"ޖޭ" ވުމަކީ އިންސާނީ ތަބިއްޔަތުގައި ލައްވާފައިވާ، އެހެނަސް އެކަމަކުން ވީހައިވެސް ބޮޑަށް ދުރުވެގަންނަން ޖެހޭ ކަމެކެވެ. އެހެނީ، މާ ބޮޑަށް ކަމަކާއި މެދު ޖޭ ވާން ފަށައިފި ނަމަ، ވަރަށް ނުރަނގަޅު ނަތީޖާތައް ނިކުމެދާނެތީއެވެ.

އިނގިރޭސި ވިލާތުގައި މިވަނީ މިފަދަ ކަމެއް ދާދި ފަހުން ހިނގާފައެވެ. ރެސްޓޯރެންޓެއްގެ ތެރޭގައި ދެ ލޯބިވެރިން އެކުގައި ވަގުތު ކޮޅެއް ހޭދަ ކޮށްލަމުން ދިޔަ ވަގުތު ފިރިހެން މީހާ މެދު ނުކެނޑި އެހެން އަންހެނަކާއި ދިމާލަށް ބަލަމުން ގެންދާކަން އޭނާގެ ލޯބިވެރިޔާ އަށް ފާހަގަވިއެވެ. ނަމަވެސް، އެއްޗެކޭ ނުބުނެ އެ އުދާސްތައް ބޭރު ކުރަން ނިންމީ ކުށެއް ނެތް އެ އަންހެން މީހާ އަށެވެ.

އުމުރުން 33 އަހަރުގެ މޭރީ އާން ނަމަކަށް ކިޔާ ކުށެއް ނެތް އެ އަންހެން މީހާ އެ ރެސްޓޯރެންޓުގެ ފާހާނާ އަށް ދިޔަ ވަގުތު އެހެން އަންހެނަކުވެސް މޭރީގެ ފަހަތުން ފާހާނާ އަށް ވަނެވެ. މޭރީ އަށް ފަހަތް ބަލައި ނުލެވި އުޅެނިކޮށް އެ އަންހެން މީހާ ވަނީ މޭރީގެ ކަރުގައި ހިފައި މޫދު ދޮންނަ ސިކުންގައި ގެންގޮސް ޖައްސާފައެވެ. މިއާއި އެކު ވަގުތުން މޭރީގެ ބޯ ފަޅައިގެން ދިޔަ އިރު، އެ އަންހެން މީހާ ވަނީ އިތުރު 4 ފަހަރަށް މޭރީގެ ބޯ ސިންކުގައި ޖައްސައި އެވަރުން ނުވެގެން ގައިގެ އެތައް ތަނަކަށް ހަމަލާ ދީފައެވެ.

އެ އަންހެން މީހާ އަކީ ކާކު ކަން ޙުދު މޭރީ އަށްވެސް އިނގިފައި ނުވާ އިރު، އެ އަންހެން މީހާ ވަނީ މޭރީ އަށް ހަމަލާ ދިނުމަށް ފަހުގައި އޭނާގެ ލޯބިވެރިޔާ ގޮވައިގެން އެތަނުން ފިލާފައެވެ.

ފުލުހުން އެ އަންހެން މީހާ ހޯދުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ އިރުގައި މޭރީ ބުނެފައި ވަނީ ހަމަލާ ދިން މީހާގެ ވާހަކަތައް ހުރި ގޮތުން އޭނާ މޭރީ އަށް ހަމަލާ ދިނީ އޭނާގެ ލޯބިވެރިޔާ މޭރީ އާއި ދިމާލަށް މާ ވަރަލަށް ބެލުމުން ކަން އެނގޭ ކަމަށެވެ.

މިއީ މާ ބޮޑަށް "ޖޭ" ވުމުގެ ސަބަބުން މަދުން ނަމަވެސް ދިމާވާ ވަރަށް ނުރައްކާތެރި އަދި އެހައިމެ ހިތާމަވެރި ކަންކަމެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. މިޒަމާނުގައެއީ އެއްވެސް ކަމެއްނޫން އަންހެނަކު ކުށެއްނުކުރާނެ އަބަދުވެސް ކުށްކުރާނީވެސް ކުށްކުރެވޭނީވެސް އަދި ކުށްވެރިވާނީވެސް ފިރިހެނުން ނުވަތަ ފިރިމީހާ

  2. ސިިވިލައިޒްޑް އިންގްލޭންޑް ތާ ދޯ !