އެކި ފަހަރު މަތިން 15 މީހަކު ރޭޕް ކުރި މީހަކު 32 އަހަރަށް ޖަލަށް ލާފައި ހުއްޓާ އަމިއްލައަށް މަރުވެއްޖެއެވެ.

އިންޑިއާގެ ނޫސްތައް ބުނާގޮތުގައި، އެމް ޖައިޝާން ކަރް ނަމަކަށް ކިޔާ އެ މީހާ އަމިއްލައަށް މަރުވެފައި ވަނީ ބެންގަލޫރްގެ ޕަރަޕައްނާ އަގްރަހަރާ ސެންޓްރަލް ޕްރިޒަންގައި ޖަލު ހުކުމް ތަންފީޒު ކުރަމުން ދަނިކޮށެވެ.

ޖައިޝަންކަރް އަކީ މީގެ ކުރިން ޖަލުން ފިލައިގެން އުޅެނިކޮށް ކާވެސް ހައްޔަރުކުރި މީހެކެވެ. އެ ހާދިސާއަށްފަހު އޭނާ ބަންދުކޮށްފައި ހުންނަނީ އެހެން މީހުންނާއި ވަކިން ހުންނަ ޖަލު ގޮޅިއެއްގައެވެ.

އޭނާ މަރުވެފައި ވަނީ މިިދިޔަ ހަފްތާ ތެރޭގައެވެ. އޭނާ އަމިއްލައަށް މަރުވެފައި ވަނީ ޝޭވިންގ ޜޭޒަރެއް ބޭނުންކޮށްގެން އަމިއްލައަށް ކަރު ބުރިކޮށްގެންނެެވެ.

ޖައިޝަންކަރް އަކީ 2013 ވަނަ އަހަރުގެ ތެރޭގައި ޕަރަޕައްނާ އަގްރަހަރާ ސެންޓްރަލް ޕްރިޒަންގައި ހުއްޓާ 30 ފޫޓުގެ ފާރެއްގެ މަތިން ފުންމާލައިގެން ފިލި މީހެކެވެ. އޭނާ ފިލިތާ ތިން ދުވަސް ތެރޭގައި އަލުން އޭނާ ވަނީ ހައްޔަރުކޮށްފައެވެ.

އޭނާއަކީ ޓްރަކް ޑްރައިވަރެއްގެ ގޮތުގައި މަސައްކަތް ކުރަމުން ދިޔަ މީހެކެވެ. 15 މީހަކު ރޭޕް ކުރުމުގެ އިތުރުން. މީހުން ކިޑްނެޕް ކުރުމުގެ ދައުވާވެސް އޭނާގެ މައްޗަށް ވަނީކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ކޮބާ އިސްލާމުނަށް ކަމެއްވާއިރަށް މަލާމަތް ކުރާ މީހުންގެ ދޫ ބަންދު ވީތަ؟

  2. މަމެން މި މީހުނަށް ކިޔަނީ ގަޓު މީހުން.