ޕަރިނީތި ޗޯޕްރާ އޭނާގެ ފިލްމް "ކެސާރީ" ގެ ޝޫޓިންތައް ފަށައިފިއެވެ.

ޕަރިނީތި ޗޯޕްރާ ވަނީ އޭނާ ފިލްމް ކުޅެން ދިޔަކަން އޭނާގެ އިންސްޓަގްރާމްގައި ހިއްސާކޮށްފައެވެ. ޕަރިނީތި ވަނީ މަތިންދާ ބޯޓެއްކައިރީ ހުއްޓި ހުރެ ފޮޓޯއެއް ނަގައި އިންސްޓަގްރާމް ކުރުމަށްފަހު "މިނައްޓާލީ "ކެސާރީ" ކުޅުމަށް" ކަމަށް ބުނެފައެވެ.

އަދި އޭގެ ކުޑަ އިރުކޮޅެއް ކުރިން އޭނާ އިންސްޓަގްރާމްގައި ޝެއާ ކޯށްފައިވާ ވީޑިއޯ އެއްގައި ވަނީ އެފޮޓޯ ނަގާފައިވަނީ އަކްޝޭ ކުމާރު ކަމަށާއި "ކެޝާރީ" ޓީމް އެންމެނަށް މަރުހަބާ ކިޔާކަމަށް ބުނެފައެވެ.

ކަރަން ޖޯހަރު ޕްރޮޑިއުސް ކުރާ މި ފިލްމް ޑައިރެކްޓް ކޮށްދޭނީ އަނޫރާގް ސިންގް އެވެ. މި ފިލްމް 22 މާޗް 2019 ގައި ރިލީޒް ކުރުމަށް ހަމަޖެހިފައިވާއިރު ފިލްމްގެ ލީޑް ރޯލް ގައި ހަރަކާތްތެރިވާނީ ޕަރިނީތި ކަޕޫރު އާއި އަކްޝޭ ކުމާރެވެ. މި ފިލްމްގައި ދައްކުވައިދޭނީ ސަރާގެރީގައި ހިނގައިދިޔަ ހަނގުރާމައެކެވެ.

މި ފިލްމްގައި އަކްޝޭ ފެންނާނެގޮތް ދައްކުވައިދޭ މަންޒަރަކާ އެކީ އަކްޝޭ ކުމާރު ކުރި ޓްވީޓެއްގައި ވަނީ "މި ފޮޓޯ އެންމެނަށް ޝެއާ މިކުރަނީ އުފަލާއި ހިތްހަމަ ޖެހުމާއި އެކުގައި. އަހަރެން 2018 މި ފަށާނީ "ކެޝާރީ" އަކީ އަހަރެން ވަރަށް އުންމީދުކުރާ އަދި އިންތިޒާރު ކުރި ފިލްމަކާއެކު. އެންމެންގެ ހެއޮ ދުވާ އަހަރެން ބޭނުން" އެވެ.

މި ފިލްމަކީ ގިނަ ދުވަސްތަކެއްގެ އިންތިޒާރަކަށްފަހު އަކްޝޭ ކުމާރާއި ޕްރިނީތި ޗޯޕްރާ އެކުގައި ފެނިގެންދާ ފިލްމެކެވެ. މި ފިލްމާ ބެހޭ މާ ގިނަ މައުލޫމާތެއް އަދި އެއްވެސް ފަރާތަކުން ދީފައި ނުވާއިރު އަކްޝޭ ކުމާރާއި ޕަރިނީތި ޗޯޕްރާގެ ސަޕޯޓަރުން ތިބީ މި ފިލްމް އަޅުވާނެ ދުވަހަކަށް އިންތިޒާރުގައެވެ.