ފިލްމީ ދާއިރާގައި 50 އަހަރު ހޭދަކުރި ސްރީ ދޭވީ ކަޕޫރް މަރުވުމާއި ގުޅިގެން އޭނާއަށް އިހްތިރާމް އަދާ ކުރުމުގެ ގޮތުން ގިނަ ފިލްމީ ތަރިންތަކެއް މުމްބާއިއަށް ހިނގައްޖެއެވެ.

ރިޕޯޓްތައް ބުނާގޮތުގައި، މިއަދު ހެނދުނު 9:30 އިން ފެށިގެން ސްރީ ދޭވީގެ ހަށިގަނޑު އޮތީ ބިއްލޫރި ފޮއްޓަކަށް ލާފައި ސެލެބްރޭޝަން ސްޕޯޓްސް ކްލަބްގައި ބާއްވާފައެވެ.

ގިނަ ފިލްމީ ތަރިންތަކެއް މިއަދު ހެނދުނުން ފެށިގެން ދަނީ އެ ސަރަހައްދަށް ޖަމާވަމުންނެވެ. އޭގެ ތެރޭގައި ސޯނަމް ކަޕޫރް، ޖެކޮލިން، އައިޝްވާރިޔާ، ފަރާހް ޚާން، ސުޝްމީތާ، ކާޖަލް، އަޖޭ ފަދަ ތަރިންތައް ހިމެނެއެވެ. އަދި މީގެ އިތުރުންވެެސް، އޭނާގެ ބައެއް ފޭނުންނާއި، އިތުރު ބައެއް މީހުންވެސް އެ ސަރަހައްދަށް ޖަމާވަމުންދާކަމަށް އިންޑިއާ ނޫސްތަކުގައި ވެއެވެ.

ރިޕޯޓްތައް ބުނާގޮތުގައި، އެ ސަރަހައްދުން އެންމެންނާއި ސަލާމް ކުރުމަށް ހަރަކާތްތެރިވަމުން ދަނީ ސަންޖޭ ކަޕޫރެވެ. އަދި މައްޔިތާގެ ހަށިގަނޑު ކައިރީގައި އާނަންދް އަހްޖާ، ސޯނަމް ކަޕޫރް އެބަތިއްބެވެ.

ސްރީ ދޭވީ ވަޅުލުމަށް ހަމަޖެހިފައި ވަނީ މިއަދު މެންދުރު ފަހު 1530 ގައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

 1. ކްރިސް

  އެއީ މުސްލިމެއްތަ ނޫނީ ކްރިސްޓިޔަނެއްތަ؟ ވަޅުލަން

  • ޖެނާ

   ދޯ

  • ހުސޭނުބޭ

   ސާފުނުވަންޏާ އެއްބައި ވަޅުލާފައި މައްޗަށް ހުންނަ ބައި އަންދާލިއްޔާ ދެން.........