ބޮލީވުޑްގެ މަޝްހޫރު އެކްޓްރެސް ސުރިދޭވީ ކަޕޫރު ގަސްދުގައި މަރާލީ ކަމަށް އިންޑިއާގެ ވެރިކަން ކުރާ ބީޖޭޕީ ޕާޓީގެ ލީޑަރަކު ތުހުމަތު ކޮށްފިއެވެ.

އުމުރުން 54 އަހަރުގައި ސްރިދެވީ މަރުވެފައި ވަނީ މިދިޔަ ހޮނިހިރު ދުވަހުގެ ރޭގެ ވަގުތެއްގައި ދުބާއީގައެވެ. އެންމެ ފުރަތަމަ ހަބަރު ފެތުރުނީ އޭނާ މަރުވީ ހާޓް އެޓޭކެއް ޖެހިގެން ކަމަށެވެ. ނަމަވެސް ފޮރެންސިކް ރިޕޯޓުން ދެއްކީ ސުރިދޭވީގެ ހަށިގަނޑުގައި ރަލުގެ އަސަރު ކޮންމެވެސް ވަރަކަށް ހުރި ކަމަށެވެ. އަދި އޭނާ މަރުވީ އޭނާ މަޑު ކުރި ހޮޓެލް ރޫމުގެ ބާތް ޓަބްއެއްގައި ގެނބިގެން ކަމަށް ވަނީ ހާމަ ކޮށްފައެވެ.

އިއްޔެ، "ޓައިމްސް އޮފް އިންޑިއާ" އަށް ދިން އިންޓަވިއުއެއްގައި ބީޖޭޕީ ޕާޓީގެ ލީޑަރެއް ކަމަށްވާ ސުބްރަމަނިއަން ސްވާމީ ވަނީ ސުރިދެވީގެ ހަށިގަނޑުން ރަލުގެ އަސަރު ފެނުމުން އެކަމާ މެދު ސުވާލު އުފައްދާފައެވެ. އޭނާ ވިދާޅުވި ގޮތުގައި ސުރިދެވީ އަކީ ރާ ބޮއެ އުޅުނު މީހެއް ނޫނެެެވެ.

"އޭނާ އެހާ ވަރުގަދަ ރަލެއް ނުުބޮއެ، ދެން އޭނާގެ ހަށިގަނޑަށް އެ އެތެރެވީ ކިހިނެއް؟ ގަދަކަމުން ދިނީތަ؟ ސީސީޓީވީ ފޫޓޭޖަށް ކިހިނެއްވީ؟ އެކަމާ ބެހޭގޮތުން އެއްވެސް އަޑެއް ނީވޭ." އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑު ގާތުގައި އަހައިފި ނަމަ އަޅުގަނޑަށް ގަބޫލު ކުރެވެނީ ސްރިދެވީ ގަސްދުުގައި މަރާލީ ކަމަށް." ސްވާމީ ވިދާޅުވިއެވެ.

ސުރިދެވީ އަކީ ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ ފަންނާނެކެވެ. އޭނާގެ ސަޕޯޓަރުން ރާއްޖޭގައިވެސް ވަރަށް ގިނައެވެ. އެހެން ކަމުން އޭނާގެ މާރާއި ގުޅިގެން ގިނަ ބަޔަކު ވަނީ ހިތާމަ ފާޅުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. މިކަމުގައި މުޒާހިރާކުރުމަށް ރާއްޖެއިން ގޮވާލަން އިނޑިޔާމީހުނަށް

  2. Aharren deraehnuvey thikamakaa

  3. Aharren deraehnuvey thikamakaa

  4. ވީމާ ސްރީދޭވީ ގޯއްޗަށް އިންޑިޔާގެ މަނަވަރުތައް ފޮނުވާ! ބުއްޅަބޭގެ ޒަޢާމަތުގެ ދަށުގައި.