އޭނާ އަހަރެން ގާތުގައި ރައްޓެހިވާން އަހާފާނެކަމަށް އަހަރެން ހީވެސް ނުކުރަމެވެ. ސްކޫލުން މަދަރުސީ ތައުލީމީ ހަޔާތް އެކުގައި ނިންމާލި ދުވަހަކީ އޭނާ އަހަރެންގެ ގާތުގައި ރައްޓެހިވާން އެހި ދުވަހެވެ. ވަގުތުން "އާނނ" ބަސް ބުނެވިއްޖެއެވެ. އަހަރެންވެސް ހުރީ އޭނާގެ ލޮތްބަށް ފެންބޮވައިގަނެފައެވެ.

މިއީ އަހަރެމެންގެ ލޯބީގެ ހަޔާތުގެ ވާހަކަ ފެށުމެވެ. ޔަގީނުންވެސް ނިންމުން ހިތިވާނެއެވެ. ކުރިއަށް ދާށެވެ.

ދުވަހެއް ދުވަހަކަށް އަހަރުމެންގެ ގުޅުން ދިޔައީ ވަރުގަދަ ވަމުންނެވެ. ކައިވެންޏާއި ހަމައަށް ދާން ދެ މީހުންވެސް ތިބީ ތައްޔާރުވެގެންނެވެ. ކޮންމެ ރެއަކު ދުއްވާލަން ދަމެވެ. އެކުގައި ގިނަ ވަގުތު ހޭދަކުރަމެވެ. އާއިލާއާ ބައްދަލުކޮށް ދެ މީހުންގެ ގުޅުމުގެ ވާހަކަތައް ދައްކަމެވެ.

ދެ މީހުންވެސް ވަޒީފާއަށް ދާން ފަށައިފިއެވެ. ކައިވެނީގެ ހަފްލާ ވަރުގަދަޔަށް ބޭއްވުމުގެ ނިޔަތުގައެވެ. ދެ މީހުންވެސް މަސައްކަތް ކުރަމުންދިޔައީ ޕްރައިވެޓް އޮފީހެއްގައެވެ.

އޭނާ ކޮންމެ ދުވަހަކުވެސް އަހަރެން އޮފީހަށް ލާން ދެއެވެ. ދެ އޮފީހެއްގެ މަސައްކަތް ކުރިނަމަވެސް ދެމީހުންގެ އޮފީސް ހުންނަނީ މާ ދުރެއްގައެއް ނޫނެވެ. މިގޮތަށް ދެ މީހުން އުޅޭއިރު، ބައެއް ފަހަރު އެކުގައި ލަންޗް ބްރޭކް ތަންތަނަށްވެސް ގޮސްލާ ހަދަމެވެ.

ދުވަސްތައް މާޒީވަމުން، ގޮސް ދެ މީހުންގެ ގުޅުމަށް 4 ހަތަރު ފުރިއްޖެއެވެ. އެ ދުވަސް ވަރަށް ކުލަގަދަކޮށް ފާހަގަކުރިއެވެ. އާއިލާއާއި ރަހުމަތްތެރިންނާވެސް އެކުގައެވެ. އެންމެންވެސް މިހާރު ތިބީ އަހަރުމެން ދެ މީހުން ކައިވެނި ކުރާނެ ދުވަހެއްގެ އިންތިޒާރުގައެވެ.

އަހަރެމެންގެ ކައިވެނީގެ ހަފްލާ އޮތީ ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހުއެވެ. ހުރިހާ ކަމެއް ފައިނަލް ވެއްޖެއެވެ. އަހަރެން މިހިރީ ބުނާނެ އެއްޗެއްވެސް ނޭގިފައެވެ. އުފަލުންނެވެ. ކައިވެނީގެ ހަފްލާއަށް ދައުވަތު ދޭ ލިސްޓުވެސް ތައްޔާރުކޮށްފިއެވެ.

ވާން ޖެހޭ އެންމެ ފަހުގެ ތައްޔާރީތައް އަހަރެން ދިޔައީ ވަމުންނެވެ. އޭނާވެސް އެގޮތައް ކަންތައް ކުރާކަމަށް އަހަރެން ގަބޫލުކުރެއެވެ.

ހަޔާތުގައި އަންނަ ބިޒީ ދުވަސްތަކުގައިވެސް ތިމާ ލޯބިވާ މީހާއަށް ވަގުތު ދޭން ޖެހޭ ވާހަކަ އަޑުއަހަމުއެވެ. އަދި މީހާއަށް ސިކުންތު ކޮޅެއްގެ ތެރޭގައިވެސް ބޮޑު ބަދަލެއް އަތުވެދާނެކަމުގެ ވާހަކަވެސް އަހަރެން އަޑުއަހުމެވެ. އެހެން ނަމަވެސް އަހަރެން އެގޮތް ބޭނުން ނޫނެވެ. ނަމަވެސް ކީއްކުރާނީ ހެއްޔެވެ؟. އަހަރެންގެ ހިތް ނޭދުނަސް...

