ބޮޑެތި ރިއަލިޓީ ޓީވީ ޝޯތަކުންނާއި އޭނާގެ ނެށުމުގެ ހުނަރުގެ އިތުރުން އެކްޓު ކުރުމުގެ ހުނަރުން ގިނަ ބައެއްގެ ހިތުން ޖާގަ ހޯދައިފައިވާ ސަނީ ލިއޯން ސައުތު އިންޑިއަން ފިލްމު އިންޓަސްޓްރީއަށް ނިކުންނަ ކަން އިއުލާން ކޮށް ފުރަތަމަ ފަހަރަށް ތަމަޅަ ފިލްމެއް ކުޅެން ތައްޔާރުވެއްޖެއެވެ.

ވަރަށް އަވަހަށް ރިލީޒް ކުރަން ހަމަޖެހިފައިވާ ތަމަޅަ ފިލްމެއް ކަމަށްވާ "ވީރުމާދޭވީ" އިން ސަނީ ފެނިގެން ދާއިރު މި ފިލްމު ކުޅެން ސަނީ ވަނީ އެއްބަސްވެފައެވެ. އަދި މި ފިލްމު ވެގެން ދާނީ ސަނީގެ ފުރަތަމަ ތަމަޅަ ފިލްމަށެވެ.

މި ފިލްމާއި ބެހޭ ގޮތުން ސަނީ ބުނެފައިވަނީ މި ފިލްމު ވެގެން ދާނީ ވަރަށް ވެސް ތަފާތު ތަޖުރިބާ އަކަށް ކަމަށާއި ތަމަޅަ ބަސް ދަސްކުރަން މިހާރު ވޯކްޝޮޕް ތަކުގައި ބައިވެރިވާން ފަށާފައިވާ ކަމަށެވެ.

އުމުރުން މިހާރު 36 އަހަރުގެ ސަނީ ލިއޯން ބޮލީވުޑަށް ތައާރަފުވީ 2012 ވަނަ އަހަރު ރިލީޒްވި ތުރިލަރ ފިލްމު "ޖިސްމު 2" އިންނެވެ. އެއަށްފަހު ސަނީ ވަނީ ބޮލީވުޑްގައި ކާމިޔާބު މަސައްކަތްތަކެއް ކޮށްފައެވެ. ސަނީ ބުނީ ބޮލީވުޑަށް މުޅިން ފިޓު ނުވި ނަމަވެސް، މިހާރު ގިނަ ބަޔަކާ ދިމާވެ އެކުގައި މަސައްކަތް ކޮށްލާނެ ރަނގަޅު ބަޔަކު ލިބިފައިވާ ކަމަށެވެ.

"އޭކް ޕަހޭލީ ލީލާ", "ކުޗް ކުޗް ލޯޗާ ހޭ" އަދި " ވަން ނައިޓް ސްޓޭންޑް" ފަދަ ފިލްމްތަކުން ސަނީ ވަނީ ބޮޑު މަޝްހޫރު ކަމެއް ހޯދައިފަ އެވެ.

ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ބޮލީވުޑްގައި ނަން ވިދާލި އެއް ފަންނާނަކީ ވެސް ސަނީ ލިއޯނެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އިބިލީސް

    "އެކްޓް ކުރަން" ވަރަށް މޮޅޯ. ހި ހި ހި

  2. ޝާޒް

    ސަނީ ލީއޯން އީންޑީޔާ ފީލުމު ކުޅެން ކަމަކު ނުދޭ.. ސަނީ ކުޅެން ހަމަ އެންމެ ރަނގަޅުވަނީ ކުރީންވެސް ކުޅުނުކަހަލަ ފީލުމު.

  3. Anonymous

    ސެކަންޑު ފިލްމުު އެއީ?