އިންޑިޔާގެ އަވަށަކަށް ނިސްބަތްވާ އުމުރުން 13 އަހަރުގެ ކުއްޖަކު، އެކުއްޖާގެ ގޭގައި ފާޚާނާއެއް ބިނާކުރަންދެން އެއްވެސް ކާއެއްޗަކާއި ބޯއެއްޗެއް ބޭނުންނުކޮށް ބަނޑަށް ހުރެއްޖެއެވެ.

ސަރުކާރު ސްކޫލެއްގެ ގުރޭޑް ހަތެއްގައި ކިޔަވަމުންދާ މަހަންކަލީ ނަމަކަށް ކިޔާ މި އަންހެންކުއްޖާ، މިގޮތަށް ޢަމަލުކޮށްފައިވަނީ އެކުއްޖާ ބައިވެރިވި ހޭލުންތެރިކުރުވުމުގެ ޕްރޮގުރާމަކަށްފަހުކަމަށް ނޫސްތަކުން ބުނެއެވެ.

އިންޑިޔާގެ ނޫސްތަކުން ބުނާގޮތުގައި، އެކުއްޖާ ބަނޑަށް ހުންނަން ޖެހުނީ ދެ ދުވަހުކަމަށާއި، ދެދުވަސް ތެރޭގައި އެކުއްޖާގެ ގޭގައި ރަނގަޅު ފާޚާނާއެއް ބިނާކޮށް ނިމުނުކަމަށެވެ. އަދި، ބަނޑަށް ހުރުމުން، އެކުއްޖާގެ މައިންބަފައިން އެކަމާ ވަރަށް ބޮޑަށް ކަންބޮޑުވިކަމަށާއި އިމްތިޙާނު ދުވަސްވަރު މިގޮތަށް ކަންތައް ކުރުމުން ކިޔެވުމަށް އަސަރުކޮށްފާނެކަމަށް އެފަރާތްތަކުން ބުނިކަމަށްވެސްވެއެވެ.

މި މައްސަލަ، އެއަވަށުގައި ހުންނަ، ކަމާ ބެހޭ ފަރާތްތަކާ ހަމައަށް ދިޔުމުން، ފާޚާނާ ބިނާކޮށްފައިވަނީވެސް އެފަރާތްތަކުންނެވެ. އަދި، މަހަންކަލީގެ ގެޔާއި އެއަވަށުގެ އެހެން ގެތަކުގައި ފާޚާނާ ބިނާނުކުރެވިފައިވަނީވެސް އެފަރާތްތަކުގެ ޒިންމާދާރުކަން ކުޑަވުމުންކަމަށްވެސް ނޫސްތަކުން ބުނެފައިވެއެވެ.

މިކަމާ ގުޅިގެން މަހަންކަލީގެ އަވަށުގައި އޭނާ ބަޠަލާއަކަށްވަނީ ވެފައެވެ.

އިންޑިޔާގައި ފާޚާނާ ކުރެވޭނެ އެދެވޭ ވަސީލަތެއް ނެތި، ގިނަ އަދަދެއްގެ ބަޔަކު ދަނީ އުޅެމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. އަޙުމަދު

  ވަރިހަމެއްނު މޯދީ އެއުޅެނީ ދުނިޔޭގައި އޮތް އެންމެ ކުޑަ ގައުމު ފުނޑާލަން ބަޔަކަށް އެތައްމިލިޔަން ޑޮލަރު ދީގެންވިއްޔަ. ރައްޔިތުން އެއުޅެނީ ކުޑަކަމުދާނެފަދަވެސް ނެތިގެން.

 2. ޝިޔާމް

  މިވަރުގެ މީހުންނޭ އެހެން ޤައުމުތަކާއި އަޅައިގަނެގެން އުޅެނީ.

 3. އެކޮޅުގޭ މުހައްމަދު

  އަދިވެސް އެވެރިން އެހެން ޤައުމުތަކަށް ކަޅި އަޅަނީ ކިއްތަވާނީ ތިމާ މީހާބަލަންޖެހިފައިވާ ރައްޔަތުންނަށް ފާޚާނާ އާއި ބޯފެން .އަދި ކަރންޓްގެ މައްސަލަތައް ހައްލުކޮށް ދިނިއްޔާ

 4. ރުޒާނާ ޗޮއްޕަޓު

  މި ގައުމުގެ ހާލާތު ތިއަށްވުރެ ރަނގަޅުވެފަ ތަނަވަސް ވީމަ ތިމީހުން ހަސަދަވެރި ވެގެން އަހަރުމެން ކާލަން އެ އުއުޅެނީ. ދޯ ފޫގަޅިމުންޑުމޯދީ؟