މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ދުބާއީގެ ހޮޓަލެއްގެ ބާތްޓަބެއްގައި ގެނބިގެން މަރުވި ބޮލީވުޑްގެ އެކްޓްރެސް ސްރީ ދޭވީއާއި ބެހޭގޮތުން ވާހަކަ ދައްކަވުން ރާނީ މުކަރްޖީ ބެނެފައި ވަނީ އޭނާ ނެތްކަން އަދިވެސް ގަބޫލުކުރަން ދަތި ކަމަށެވެ.

ސްރީ ދޭވީ އަަކީ ރާނީއަށް ދައްތައެއް ފަދަ ގާތް ރަހުމެއްތެރިއެއް ކަމަށާއި ލޯބިން ސްރީދޭވީ ގޮވާ އުޅެނީ "ލައްޑޫ" ކަމަށްވެސް ރާނީ ބުނެފައި ވެއެވެ.

އޭގެ އިތުރުން މަންމައަކަށް ވުމަށްފަހު ރާނީ ކުޅުނު ފުރަތަމަ ފިލްމު "ހިޗްކީ" ގެ ޓްރެއިލާ ބެލުމަށްފަހު ފިލްމު ބަލާލަށް ބޭނުންވާކަމަށް ސްރީދޭވީ ބުނިކަމަށެވެ. އަދި ފިލްމު ތައްޔާރުވީހާ އަވަހަކަށް ސްރީދެވީއަށް ފިލްމު ދައްކާލުމަށްވެސް ރާވާފައިވާ ކަމަށް ރާނީ ބުނެފައި ވެއެވެ.

ދަރިއެއް ލިބުނުފަހުން މިވީ 2 އަހަރުދުވަސް ވެގެން ގޮސްފައިވަނީ ސްރީ ދޭވީއާއި ގާތް ރަހުމެއްތެރިކަމެއް އުފެދިގެންދިޔަ ދުވަސްތަކެއް ކަމަށާއި އަދްރިޔާ އަށް ސްރީ ދޭވީ އަކީ ދެވަނަ މަންމައެއް ކަމަށް ރާނީ ބުނެފައިވެއެވެ.

މިއަދު ލޮޚަންދްވަލާގެ ސެލެބްރޭޝަން ސްޕޯޓްސް ކްލަބްގައި ސްރީ ދޭވީގެ މޫނު ބަލާލުން ކުރިއަށް ގެންދިޔައިރު ގިނަ ބަޔަކު ވަނީ މޫނުބެލުމަށް ގޮސްފައި އެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އަހުމަދު ސާކިރު

    އިންސާނަކު މަރުވެގެން އެކަމާ ހިތާމަކޮށް ހެދުމަކީ އިންސާނުންގެ ކިބާގައި އެކަލާންގެ ލެއްވި ކަމެއް. އަޅުގަނޑުމެންގެ ރާއްޖޭގެ ޙަބަރެއްގައިވެސް ސީރިޔާގައި ސަހީދުވަމުން އެދާ މުސްލިމުންްގެ ވާހަކަތައް އެހާގިނަ ނޫނީ ކީއްވެބާ؟؟؟

  2. ޔައުގޫބާ

    ޑހހދހދހދހދހ