އެތައް ބައެއްގެ ހިތްތަކުން ޖާގަ ހޯދަމުން އަންނަ ޕްރިޔަންކް ޝަރްމާ ރޮއްްވާލައިފިއެވެ. ޕްރިޔާންކް ރޮއްވާލާފައި މި ވަނީ އޭނާގެ ގާތައް ދިޔަ އޭނާއަށް ސަޕޯޓް ކުރާ މީހަކު އޭނާއަށް ޕްރޮޕޯސް ކުރުމުންނެވެ.

މާތަކެއް ހިފައިގެން ކުރި އެ އަންހެން މީހާ ވަނީ ޕްރިޔާންކް ކައިރިއަށް ގޮސް އޭނާ ދެކެ ލޯބިވާކަމަށް ބުނެފައެވެ. ޕްރިޔާންކް ވަނީ އެ އަންހެން މީހާ އޭނާއަށް ދިން މާ ނަގާފައެވެ.

އޭނާ މީސްްމީޑީޔާގައި އެ ވީޑިޔޯވެސް ހިއްސާ ކުރިއެވެ.

https://www.instagram.com/p/Be5qxeiHgqU/?utm_source=ig_embed

ބިގް ބޮސް 11 ގައި ބައިވެރިވެ އެތައް ބައެއްގެ ސަމާލުކަން ހޯދި ޕްރިޔަންކް މީސްމީޑިޔާގައި އެ ވީޑިޔޯ ހިއްސާކޮށް އޭނާ ވަނީ އޭނާ ދެކެ ލޯބިވާ އެންމެންނަށް ޝުކުރު އަދާކޮށްފައެެވެ.

"އޭނާ އަހަރެން ރޮއްވާލައިިފި. އަދި އެ ހިސާބުގަނޑުގައި ތިބި އެންމެންވެސް ރޮއްވާލައިފި. އަހަރެން ދެކެ ލޯބިވާ އެންމެން ކައިރީ ބުނަން ބޭނުންވަނީ އެންމެންވެސް ތިގޮތުގައި ތިބޭށޭ. ކޮންމެ މީހެއް ކުރާ މެސެޖަށް ރިޕްލައި ދިނުމަކީ އުނދަގޫކަމެއް. ނަމަވެސް އަހަންނާއި އަހަރެންގެ އައިލާ ތި އެންމެން ދެކެ ލޯބިވާނެ. އަހަރެން މި ހިސާބަށް އާދެވިފައިވެސް މި ހުރީ ތިއެންމެންގެ ސަބަބުން ތި އެންމެންގެ ހިތްވަރުން". އޭނާ ލިޔުނެވެ.

މީގެ ދުވަސްކޮޅެއް ކުރިން ޕްރިޔަންކް ވަނީ ސްވިޒްލޭންޑްއަށް ޝޫޓިންގއަކަށް ގޮސްފައެވެ. އޭނާއަކީ މީސް މީޑިޔާގައި އެތައް ބައެއް ސަމާލުކަން ހޯދަމުން އަންނަ މީހެކެެވެ.

ކިޔުންތެރިންގެ ހިޔާލު