ބޮލީވުޑް ލެޖެންޓް ބަތަލާ ސްރީ ދޭވީ މަރުވުމާއި ގުޅިގެން އެތަށް ބަޔަކު ދަނީ އޭނާއަށް ތައުޒިޔާގެ މެސެޖްތަށް ފޮނުވަމުންނެވެ. އެދުވަހަކީ މުޅި ބޮލީވުޑަށް އައި ކަޅު އަދިރި ދުވަހެކެވެ.

ސްރީދޭވީ އަށް މީސް މީޑިޔާގައި އެތަށް އޭނާއަށް ސަޕޯޓްކުރާ މީހުނާއި ބޮލީވުޑްގެ އެކި ފަންތީގެ ފަންނާނުންނާއި ދުނިޔޭގެ އެކި ހިސާބުތަކުގެ މީހުން ތައުޒިޔާ ފޮނުވަމުން ދާއިރު ލޯ މަރާލި ގޮތަކުން މީގެ ދުވަސްކޮޅެއް ކުރިން ގިނަ ބައެއްގެ ސަމާލުކަން ހޯދާ މީސްމީޑިޔާގެ އެކައުންޓްތަށް ފޮލޯވާސްއިން ފުރާލާފައިވާ މަލަޔާލަމް އެކްޓަރ ޕްރިޔާ ޕްރަކާޝް މިވަނީ ސްރީ ދޭވީ އަށް ހާއްސަ ތައުޒިޔާގެ މެސެޖެއް ފޮނުވާފައެވެ.

ސްރީ ދޭވީ އޭނާގެ ޓްވިޓާ އެކައުންޓްގައި ބުނެފައިވަނީ "ތާރީޚު ދުވަހަކުވެސް ވަކިވެނުދާނެ. ހިސްޓްރީ ބުނާނީ ފަހުން ފެންނާނެ" މިހެންނެވެ. މިހެން ލިޔުމަށް ފަހު ޕްރިޔާ ވަނީ އޭނާގެ އެކްޓް ކުރުމުގެ ހުނަރުގެ އިތުރުން އޭނާގެ ލަވަކިޔުމުގެ ހުނަރު ހުރިކަން ދައްކާލާ "ކަބީ އަލްވިދަނާ ކެހެނާ" މި ލަވަ ކިޔައިދީފައެވެ.

https://twitter.com/priyapvarrier/status/968329033711783936

ޕްރިޔާގެ މި ތައުޒިޔާ މެސެޖް ވަނީ ގިނަބަޔަކަށް ކަމުގޮސްފައެވެ. އަދި މިފަދަ ދަނޑިވަޅެއްގައި ޕްރިޔާ ފަދަ މިދާއިރާއަށް އާ ފަންނާނަކު އެފަދަ މެސެޖެއް ދިނީތީ ސްރީ ދޭވީގެ ގިނަ ސަޕޯޓަރުން ދަނީ ޕްރިޔާ އަށް ސުކުރު އަދާކޮށް ތައުރީފް އަދާކުރަމުންނެވެ.

ސްރީ ދޭވީގެ ހަށިގަނޑު ދުބާއީ ފުލުހުން ބަލަން ބޭނުން ހުރިހާ ކަމެއް ބަލައި ނިންމުމަށްފަހު މިހާރު ވަނީ އިންޑިޔާއަށް ގެނެސްފައެވެ. ސްރި ދޭވީގެ ހަށިގަނޑު އިންޑީޔާއަށް ގެނައިރު އޭނާގެ އެތަށް ސަޕޯޓަރުންނެއްވަނީ މަގުމައްޗަށް ނިކުމެފައެވެ. މިދިޔަ ހޮނިހިރު ދުވަހު ސްރީ ދޭވީ މަރުވީ އޭނާ ފެންވަރަން ބާތްޓަބް ތެރޭގައި އޮއްވައި ހޭނެތިގެން ގެބިގެން ކަމަށް ދުބާއީ ފުލުހުންވަނީ ބުނެފައެވެ.