ޖައްވުން ގޮތްނޭނގޭ އާދަޔާއި ހިލާފު އަޑެއްގެ ސިގްނަލް ކެނެޑާގައި ހުންނަ ސްޓޭޓް އޮފް ދަ އާޓް ޓެލެސްކޯޕަށް ލިބިއްޖެ ކަމަށް ސައިންސްވެރިން ބުނެފިއެވެ.

މިއީ ފާސްޓް ރޭޑިއޯ ބާސްޓް (އެފްއާރްބީ) އަޑެކެވެ. މިއީ މިލިސިކުންތެއްގެ ދިގުމިނަށް އިވޭ ބާވަތުގެ އަޑަށް ސައިންސްވެރިން ދީފައިވާ ނަމެކެވެ. މިއަޑު ރެކޯޑް ކުރެވިފައި ވަނީ 700 މެގަހާޑްސްގައެވެ. އެއީ މިހާތަނަށް އެފްއާރްބީ އަޑެއް ރެކޯޑް ކުރެވުނު އެންމެ ދަށް ފްރެކްރެންސީ އެވެ.

އެފްއާރްބީ އަޑުތައް ޖައްވުން ދުނިޔެ އަށް އިވުމަކީ ވަރަށް ނާދިރު ކަމެކެވެ. 2007 ވަނަ އަހަރަށް ފަހު މިހާތަނަށް ދުނިޔެ އަށް މިފަދަ އަޑެއް އިވިފައި ވަނީ އެންމެ ދެފަހަރު އެވެ.

މިއަޑު އިވުނު ކެނެޑާގެ ޓެލެސްކޯޕް ބޭނުން ކުރަން ފެށީ މިދިޔަ އަހަރު އެވެ. މިއީ 328 ފުޓް ބޮޑު ޔޫ ޝޭޕަށް ހަދާފައިވާ ޓެލެސްކޯޕެކެވެ.

ކެނެޑާގެ ޓެލެސްކޯޕަށް ލިބުނު އަޑުގެ ހަޤީޤަތް ހޯދަން ސައިންސްވެރިން މިހާރު ދަނީ ދިރާސާތައް ކުރަމުންނެވެ. ސައިންސްވެރިން އުއްމީދު ކުރަނީ މިހާރު ބަލަމުންދާ ބެލުންތައް ނިމޭއިރު މިއީ ކޮން ދިމާލަކުން ކިހިނެއްވެ އައި އަޑެއްކަން ކަށަވަރު ކަމާއި އެކު ބުނަން އެނގޭނެ ކަމަށެވެ.

މިފަދަ އަޑުތައް ރެކޯޑް ކުރަން ސައިންސްވެރިން އެންމެ ބޮޑަށް އިސްކަންދޭ އެއް ސަބަބަކީ އެހެން ޕްލެނެޓެއްގައި ނުވަތަ ޖައްވުގެ ކޮންމެވެސް ހިސާބެއްގައި އޭލިއަނުން އާބާދުވެފައިވާ ކަމަށް ބައެއް މީހުން ގަބޫލު ކުރާތީއެވެ. މިފަދަ އަޑަކީ އޭލިއަނުންނަކީ އުޅޭ އެއްޗެއްކަން ޔަގީން ކުރުމަށް ލިބޭނެ ވަރަށް ބޮޑު އެހީއަކަށް ވާނެކަމަށް ސައިންސްވެރިން އުއްމީދު ކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. މީީީީހާ

    ތިކަންތައް ވަނީ މީގެ ސާދަ ސަތޭކަ އަހަރުގެ ކުރީން އަހަރެމެންނަށް އަންގަވައި އޮޅުން ފިލުވައި ދެއްވާފައި

  2. މާމިގިލީ މީހާ

    މާމިގިއްޔައް ވެސް އިހުސާސް ވި ތިކަހަލަ އަޑެއް..ވެދާނެ ތީ ހަމަ އެއަޑު ކަމަށް.

  3. އަހުމަދު

    މީހާ ގެ ނަމުގައި ކޮމެންޓް ކުރާ ފަރާތުން އިސްލާމް ދީނަށް ހަޖޫ ޖަހާ މީހެއްކަން ފާހަގަ ކުރެވެ. ކޮންމެ ލިޔުމަކަށްވެސް އެގޮތަށް ކޮމެންޓް ކޮށްފަ ހުންންތަން ފެންނަނީ.

  4. ދަތްދޫނި

    ތިޔަ ހުންނަނީ ދުނިޔެ ޤިޔާމަތް ވުމުގެ އަލާމާތެވެ. ވަޤުތު ކުޑަތަން ވަނީ ކަމުގެ ކުޑަ ކުޑަ ސިގްނަލެއް ކަމަށް މަމެން ޢަބޫލު ކުރަމުއެވެ.