ޓެކްސަސްގެ ހޮސްޕިޓަލެއްގެ ޑޮކްޓަރުންނަށް މީހެއްގެ ފައިގެ ފަލަމަސްގަނޑުގައި ހަރުވެފައި އޮތް ބޮމެއް ކަހަލަ ޒާތުގެ އެއްޗެއް ފެނިއްޖެއެވެ.

ރިޕޯޓްތައް ބުނާގޮތުގައި، އެ މީހާ އޮޕަރޭޝަންކޮށް ފައިން އޭތީ ނަގާފައި ވަނީ ފަޔާ ރެސްކިއު އާއި ބޮމް ސްކޮޑްވެސް ގެނެސްގެންނެވެ. އެއިރު މުޅި ހޮސްޕިޓަލާއި ޑޮކްޓަރުންވެސް ތިބީ ބިރުންނެވެ.

އެ ޑިވައިސް ހަރުކޮށްފައި ވަނީ އެ މީހާގެ ކަނާތު ފައިގެ ލަމަސްގަނޑުގައެވެ. ޑޮކްޓަރުންނަށް ގަބޫލުކުރެވުނުގޮތުގައި، އެ ޑިވައިސްގައި އަތްލާ ގޮތަކުން ނޫނީ އޮޕަރޭޝަން ކުރެވޭގޮތަކުންވެސް އެ ބޮން ގޮވާފާނެއެވެ.

އެހެންކަމުން ޑޮކްޓަރުން އެ މީހާއަށް އިރުޝާދު ދިނީ މަޑުން އޮތުމަށެވެ. އޭނާގެ ފަޔަށް އެ ގޮވާޒާތުގެ އެއްޗެއް ވެދެފައި ވަނީ އެއަށް ރީލޯޑް ކުރަން އުޅުމުގެ ތެރޭގައިކަަމަށް ވެއެވެ. އަދި އެ މީހާއަށް އެއިރު، އެ ގޮވާފާނެކަމަށް ހީވެސް ނުވާކަމަށް ވެއެވެ.

ފަޔާ ޑިޕާޓްމެންޓްގެ އިރުޝާދާއެކު ޑޮކްޓަރުން އެ ޑިވައިސް އެ މީހާގެ ފައިން ނެއްޓިއެވެ. ނަސީބުކަން ދިމާކުރިގޮތުން އެ ޑިވައިސް ގޮވާފައެއްވެސް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު