މި އަހަރުގެ ތެރޭގައި ކައިވެނި ކުރާނެ ބޮލީވުޑް ތަރިންތަކުގެ ތެރޭގައި އެކްޓްރެސް ދިޕިކާ ޕަދުކޯނާއި އެކްޓަރު ރަންވީރް ސިންގް ހިމެނޭއިރު، މިހާރުވެސް މި ދެ ލޯބިވެރިން ދަނީ ޑިޒްނީ ލޭންޑަށް ގޮސް އުފާވެރި ވަގުތުތަކެއް ހޭދަކުރަމުންނެވެ. ނަމަވެސް، ސަޕޯޓަރުންގެ ލޯބި އަބަދުވެސް ލިބެމުންދާ މި ދެލޯބިވެރިން ޑިސްނީ ލޭންޑުގައި ސަޕޯޓަރާއި ޒުވާބު ކުރާ ވީޑިއޯއެއް މިވަނީ އާންމުވެފައެވެ.

މި ވީޑިކޮށް، މީސްމީޑިއާއަށް އާންމުކޮށްފައިވަނީ ދިޕިކާއާއި ރަންވީރްގެ ސަޕޯޓަރެއް ކަމުގައިވާ ޒައިނަބު ޚާނެވެ. އަދި އޭނާ ވަނީ އެދެމީހުންގެ އަމަލުތައް ހުރި ގޮތް ކިޔައިދީ އަދި ހިތްހަމަ ނުޖެހުން ފާޅުކޮށް ކޮމެންޓްވެސް ކޮށްފައެވެ.

https://www.instagram.com/p/Bl8wCgugwzR/?utm_source=ig_embed&utm_campaign=embed_loading_state_control

 

"ދިޕިކާ އާއި ރަންވީރް އަތުގުޅައިލައިގެން ދަނިކޮށް އަހަރެން ބުނީ "ހައި، ޑޫ ޔޫ ތިންކް ވީ ކެން ގެޓް އަ ޕިކްޗާރ" އޭ. ދެން އިރުކޮޅަކުން އެދެމީހުން އައިސް އަހަރެންނަށް ހަމަލަދީ ޒުވާބު ކުރީ. ސެލްބްރިޓީސް އޭ ކިޔާފައި އެހާ ފޮނިވެފައި ރޫޑް ވާކަށް ނުޖެހޭނެ. މިހާހިސާބުން އެމީހުންނަށް އެ ގެއްލުނީ އެ ދެމީހުން ދެކެ އިންތިހާއަށް ލޯބިވި ސަޕޯޓަރެއް." ޒައިނަބު ބުނެފައިވެއެވެ.

އޭގެއިތުރުންވެސް ޒައިނަބު ވަނީ ކަންތައް ވެ ދިޔަ ގޮތާއި މެދު ހިތްހަމަ ނުޖެހި އެތަކެއް ކޮމެންޓްތަކެއް ކޮށްފައެވެ.

ޒައިނަބުގެ މި ވީޑިއޯ އާންމުވުމާއިއެކު، ދިޕިކާއާއި ރަންވީރްގެ އެހެން ފޭނުން ބުނެފައިވަނީ މިކަމުގެ ޒިންމާ ވާން ޖެހޭނީ ޒައިނަބު ކަމަށާއި އެދެމީހުން އަތުގުޅައިގެން ދަނިކޮށް އެދެމީހުންގެ ޕްރައިވެސީއަށް ބެލުމެއްނެތި އެހެން އަހާކަށް ނުޖެހޭނެ ކަމަށެވެ. އަދި އެކްޓަރުންނަކީވެސް އިންސާނުން ކަމަށާއި އާދައިގެ މީހުންގެ ގޮތަށް ޕްރައިވެސީ ބޭނުންވާނެ ބައެއް ކަމަށްވެސް އެ ފަރާތްތަކުން ވަނީ ބުނެފައެވެ.

މިކަމާއި ގުޅިގެން، މިހާތަނަށް ދިޕިކާ އަދި ރަންވީރް ކުރެ އެކަކުގެވެސް އޮފިޝަލް ސްޓޭޓްމެންޓެއް ލިބިފައެއް ނުވެއެވެ.