އޭނާ ކުއްލިއަކަށް ބިޒީ ވާން ފަށައިފިއެވެ. ޒުވާބު ކުރަން ފަށައިފިއެވެ. އަހަންނަށް ވަގުތު ދޭ މިންވަރު މަދުވެއްޖެއެވެ. ބޭރު ތެރެއިން ފެންނަލެއް ގިނަ ވެއްޖެއެވެ. އަހަރެން އޮފީހަށްލާން ދިޔުން ހުއްޓާލައިފިއެވެ. އޭނާއަށް އަންނަމުންދާ ބަދަލުތައް ފެނުނީ އަހަންނަށް އެކަންޏެއް ނޫނެވެ.

އާއިލާއަށް އެ މަންޒަރު ފެނިގެން އެ ވާހަކަދައްކައެވެ. އަހަރެންނާއި ދެ މީހުންގެ މައްސަލައެއް އުޅޭތޯ އާއިލާއިން އެހިއެވެ. އަހަރެން އެއަށް ދޭނީ ކޮން ޖަވާބެއް ހެއްޔެވެ.

ގުޅުން ހީނަރުވެފައި ހުންނަތާ މަހެއްހާ ދުވަސް ފަހުން އެއްރެއެއްގެ ދަންވަރު 3:00 ޖަހަން އުޅެނިކޮށް އޭނާ އަހަންނަށް ގުޅިއެވެ. އެދުނީ ފައިސާ ކޮޅެއް ދިނުމަށެވެ. އަހަރެން އޭނާގެ ގާތުގައި އެހީ އޭނާއަށް ލިބޭ ފައިސާ ކޮބައިތޯއެވެ. އިތުރު އެއްޗެއް އޭނާ ނުބުނުމުން ތިރިއަށް މި ފައިބަނީއޭ ބުނެފައި އަހަރެން، 500 ރުފިޔާ ހިފައިގެން ފޭބީއެވެ.

އަސްތަޤްފިރުﷲ... އޭނާ ފެނިފައި އަހަންނަށް ބުނެވުނެވެ. އަހަރެންގެ އަތުން 500 ރުފިޔާ ނެގުމަށްފަހު އެއްވެސް އެއްޗެއް ނުބުނެ ދިޔައީއެވެ. އޭނާއާއެކު އިތުރު ކުއްޖަކުވެސް ހުއްޓެވެ. އަހަންނަށް އެ ވަގުތުން ފެށިގެން ކޮންމެވެސް ނުބައެއް އުޅޭކަން އެނގުނެވެ.

އޭގެ އަނެއް ދުވަހު ހެނދުނު އަހަރެން އޮފީހަށް ނުގޮސް އަހަރެން އެގޭ މީހުން ކައިރީ ފެނުނު މަންޒަރުތައް ކިޔާދިނީމެވެ.

އެމީހުންނަށް އެކަންތައް އިނގެއެވެ. އިތުރަށް ބެލި ބެލުމުން އެނގުނުގޮތުގައި، އޭނާއަކީ މާލޭގައި މަސްތުވާތަކެތި ވިއްކުމުގެ ބޮޑެކެވެ. އޭނާ އުޅެނީ ކައިވެންޏެއްވެސް ކޮށްގެންކަން އެނގުނީވެސް އެ ދުވަހުއެވެ.

އަހަންނަށް ހުރެވުނު ތަންވެސް ބުނެދާކަށް ނޭގުނެވެ. ނޫނެކެވެ. އަހަރެންގެ... ޔާ.މިން އެހެން ނޫޅޭނެއެވެ.

އަހަރެންނަށް ބާރަށް ރޮއެގަނެވުނެވެ. އެ ހިތުން އަހަންނަށް ޖާގައެއް ނުލިބުނެވެ. އެ ދިރިއުޅުމުން އަހަންނަކަށް ޖާގައެއް ނުލިބުނެވެ. އެ އާއިލާގެ މީހުން އަހަންނަށް ހިތްވަރު ދިނެވެ. އަދި އެ މީހުންގެ ދަރިފުޅު ރަނގަޅު މަގަށް އެޅުވޭނީ އަހަންނަށްކަމަށް ބުންޏެވެ.

އަހަރެން އެ މަސައްކަތް ފެށިއެވެ. ކޮންމެ ދުވަހަކު އަހަރެން އޭނާއަށް ގުޅަމެވެ. ބައެއް ފަހަރު ފޯނު ނަގައެވެ. ނަގާފައި މާގިނަ ވާހަކައެއް ނުދައްކައެވެ. އަހަންނަށް އެއްވެސް އެއްޗެއް ނޭގޭކަމަށް އޭނާއަށް ހީވާ ކަހަލައެވެ.

އެންމެ ފަހުވަގުތާއި ޖެހެންދެންވެސް އަހަރެން މަސައްކަތް ކުރީ އޭނާ އިސްލާހު ކުރެވޭތޯއެވެ. ކޮންމެ ދުވަހަކު އަހަރެން އޭނާއަށް ގުޅަމެވެ. ވާހަކަދައްކާ ހެދޭތޯ މަސައްކަތް ކުރީމެވެ. ނަމަވެސް އޭނާގެ ވާހަކަތަކުގައި މާބޮޑު އޮއްޓަރެއް އެއްވެސް ކަހަލަ ލޮތްބެއް އެކުލެވިގެން ނުވާ ކަހަލައެވެ.

އަދި އެ ހިތް ދެން ބަދަލުވެދާނެހެން ހީނުވާތީ އަހަރެން ކައިވެންޏަށް ކުރަމުން އައި އިންތިޒާރު ވެއްޔާއި މޮޑެލީމެވެ. އަދި އަހަރެންގެ އާއިލާއަށް ހުރިހާ ވާހަކައެއް ކިޔާދިނީމެވެ. އަދި އަހަރެން އޭނާއަށް ގުޅުން ހުއްޓާލައިފީމެވެ. އޭނާވެސް އަހަންނަށް ގުޅިއެވެ.

ޑިސެމްބަރ މަހުގެ 31 ވަނަ ދުވަހުގެ ރޭގެ ދަންވަރުގެ ވަގުތެވެ. އޭނާ އަހަންނަށް ގުޅިއެވެ. ވަރަށް ދަންވި ފަހުންނެވެ. ވަރަށް ބޮޑުކަމެއްގައި ތަނަކަށް ދާން ޖެހޭކަމަށް ބުނެ ވަރަށް އަވަހަށް ތިރިއަށް އައުމަށް އެދުނެވެ. އަހަރެން ކުޑަ ގޮތަކަށް ތައްޔާރުވެލައިގެން ތިރިއަށް ދިޔައީމެވެ.

ދިމާނުވާތާ އެތައް މަސްތަކެއް ފަހުން އަހަންނަށް އޭނާ ފެނުނިއިރު، އިސްތަށިގަނޑު ވަރަށް ދިގެވެ. ތުންފަތް ވަރަށް ކަޅެވެ. ދެ ލޯ ހީވަނީ..... އޭނާ އެދުނީ ސައިކަލް ފަހަތަށް އެރުމަށެވެ.

އަހަރެން އޭނާ ގާތުގައި ދަނީ ކޮންތާކަށްތޯ ސުވާލު ކުރުމުން މަޑު އިންނާށޭ ބުނެ އަހަރެން ގެންދިޔައީ މާލޭގެ ގެސްޓް ހައުސްއަކަށެވެ. އަހަރެން އެތަނަށް ނުދާން ދެކޮޅު ހެދީމެވެ. ނަމަވެސް ދަމާފައި ގެންގޮސް އެތަނުން ކޮޓަރިއަކަށް އަހަރެން ވެއްދިއެވެ. އެތަނުގައި ހަތް މީހުން ތިއްބެވެ.

އަހަރެން އަނބުރައި ގަންނަ ކަހަލަ ގޮތްވީ ކޮޓަރީގައި ދުވި ވަހަކުންނެވެ. އަހަރެން އެތަނުން ނުކުންނަށް މަސައްކަތް ކުރީއެވެ. ގަދަ ހަދާފައި ނުއުޅުމަށް ބުނެ އެ ލޯބިވެރިޔާ ޖެހީ އަހަރެންގެ ކަން ކަށި މަތީގައެވެ.

އަހަރެންގެ ނޭފަތް މަތީގައި އެއްޗެއް އަޅާ ހާސްކޮށްލިއެވެ. އަހަންނަށް ހޭވެރިކަން ވީއިރު ފުލުހުން ތިބީ އެ ކޮޓަރީ ތެރޭގައެވެ. އަހަރެން އޮތީ އޮރިޔާން ހާލުގައެވެ. އެ ކޮޓަރީގައި ތިބި އެންމެންވެސް ތިބީ އެހާލުގައެވެ. އަހަންނަށް ވީގޮތް އެނގިއްޖެއެވެ. އެމީހުން އަހަރެން ރޭޕްކުރީއެވެ.

