ކެންސަރަށް މަގުފައިވާ ގިނަ އަދަދެއްގެ ކާނާ އަހަރުމެންނަށް ކެވެއެވެ. އާއްމުކޮށް މިތަކެތި ކެވެނީ ނޭގިއެވެ. ބައެއް ފަހަރު އެނގުނަސް އެއީ ދޮގުކަމަށް ގަބޫލުކޮށް ކަނީއެވެ.

ކެންސަރަށް މަގުފަހިވާކަމަށް ގިނަ ބަޔަކު ބުނާ ކާނާ ކެއުމުން އެ ވަގުތު ގެއްލުން ނުވިއެއްކަމަކު ފަހުން ތިމާ ވޭނުގައި އުޅެން ޖެހިދާނެއެވެ. ކެންސަރަށް މަގުފައިވާކަމަށް ބުނާ ބައެއް ކާނާތަކުގެ ވާހަކަ އާއްމުކޮށް ދައްކަނީވެސް ސިއްހަތާއި ބެހޭ މާހިރުންނެވެ.

މިހިރީވެސް ކެންސަރަށް މަގުފައިވާކަމަށް ބުނާ ބައެއް ކާ ތަކެއްޗެވެ.

ޕޮޓޭޓާ ޗިޕްސް

މިއީ ކުޑަކުދިންގެ ފޭވަރޭޓެކެވެ. އެހެން ނަމަވެސް ނުކައި ނުހުރެވޭ ދޯއެވެ. ޕޮޓޭޓޯ ޗިޕްސްއަކީ އޭގައި ވަރަށް ބޮޑަށް ފެޓް އާއި ކެލޮރީސް އެކުލެވިގެންދާ ބާވަތެެކެވެ. އެހެން ނަމަވެސް ޗިޕްސްގައި "އެކްރީލަމިޑް" ނަމަކަށް ކިޔާ ބާވަތެއް އެކުލެވިގެންދާކަން އިނގެނީ މަދު ބަޔަކަށެވެ. އެ ބާވަތަކީ ސިގިރޭޓްގައިވެސް އެކުލެވިގެންވާ ބާވަތެއް ކަމަށް ވެއެވެ.

އަވަނުން ތައްޔާރުކޮށްފައިވާ ޕޮޕްކޯން

ޕޮޕްކޯނަކީވެސް އާއްމުކޮށް ގިނަ ބަޔަކު ކާ އެއްޗެކެވެ. އަވަނުން ހަދާފައިވާ ޕޮޕްކޯން ބަންދު ކުރުމަށް ބޭނުން ކުރާ ކޮތަޅު ބަންދު ކުރުމަށް ކެމިކަލްއެއް ބޭނުން ކުރެއެވެ. އެ ކެމިކަލްގެ ސަބަބުން ކިޑްނީ ފުރަމޭ ފަދަ ތަންތަނަށް ގެއްލުން ލިބެއެވެ.

ދަޅުތަކުގައި ބަންދު ކުރި ކާތަކެތި

ބަންދުކޮށްފައި ހުންނަ ގިނަ ދަޅުތަކިގައި ކެމިކަލް ބޭނުން ކުރެއެވެ. ދިރާސާތަކުން އެކަން ދައްކައެވެ. ބިސްޕެނޮލް ނަމަކަށް ކިޔާ ކެމިކަލްއެއް ބަންދުކޮށްފައި ހުންނަ ދަޅުތަކުގައި ބޭނުން ކުރާއިރު، އެއީ ކެންސަރަށް މަގުފައިވާ ބާވަތުގެ ކެމިކަލްއެއް ކަމަށް ވެއެވެ.