އެމެރިކާގެ މަޝްހޫރު ފެޝަން އަދި ލައިފްސްޓައިލް މަޖައްލާ އިން އިންޑިއާގައި ނެރޭ "ވޯގް އިންޑިއާ" ގެ ކަވަރގައި އިންޑީޔާގެ ބޮލީވުޑްގެ މަޝްހޫރުތަރި ސާރުކް ޚާންގެ ދަރިިފުޅު ސުޙާނާ ޚާންގެ ފޮޓޯއެއް ބޭނުން ކުރުމުން ގިނަ ބައެއްގެ ފާޑު ކިޔުން އަމާޒުވެއްޖެއެވެ.

ފޭސްބުކްއާއި އިންސްޓަގްރާމް އަދި ޓްވިޓަރގައި ވޯގް އިން އުމުރުން 18 އަހަރުގެ ސުހާނާ ޚާން ފީޗަރ ކުރުމުން ގިނަ ބައެއްގެ ފާޑުކިޔުން ދަނީ އަމާޒު ވަމުން ނެވެ. ބައެއް މީހުން ބުނަމުން ދަނީ މިއީ އޭނާއަށް ޙައްޤު މަޤާމެއް ނޫން ކަމަށާއި ބައްޕަގެ ސަބަބުން އޭނާއަށް ލިބުނު ޗާންސެއް ކަމަށެވެ.

ގިނަ ބައެއްގެ ފާޑު ކިޔުން މިކަމަށް އަމާޒުވެގެން ދާއިރު މިއީ ސުޙާނާ ޚާންގެ ފުރަތަމަ ފޮޓޯ ޝޫޓްކަންވެސް ފާހަގަކޮށްލެވެއެވެ. އަދި މިޝޫޓް ޑިޒައިން ކޮށްފައިވަނީ ޝާރުކް ޚާންގެ ވަަރަށް ގާތް އެކުވެރިއެއް ކަމުން މިއީ ސުހާނާއަށް ކޮރަޕްޝަންއިން ދީފައިވާ ޗާންސްއެއް ކަމަށް ގިނަ ބަޔަކު ޤަބޫލު ކުރެއެެވެ.

https://www.instagram.com/p/Bl58hb5jxXh/?utm_source=ig_embed&utm_campaign=embed_loading_state_control

ވޯގްގެ މިވޮލިއަމް ނެރެފައިވަނީ ޝާރުކް ޚާންއެވެ. އަދި އެޖަލްސާގައި ޝާރުކް ބުނެފައިވަނީ އޭނާގެ ދަރިފުޅު މިހިސާބަށް ގެނެސް ދިނުމަށް ވޯގް ގެ ޓީމްއިން ކޮށްދީފައިވާ މަސައްކަތަށް ޝުކުރު އަދާ ކުރާ ކަމަށެވެ.

ގިނަ ބަޔަކު ޤަބޫލު ކުރަނީ ސުހާނާއަށް ވުރެ ވޯގް ގެ ކަވަރއަށް ތަސައްރަފް ފުދޭ އިތުރު ގިނަ ބަޔަކު އެބަތިބި ކަމަށެވެ.