ވާދަވެރި އެޕަލް ކުންފުނިން އެމީހުންގެ އައިކުލައުޑް ޑޭޓާ ހޯސްޓުކުރުމަށް ބޭނުން ކުރަރީ ގޫގުލްގެ ސާވާ ކަމަށް އެޕަލް އިން ބުނެފިއެވެ.

މިއީ ގަބޫލް ކުރަން ދަތި ނަމަވެސް ހަގީގީ ވާހަކައެކެވެ. އެއީ ޓެކްނޮލޮޖީ ގޮތުން އެހާ ވާދަވެރި ދެ ކުންފުނި ކަމަށްވާއިރު އެޕަލް ކުންފުނިން އެމީހުންގެ ހުރިހާ ކަސްޓަމަރުންގެ އައިއުލައުޑް ޓޭޓާތަށް ރައްކާކުރަން އެމީހުންނާއި އެންމެ ވާދަވެރި ގޫގުލް ސާވާ ބޭނުން ކުރުން މިއީ އާދައިގެ ކަމެއް ނޫނެވެ.

މިކަން ހާމަކޮށް އެޕަލް އިން ލިޔެފައިވާ ލިޔުން މިހާރު އެހުރީ ކޮންމެ މީހަކަށްވެސް ފަސޭހައިން ކިޔައިލެވޭނެ ހިސާބެއްގައެވެ. އެޕަލްގެ އެންމެ ފަހުގެ އައި.އޯ.އެސް ސެކިއުރިޓީ ޑޮކިއުމެންޓްސް ކިޔާލާށެވެ. އޭރުން މިއީ ކިހާ ވަރެއްގެ ހަގީގަތެއްކަން ހާމަވާނެއެވެ. އެޕަލް އިން ގޫގުލް ސާވާ ބޭނުން ކުރަން ފެށުމުގެ ކުރިން އައިކުލައުޑް ޑޭޓާ ރައްކާ ކުރުމަށްޓަކައި އެމޭޒަން ވެބް ސާވިސްއަާއި މައިކްރޯސޮފްޓް އަޒޫރޭ ވެސް މީގެ ކުރިން ބޭނުން ކޮށްފައިވެއެވެ.

އެޕަލް އިން ގޫގުލް ސާވާ ބޭނުން ކުރަން ފެށުމުން އެޕަލްގެ އައިކުލައުޑް ބޭނުން ކުރާ އެތަށް މިލިއަން މީހުންގެ އަމިއްލަ ފޮޓޯ އާއި ވީޑިޔޯ އަދި މިނޫނަސް މީހުން ރައްކާ ކުރާ ހުރިހާ މައުލޫމާތެއް ދެން ހުންނާނީ ގޫގުލްގެ ބެލުމުގެ ދަށުގައެވެ.

މީގެ އިތުރުން އެޕްލް އިން އެމީހުންގެ އައިފޯން ތަކުގައި ބޭނުން ކުރާ ކެމެރާ ވެސް އުފައްދަނީ ސޮނީ އާއި އޮމްނި ވިޝަންއިން ނެވެ. އެޕަލް އަތަކު އެމީހުންގެ އަމިއްލަ ކެމެރާ ޓެކްނޮލޮޖީއެއް އަދި ނެތެވެ. މީގެ ކުރިން އެޕަލް އައިފޯން ތަކުގައި ބޭނުންކުރާ ޗިޕް ވެސް އުފައްދަމުން ގެންދިޔައީ އެމީހުނާ ވާދަވެރި ސެމްސަންގް ކުންފުނިންނެވެ.