އުމުރުން 54 އަަހަރުގައި މަރުވި އިންޑިއާގެ މަޝްހޫރު ފިލްމީ ތަރި ސްރީ ދޭވީގެ ހަށިގަނޑު މިއަދު ހަވީރު އަންދާލައިފިއެވެ.
ރިޕޯޓްތައް ބުނާގޮތުގައި، ސްރީ ދޭވީގެ ހަށިގަނޑު އަންދާލާފައި ވަނީ މުމްބާއީގެ ވިލެ ޕަރްލޭ ސެވަ ސަމާޖް ކްރެމެޓޯރިއަމްގައެވެ. އެކަމުގައި ސްރީ ދޭވީގެ ފިރިމީހާ ބޮނޭ ކަޕޫރް އާއި ދެ ދަރިންވެސް ބައިވެރިވިއެވެ.
ސްރީ ދޭވީ އަންދާލި ސަރަހައްދަށް ބައެއް ފިލްމީ ތަރިންވެސް ދިޔައެވެ. އޭގެ ތެރޭގައި ޝާހް ރުކް ޚާން އާއި، ކެޓްރީނާ ކައިފް އަދި ވިދްލާ ބާލަން ފަދަ މަޝްހޫރު ތަރިން ހިމެނެއެވެ.
ސްރީ ދޭވީގެ މަރަށް ފަހު އާއިލާއިން ދަނީ ހިތާމަ ފާޅުކުރަމުންނެވެ. މިރޭ ސްރީ ދޭވީގެ އާއިލާއިން ވަނީ ބަޔާނެއްވެސް ނެރެފައެވެ. އެ ބަޔާނުގައި ސްރި ދޭވީއަށް ދުނިޔޭގެ އެކި ހިސާބުތަކުން ލިބެމުން ދިޔަ ލޯތްބާއި އިހުތިރާމްގެ ވާހަކަތައް ދެއްކިއިރު، ސްރީދޭވީގެ ދެ ދަރިންނަށް އެހާވަރަށް ސަޕޯޓް ދިނުމަށް ބުނެފައި ވެއެވެ.
އިންޑިއާގެ ފިލްމް އިންޑަސްޓްރީގައި 50 އަހަރު ހޭދަކޮށްފައިވާ ސްރީ ދޭވީ މަރުވިއިރު، އޭނާ ވަނީ 300 އެއްހާ ފިލްމް ކުޅެފައެވެ.
ދެން އަހަރުންނާއި ކޮންކަމެއް
ތާ އަބަދައް ނަރަކައިގަ.
ކާފަރު ކަންމަތީ މަރުވާ މީހާ ގެ ހާލާ މެދު ކަލޭމެން ހައިރާނެއް ނުވޭތަ.
ޢޭނާ އަކީ އަބާއްޖަވެރި އެއް...
ޢުމުރުން 54އ އެކަމަކު ފިލްމުއިންޑަސްޓީގަ 50އ އަހަރު. ކިހިނެއްވާަނެ ކަމެއްތަ.
އޭނަ އުމުރުނ ހަތަރު އަހަރުގަ ފިލިމ ކުޅެނ ފެށީ
ވަގުތު ނޫސް....... ދެންމީ ކޮންކަމެ. ދީނީ ވާހަކައެ ތިގޮތަ ގިނަ ގިނައިން ޖަހާބަލަ
އަހަރުމެންއިންސާނުންނަކައްނޭގޭނެ މަރުވެގެންދާމީހާގެނިމުއްވާނީކިހިނެއްކަމެއް، އެހެންވީމަނެއްބުނެވޭކަޢްތާއަބަދައްނަރަކައިގައެކޭ.
މި ބަލަނީ މިދެން ނިމުނީކަމަށް.. އިތުރު ހަބަރެއް ނުފެނުނީއްޔާ ކިތަންމެހާވެސް ރަނގަޅު
ރަގަޅު މަރުވިކަން