މަގުމަތިން ދާއިރު ފޮށުމަކީ މިއަދު ދުނިޔޭގެ ގިނަ މުޖުތަމަޢުތަކުގައި އާއްމުވެފައިވާ ކަމެކެވެ. އަދި ފޮށުމުން އެއީ މާބޮޑު ކަމަކަށް ނުހަދާ ދޫކޮށްލުމަށް މިއަދުގެ މުޖުތަމަޢު މިވަނީ ދަސްކޮށް ދީފައެވެ. ނަމަވެސް ފޮށޭ މީހުންގެ ޢަމަލްތަކަށް އަޅާ ނުލުމުގެ ސަބަބުން އެމީހުން އުނދަގޫ ގިނަ ފަހަރަށް ބޮޑުވެއެވެ.

ފްރާންސްގެ ޕެރިސްގައި މިގޮތަށް ފޮށުނު މީހަކާއި ދެކޮޅަށް އެމެރިކާގެ އަންހެނެއް ކަމަށްވާ ލާރީ މިވަނީ ނިކުމެފައެވެ. ލާރީ ބުނެފައިވަނީ ފޮށުމަކީ އެއްވެސް ހާލެއްގައި ރަނގަޅު ކަމެއް ނޫން ކަމަށާއި އެކަމާ ދެކޮޅަށް އެންމެންވެސް ނިކުންނަށް ޖެހޭ ކަމަށެވެ.

ލާރީ މިމީހާ އާ ދެކޮޅަށް މައްސަލަ ޖައްސާފައިވާއިރު، ބޭރުގެ މީޑިޔާތަކަށް މާރީވަނީ މިކަން ހިނގި ގޮތް ހިއްސާކޮށްފައެވެ.

"މިއީ މިގޮތަށް ދިމާވި ފުރަތަމަ ފަހަރެއް ނޫން. ދެން ފުދިއްޖެ. އަބަދަކު މިގޮތަށް މިކަން ވިޔަކަ ނުދޭނަން." ލާރީ ބުންޏެވެ.

ލާރީއަށް މީހަކު ފުރައްސާރަކޮށްފައިވަނީ ކެފޭއެއްގެ ކުރިމަތިން ލާފައިދަނިކޮށެވެ. އެވަގުތު އެތާންގައި އެއްވެފައި ބައިވަރު މީޙުން ތިއްބެވެ. ލާރީ އާ އެމީހާ ފޮށުމުން، ލާރީ އެމީހާ އާ ދިމާޔަށް އެއްޗެކޭ ބުނުމުން ލާރީ ގައިގައި އެ ފިިރިހެން މީހާވަނީ ޖަހާފައެވެ.

މިމަންޒަރުތައް ދައްކުވައިދޭ ވީޑިއޯއެއް މިހާރު މީސްމީޑިޔާގައި ދައުރުވަމުންދާއިރު، އެޤައުމުގެ ފުލުހުންނަށް ލާރީއަށް އިންސާފް ހޯދައި ދިނުމަށް ގޮވާލާ މީސްމީޑިޔާގައި ގިނަ ބަޔަކުދަނީ ގޮވަލަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު