މިއަހަރުގެ އޭޕްރީލް މަހު ބޮލީވުޑް ފޭނުންނަށް ލިބުނު އެންމެ އުފާވެރި އެއް ޚަބަރަށް ވާނީ އެކްޓްރެސް ޕްރިޔަންކާ ޗޯޕްރާއާއި ސަލްމާން ޚާން ފިލްމު "ބާރަތު" ގެ ލީޑް ރޯލުން ފެނިގެންދާނެ ޚަބަރެވެ. ނަމަވެސް ފިލްމުގެ ޝޫޓިން ފެށިތާ މާ ގިނަ ދުވަހެއް ނުވަނީސް، އެންގޭޖްވުމާއި ގުޅިގެން ޕްރިޔަންކާ ވަނީ ފިލްމު ދޫކޮށްލާފައެވެ. މިކަމާއި، ސަލްމާން ހިތްހަމަ ނުޖެހި، ޕްރިޔަންކާ އާއި ސަލްމާނާ ދޭތެރޭ އޮތް ގުޅުމަށް ކުޑަވަރެއްގެ ހީނަރު ކަމެއްވެސް ވަނީ އައިސްފައެވެ.

ސަލްމާން ޕްރިޔަންކާ ދެކެ ރުޅީ އައިސް، ހިތްހަމަ ނުޖެހުނީ "ބާރަތު" ދޫކޮށްލާ އަދި މާ ގިނަ ދުވަހެއް ނުވެ، ހޮލީވުޑްގެ ފިލްމަކަށް އެއްބަސް ވުމުން ކަމަށް ގިނަ ބަޔަކު ބުނި ނަމަވެސް މިކަމުގެ އަސްލު ސަބަބު ހޯދަން ފޭނުންނެކޭ އެއްގޮތަށް ޕްރިޔަންކާގެ މަންމަ މަދޫވެސް ބޭނުންވެއެވެ. މިހާރު މީސްމީޑިއާގައި ދައުރުވަމުން މި ދާ ވީޑިއޯއިން ވެސް ފެންނަނީ ޕްރިޔަންކާގެ މަންމަ ސަލްމާން ކުރެ އެހެން އެހުމަށް ބުނާ މަންޒަރެވެ.

https://www.instagram.com/p/Bl82i4FgAhD/?utm_source=ig_embed&utm_campaign=embed_loading_state_control

 

އިންސްޓަގްރާމްގައި ދައުރުވަމުން މި ދާ ވީޑިއޯއަކީ ރިޕޯޓަރަކު ޕްރިޔަންކާ މަންމަ ކުރެން ޕްރިޔަންކާ އާއި ސަލްމާނާއި ދެމެދު ވެގެން އުޅެނީ ކިހިނެއްތޯ އާއި އެދެމީހުންގެ ގުޅުމަށް ހީނަރުކަމެއް އައީ ކީވެތޯ ކުރި ސުވާލަށް ޕްރިޔަންކާ މަންމަ ދިން ޖަވާބެވެ.

"އަހަރެންނަކަށް ނޭނގެ ސަލްމާން އެހުރީ ޕްރިޔަންކާ ދެކެ ހިތްހަމަ ނުޖެހިފައި ކަމެއްވެސް ނުވަތަ ނޫން ކަމެއްވެސް. އެ ސުވާލު ސަލްމާން ގާތު އަހާ. އަހަރެންނަށް ޔަޤީންކޮށް ބުނަން އެނގެނީ ޕްރިޔަންކާ "ބާރަތު" ކުޅުން ހުއްޓާލިކަން" ޕްރިޔަންކާގެ މަންމަ ބުނެފައިވެއެވެ.

ޕްރިޔަންކާގެ މަންމަގެ މި ޖަވާބުން، ފޭނުންވެސް މި ސުވާލުތައް އަމާޒުކުރީ އެންމެ ފަހުން ސަލްމާނަށެވެ. މިކަމުގެ އަސްލު ސަބަބު ބަލަން އޭނާގެ ފޭނުންވެސް ތިބީ ބޭނުންވެފައި ކަމަށްވާތީއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ހުސޭނުބޭ

    ފޮޓޯ ބަލާލީމާވެސް އެނގޭ ސަލްމާންޚާނާ ޕްރިކަންކާއާ ދެމެދަށް ވަންނަން ދިމާކޮށްފައި އެހުރީ ނުތަކާވަރުގެ އަންހެނެއްކަން.

  2. ބާނިޔޫސޭ

    ހުސޭނުބޭ ތިޔަބުނާހެން ތިޔަ އަންހެނާ ކަނޑުގައި ލެއްވިނަމަ އޮޑިދޯނި ފަހަރަށްވެސް......

  3. ސަލްމާން

    ސުނީ ކައިރީގަ އަހާ..!!