ޔޫރަޕްގެ ގައުމުތަކަށް މިހާރު ކުރިމަތިވެފައި ވާ އާދަޔާ ހިލާފަށް ހޫނު ވުމުގެ ކާރިސާގައި ޖަރުމަނުގެ ކޯރެއް ހޫނުގަދަ ވެގެން ގޮސް ހިނދުމުން ދެވަނަ ބޮޑު ހަގުރާމައިގެ ބޮންތަކެއް ފެނިއްޖެއެވެ.

ޖަރުމަނު ވިލާތުގެ އެލްބޭ ކޯރުގެ އެކި ހިސާބުތަކުން ވަނީ ބިމުގެ އިތުރުން ދެވަނަ ބޮޑު ހަގުރާމައިގެ ގޮވާ ތަކެތި ފެނިފައެވެ. ޖަރުމަނުގެ ކަމާއި ބެހޭ ފަރާތްތަކުން ބުނާ ގޮތުގައި މިހާތަށް 22 އަތުބޮމާއި ގިނަ އަދަދެއްގެ މައިނު ވެސް ވަނީ މިކޯރުން މިހާތަށް ފެނިފައެވެ.

މި ކޯރުގެ ފެންގަނޑު ވަނީ އިއްޔެ 22 އިންޗަށް ތިރިވެފައެވެ. މިއީ ތާރީހުގައި މި ކޯރުގެ ފެންގަނޑު މިހާ ބޮޑަށް ހިދުނު ފުރަތަމަ ފަހަރެވެ. މީގެ ކުރިން 1948 ވަނަ އަހަރު މި ކޯރުގެ ފެންގަނޑު ވަނީ 14 ސެންޓިމީޓަރަށް ތިރިވެފައެވެ. މިދިޔަ ޖުލައި މަހަކީ ތާރީހުގައި ވެސް ޖަރުމަނަށް އެންމެ ހޫނު ގަދަ މަހެވެ. އަދި 31 ޖުލައި އަކީ އެންމެ ހޫނު ގަދަ ދުވަހުގެ ގޮތުގައި ރިކޯޑް ކުރެވުނު އިރު އެ ދުވަހުގެ ހޫނު މިން 39.5 ޑްގްރީއަށް ވަނީ އަރާފައެވެ.

ފެންގަނޑުތެރެއިން ގޮވާތަކެތި ފެނުމުން ޖަރުމަނުގެ ކަމާއި ބެހޭ އިދާރާތަކުން ހަރަކާތްތެރިވަނީ

 

އާންމު ގޮތެއްގައި ޖަރުމަނަކީ ދެވަނަ ބޮޑު ހަގުރާމައިގެ ހަތިޔާރު ވަރަށް ގިނައިން ފެންނަ ގައުމެކެވެ. ޖަރުމަނުގެ މި ކޯރުން ފެނުނު ގޮވާ ތަކެތި ނައްތާލަން އެގައުމުގެ ކަމާއި ބެހޭ ފަރާތްތަކުން ދަނީ ހަރަކާތްތެރިވަމުންނެވެ. މި ގޮވާ ތަކެތި އެހެންތަނަކަށް ގެންދިއުމުގެ ބަދަލުގައި ކޯރުގައި ނައްތާލަން ވަނީ ނިންމާފައެވެ.

1939 އިން 1945 އަށް ކުރިއަށް ދިޔަ ދެވަނަ ބޮޑު ހަގުރާމައިގައި އެތަށް މިލިއަން ބަޔަކު މަރުވި އިރު ޖަރުމަނު ވަނީ ހަގުރާމައިން ބަލިވެފައެވެ. އެ ހަގުރާމަ ނިމެމުން ދަނިކޮށް އެމެރިކާއިން ވަނީ ޖަޕާނުގެ ހީރޯޝީއަށް ނިއުކުލިޔާ ބޮމެއް ވައްޓާލާ އެތަށް ހާސް ބަޔަކު މަރާލާފައެެވެ.