ކެނެޑިއަން ލަވަކިޔުންތެރިޔާ ޖަސްޓިން ބީބާގެ އުފަންދުވަހުގެ މުނާސަބަތުގައި އޭނާގެ ލޯބިވެރިޔާ މަސްހޫރު ލަވަކިޔުންތެރިޔާ ސެލީނާ ގޮމޭޒް ބޮޑު ސަޕްރައިޒް ޕާޓީއެއް ދޭން ތައްޔާރުވާކަމަށް ރިޕޯޓްތަށް ބުނެފިއެވެ.

މި ދެ ލޯބިވެރިން އެކުގައި ދުވަސްތަކެއް ހޭދަކުރުމަށްފަހު މި ދޭތެރެއިން ރުޅިވެގެން އުޅުމަށްފަހު މިދިޔަ ނޮވެމްބަރ މަހުގެ ތެރޭގައި ވަނީ އަލުން ގުޅުން ބަދަހިކޮށް އެކުގައި އުޅެން ފަށާފައެވެ. އަދި މި ދެ ލޯބިވެރިންވަނީ އެކިއެކި ތަންތަނުން އެކުގައި ފެންނަން ފަށާފައެވެ. މި ދިޔަ ލޯބިވެރިންގެ ދުވަހުގައިވެސް މި ދެ ލޯބިވެރިން ވަނީ ރޮމެންޓިކް ޑިނާ އަކަށް ރެސްޓޯރަންޓްއެއްގައި ހުއްޓައި އެތަށްބަޔަކަށް ފެނިފައެވެ.

ލޯބިވެރިންގެ ދުވަހު ސެލީނާ އާއި ޖަސްޓިން ބީބާ އެކުގައި ރެސްޓޯރަންޓްއެއްގައި

ހަބަރުތަށް ބުނާގޮތުން ސެލީނާ ގޮމޭޒްވަނީ ޖަސްޓިން ބީބާގެ އެކުވެރިންނާއި ތިމާގެ މީހުން އަދި ޖަސްޓިންގެ މެނޭޖަރާ އެކުގައި ޕާޓީގެ މަސްވަރާތަށް ފަށާފައެވެ. ބުނެވޭ ގޮތުގައި ޕާޓިއަށް ދައުވަތު ދޭނީ އެދެމީހުންގެ ގާތް އެކުވެރިންގެ އިތުރުން އާއިލާ މީހުންނަށެވެ. އަދި މި ޕާޓީއަކީ ވަރަށް ރޮމެންޓިކް ގޮތަކަށް ބާއްވާ ޕާޓީއެއްކަމަށް ވަނީ ބެލެވިފައެވެ.

މި ދެ ލޯބިވެރިންގެ ގުޅުން މިފަހަކަށް އައިސް ވަރަށް ވަރުގަދަ ވެފައިވާއިރު މިދެ ފަންނާނުންވަނީ އެކަކު އަނެކަކުގެ މައިންބަފައިން ކައިރިޔަށްވެސް އެކުގައި ޒިޔާރަތް ކޮށް އެމީހުނާވެސް ގުޅުން ބަދަހިކޮށްފައެވެ. ބުނެވޭ ގޮތުގައި މިފަހަރު މި ދެލޯބިވެރިންވެސް ގުޅިފައިވަނީ ވަރަށްވެސް ވާހަކަ ދެކެވި އެކުގައި އަބަދަށް އުޅުމަށް ބުނުމަށްފަހުގައެވެ.

މި ދެ ފަންނާނުންނަކީ ވެސް ރީތި އެތަށް ލަވައެއް އަޑުއެހުން ތެރިންނަށް ދޫކޮށްލާފައިވާ ދެ ފަންނާނުންނެވެ. އަދި މި ދެ ފަންނާނުންގެ އެތަށް ސަޕޯޓަރުންނެއް ދުނިޔޭގެ އެކި ސަރަހައްދުގައި އުޅެއެވެ. ކުރީގައި މި ދެ ފަންނާނުން ރުޅިވުމަށްފަހު އެކަކު އަނެކަކަށް ނިސްބަތް ކޮށް ކިޔާދީފައިވާ ލަވަތަކަކީ އެތަށް ބަޔަކަށް ކަމުދިޔަ އަދި ޗާޓް ތަކުގެ ކުރީގައި ދެމި އޮތް ލަވަތަކެކެވެ.

 

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ސައިނީ

    ވަރަށް ސަޕްރައިސް ވެއްޖެ މަވެސް ތިހާ ސަޕްރައިސް ޕާޓީއެއްވީމަ

  2. ފައި

    ސަޕްރައިޒް ވާނީ މިހާކަށް ވަރަށް. ޕަކާސްސްސް

  3. ފަސީ

    ކިހާ ސަޕްރައިސް. މުޅި ދުނިޔެއަށް އެނގޭ ސަޕްރައިސް