އަހަރެމެން އެންމެން ހައްޔަރުކޮށްގެން ގެންދިޔައިރު، އެމީހުން އަހަންނަށް ހުރީ މަސްތުވާތަކެތި ދީފައިކަމުން އަހަރެން މަސްތުވާތަކެއްޗަށް ޕޮޒިޓިވްވިކަމަށް ބުންޏެވެ.

ފުލުހުން ގަބޫލުކުރީ އަހަރެންމީ ހަށިވިއްކާ މީހެއްގެ ގޮތުގައެވެ. އަހަރެންގެ މުޅި އާއިލާއަށް އެ ވާހަކަ ދިޔައެވެ. އަދި މުޅި ރާއްޖޭގައި އަހަރެންގެ ވާހަކަދެއްކި ކަހަލައެވެ.

އެ މައްސަލާގައި އަހަރެން ޖަލުގައި 10 ދުވަސް ހޭދަ ކުރަން ޖެހުނެވެ. ނަމަވެސް އަހަރެން ސަލާމަތްވީ އަހަރެންގެ ފަރާތުން މަސްތުވާތަކެތި ބޭނުން ކުރާކަމުގެ އެއްވެސް ހެއްކެއް ފުލުހުންނަށް ފެނިފައިނުވާތީ އާއި އެ މީހުން އަހަންނާއި މެދު ކުރި ކުށްހީތައް އެއީ ތެދަކަށްވެގެންދާނެ އެއްވެސް ކަހަލަ ހެއްކެއް ނުފެނުނެވެ.

އިރާދަކުރެއްވީތީ އަހަރެން އެކަމުން ސަލާމަތްވެއްޖެއެވެ. އެ ލޯބިވެރިޔާ ކައިރިން ސަލާމަތްވެއްޖެއެވެ. އަހަންނަކީ މިއަދު އެއްވެސް މީހަކަށް އިތުބާރުކުރާނެ މީހެއް ނޫނެވެ. ކޮންމެ މީހަކަވެސް ލަނޑެއް ދީފާނެކަމުގެ ބިރު އޮވެއެވެ. އަހަރެންގެ ހަޔާތަށް އައި ކަޅު އެ ސަފްހަގެ ސަބަބުން އަހަރެން އަދި ކައިވެންޏެއް ނުކުރަމެވެ. އަހަރެން މުޅި ހަޔާތް ވަނީ ބަނަކަމާއި އަނދިރީގެ ތެރޭގައެވެ. ލޯބީގައި އެ ލިބުން ބޮޑު ކެހީގެ ސަބަބުންނެވެ.

އަހަންނަކީ މިއަދު މަސްތުވާތަކެތި ބޭނުންކުރަމުންދާ އަންހެނެކެވެ. މަގުމައްޗަށް ގިނަވެގެން އުޅޭ އަންހެނެކެވެ. އަހަރެން ޖަލުގެ ތޭރީގެ ދަށުގައި ބަންދުވާނީ މާދަމާ ނޫންކަމެއްވެސް ނޭގެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ޏަމްޏަމް

    މިވާހަކަ މިއަށްވުރެ ބާރު ސްޕީޑެއްގައި އަޕްލޯޑް ކޮށްދިނުން އެދެން.

  2. Anonymous

    ﷲގތސހރތކރުޔތިިި

  3. މަ

    އިސްލާހު ވޭ އަވަހަށް
    އެހެން މީހެއްގެ ސަބަބުން އަމިއްލަ ދިިރިއުޅުން ހަލާކު ވިޔަ ނުދީ

  4. އޭނަ

    މި ވާހަކަ ކިޔާފަ ތިކުއްޖާއާ ދޭތެރޭގައި ކަންތައްވީ ގޮތުން ވަރަށްދެރަ ވެއްޖެ. މީތެދެއްތަ. އަޅެފަހެ. ގަބޫލުކުރަން ދަތި ތެދުވާހަކައެއްކަމަށް. ތެދެއްނަމަ ބުނެލަން. އެމީހަކަށް ނުއުފުލެވޭވަރުގެ ތަކުލީފު ނުޖައްސަވާނެ. ބަގަރާ ސޫރަތުގެ ފަހު އާޔަތް މާނައާ އެއްކޮށް ކިޔާލަބަލަ. ކޮންމެ މީހަކަށްވެސް ކަމެއްދިމާވީމަ އިހްސާސް ކުރެވެނީ. މީހަކަށް ދުއްތުރާއެއް ގެއްލުމެއް އަނިޔާއެއް ދީފިނަމަ އެމީހެއްގެ ކިބައިން ބަދަލުހިފޭނެ ވަރަށް ހިތިކޮށް. ތެދު މަގަށް ރުޖޫއަވެލައްވާ ހިތްހަމަ ޖެހުންލިބެނީ ރަގޅަށް އުޅުނީމަ.