ގިނަ އަދަދެއްގެ ވަގުންތަކެއްވެގެން މުއްސަނދި މީހެއްގެ ގޭގައި ހުރި ތިޖޫރިއެއް ވަގަށް ނަގައިގެން ގޮސް އެ ފަޅާލައިގެން ބެލިއިރު، އޮތީ އެންމެ 100 ރުޕީސްއެވެ. މިއީ އެ މީހުންނަށް ލިބޭނެ ބޮޑު ލަނޑެއް ނޫން ހެއްޔެވެ. އެ މީހުންވެސް އުއްމީދުކޮށްގެން ތިބީ އެ ތިޖޫރީގައި ގިނަ އަދަދަކަށް ފައިސާ ހުރެދާނެ ކަމަށެވެ.

ރިޕޯޓްތައް ބުނާގޮތުގައި، މިކަން ފަޅާއަރާފައި ވަނީ ގަހަނާ ހަދާ މީހެއްގެ ގެއިން ވައްކަން ކުުރި ބަޔަކު ހޯދަން އުޅުމުގެ ތެރޭގައެވެ. އެ މައްސަލާގައި ފުލުހުން ވަނީ ހަތް މީހަކު ހައްޔަރުކޮށްފައެވެ.

މި މަހުގެ 20 ވަނަ ދުވަހު އެ މީހުން އެ މީހާގެ ގެއަށް ވަދެ ފުރަތަމަ މަސައްކަތް ކުރީ އެ ގޭގައި ތިބެގެން އެ ތިޖޫރީ ފަޅާލުމަށެވެ. ނަމަވެސް އެ މީހުންނަށް އެކަން ކާމިޔާބު ނުވީއެވެ. އެންމެ ފަހުން 25 ކިލޯގެ އެ ތިޖޫރި ގެންދިޔައީއެވެ.

އިންޑިއާގެ އަވަށެއްގައި މިކަން ހިނގާދިޔައިރު، އެ މައްސަލައާ ގުޅިގެން ހައްޔަރުކުރި ހަތް މީހުންނަކީ ކުންފުނިތަކާއި ގެތަކުގެ ސެކިޔުރިޓީ މަސައްކަތުގައި އުޅޭ ބައެކެވެ. ފުލުހުން ބުނީ، އެ މީހުންގެ އަތުން ބައިވަރު ރަނާއި ޖަވާހިރުވެސް ފެނިފައިވާކަމަށެވެ.

 

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ވ.ބަރު 25ކިލޯ.