިބޭނެއެވެ ސަބަބަކީ އޭނާ މަރުވީ ހަރުބީ ކާފަރެއްގެ ގޮތުގައެވެ ގެރި ބަކަރި ބުދުފަދަ ހަޑި މުޑުދާރު ތަކައްޗައް އަޅުކަން ކުރާ ހާލިގައެވެ.
    ހިތާމައެއްގެ ކޮޅެއްނެތެވެ

  6. ޢަހަން

    ޢަނިލް ކަޕޫރު އެއް ނޫން އަނިލް އަމްބާނީ ގެ ޖެޓްގަ ދޮގު ހަބަރު ނުލިޔޭ