އެމެރިކާގެ ރައްޔިތަކަށް އޮޅިގެން ކަނޑު ހުރަސްކޮށް ރަޝިއާ އަށް ދެވުމުން ހައްޔަރުކޮށްފިއެވެ.

އެމެރިކާގެ އެލަސްކާއަށް ނިސްބަތްވާ ޖޯން މާޓިން ވިލިއަމްސް ރަޝިއާގެ ކަނޑުގެ ސަރަހައްދަށް ވަދެވުނީ އޭނާ ދަތުރުކުރަމުން ދިޔަ ކުޑަ ވަރެއްގެ ބޯޓަށް މަގު އޮޅުނީ އެލަސްކާގެ ޔުކޯން ކޯރުގައި ދަތުރުކުރަމުން ދަނިކޮށެވެ.

ރަޝިޔާގެ ބޯޑަރ ގާޑް އޮފިސަރުން ވަނީ އޭނާ ރަޝިއާގެ ލަވްރެންޓިއާ އަވަށުގެ އައްސޭރި ފަށުން ހައްޔަރުކޮށްފައެވެ.

ރަޝިއާގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާން މާރިއާ ލަކްހަރޯވާ ވިދާޅުވީ އެމީހާ ކަނޑުވީ ވިއްސާރަވެގެން ކަމަށާއި މަގު އޮޅި އެތަށް ދުވަހެއް ވަންދެން ދަތުރު ކުރެވުމުން އޭނާ އަށް ރަޝިއާ އަށް ދެވުނީ ކަމަށެވެ.

ރަޝިއާގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާން މާރިއާ ލަކްހަރޯވާ އިތުރަށް ވިދާޅުވީ އެ މީހާގެ ހާލު މިހާރު ރަނގަޅު ވަމުން އަންނަ ކަށާއި އެ މީހާ އަށް އިތުރަށް ދޭން ޖެހޭ އެހީތެރިކަމެއް ރަޝިއާގައި ހުންނަ އެމެރިކާގެ އެމްބަސީ އާއި ގުޅިގެން ކުރަމުން އަންނަ ކަމަށެވެ.

އެމެރިކާގެ ސްޓޭޓް އެއް ކަމަށް ވާ އެލަސްކާ އާއި ރަޝިއާއި ދެމެދު 80 ކިލޯމިޓަރުގެ ދުރުމިނެއް ހުރެއެވެ. އަދި ދެމެދުގައި ވާ ސަރަހައްދަކީ އަބަދުވެސް ވަރަށް ވިއްސާރަ އަދި ކަނޑު ގަދަ ސަރައްދެކެވެ.

އެލަސްކާ އަކީ ދުނިޔޭގެ ތުޑީގެ ކައިރީގައި އޮންނަ ވަރަށް ފިނިގަދަ ސަރަހައްދެކެވެ. މިއީ އެމެރިކާގައި ވެސް މީހުން އެންމެ މަދުން ދިރިއުޅޭ ސްޓޭޓެވެ.

2006 އަހަރު ގައި ވެސް އެމެރިކާގެ ރައްޔިތަކާއި އިގިރޭސި ވިލާތުގެ ރައްޔިތަކު ވަނީ އޮޅިގެން ކަޑު ހުރަސް ކޮށް ރަޝިއާ އަށް ދެވިފައެވެ. މި މައްސަލަ ހައްލުވީ އެތަށް ހަރެއް ފަހުންނެވެ. އަދި އެމީހުން ވަނީ ފަހުން ޑީޕޯޓް ކޮއްލާފައެވެ.

ކަނޑު ހުރަސް ކޮށް އެގައުމުން އަނެއް ގައުމަަށް އެގިގެން ވިޔަސް އަދި ނޭގި ނަމަވެސް ގާނޫނާއި ހިލާފަށް ވަނުމަކީ ބައިނަލްއަގުވާމީ ގާނޫނާއި ވެސް ހިލާފު ކަމެކެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ނުރަބޯ

    ތިޔަވާނީ ޖާސޫސަކަށް އަވަހަށް ބޭރުކޮށްލާ. އޮޅިގެންނޭ؟ ރޯބުހުތާން ދޮގު.