އަންހެނުންނެކޭ އެއްފަދައިން ފިރިހެނުންނަށްވެސް، ހަމުގެ މައްސަލަތައް ދިމާވާނެއެވެ. ކުޅިވަރާއި އެފަދަ އެހެން ހަރަކާތްތެރި ކަންކަމުގައި މަސްއޫލުވެ އުޅޭކަމުގައިވާނަމަ، އެފަދަ ކަންކަން ދިމާވާ މިންވަރު އިތުރުވެސް ވާނެއެވެ. އެހެންނަމަވެސް، ފިރިހެނުންނަކީ، އަންހެނުން ފަދައިން، އެކަންކަމަށް މާ ބޮޑު ފަރުވާލެއް ބަހައްޓާ ބައެއް ނޫނެވެ.

އެހެންކަމުން، އާއްމުކޮށް ފިރިހެނުންނަށް ދިމާވާ ހަމުގެ މައްސަލަތަކާއި، އެކަންކަމަށް، ގޭގައި ކުރެވިދާނެ ގެވެށި ފަރުވާއަށް ކުރުގޮތަކަށް އަލި އަޅުވާލާނަމެވެ.

އޮށާޅަ

އަންހެނުންނެކޭ އެއްގޮތަށް ފިރިހެނުންނަށްވެސް، އޮށާޅައިގެ މައްސަލަ ކުރިމަތިވެއެވެ. މޫނުމަތީގައި ނަގާ އޮށާޅައިގެ ސަބަބުން، މީހާގެ ސޫރަ، ފެންނަ ފެނުމަށް ހުތުރުވެއެވެ. ހަމައެހެންމެ، އޮށާޅަ ފިލުމަށްފަހު، ދެން މޫނުގައި ހުންނަ ނިޝާނަކީވެސް، ބައެއް މީހުން، އެހާ ގަޔާވާ އެއްޗެއް ނޫނެވެ. މިކަމުން ދުރުވުމަށްޓަކައި، ދަތް އުނގުޅާ ބޭސް، އެތައް ބަޔަކު މޫނުގައި ހާކައެވެ. އެހެންނަމަވެސް، މިކަމުގެ ސަބަބުން، ފަހުން މޫނުން ފެންނަން ހުންނަ ނިޝާނުގެ ކުލަ އިތުރަށް ގަދަވާކަމަށްވެއެވެ. އެހެންކަމުން، މިކަމަށް އޮތް އެންމެ ރަނގަޅު އެއް ހައްލަކީ، ކުޑަ ފެންފޮދަކާ ބޭކިން ސޮޑާ ކޮޅެއް އެއްކުރުމަށްފަހު ހޭކުމެވެ.

މޫނު ތެޔޮވުން

ފިރިހެނުންނަށް ދިމާވާ، ހަމުގެ އެހެން އެންމެ ބޮޑު އެއް މައްސަލައަކީ މޫނު ތެޔޮވުމެވެ. ރަސްމީ ޙަފްލާއަކަށް ނުވަތަ ޕާޓީއަށް، އެހެންނޫންނަމަ ހެނދުނު އޮފީހަށް ދާއިރު، މިގޮތަށް ކަންތައްވުމަކީމ ގިނަ ބަޔަކު އެދޭކަމެއް ނޫނެވެ. އެހެންކަމުން، ގޮނަ ފަރާތްތަކުން، ސައިބޯނި ލައިގެން މޫނު ދޮވުމަށް އިސްކަން ދެއެވެ. އެހެންނަމަވެސް، މިއީ، މޫނު އިތުރަށް ތެޔޮ ކުރުވާ ކަންކަމެވެ. އެހެންކަމުން، މިކަމަށް އޮތް އެންމެ ފަސޭހަ އެއް ހައްލަކީ، މޫނު ދޮވުމަށްފަހު، ބްލޮޓިން ޕޭޕަރ އިން މޫނު ދޮވުމެވެ. އެހެންނޫންނަމަ، އޯޓްމީލް އާއި އެހެން އެއްޗެއް އެއްކޮށްގެން ހަދާފައިވާ އެއްޗެއްގެ މާސްކު މޫނުގައި ހޭކުމެވެ.

ވައިޓް ހެޑް

ވައިޓް ހެޑް އަކީވެސް، ފިރިހެނުންނަށް ދިމާވާ ހަމުގެ މައްސަލައެކެވެ. މިކަމުގެ ސަބަބުން، ބައެއް ފަރާތްތަކަށް އުނދަގޫތައްވެސް ކުރިމަތިވެއެވެ. އެހެންކަމުން، މިކަމުން ދުރުވުމަށް ނުވަތަ ވައިޓް ހެޑުން ދުރުވުމަށް އޮތް އެންމެ މޮޅު އެއް ހައްލަކީ ބިހުގެ ހުދު ބަޔާއި މާމުއި އެއްކުރުމަށްފަހު ވައިޓް ހެޑް ހުރި ތަންތަނުގައި ހޭކުމެވެ.

ވައިޓް ހެޑް

ރޭޒަރުން ހަލާކުވާ ތަންތަން

މިއީ ޤަވާއިދުން ތުނބުޅި ބާލާ މީހުންނަށް ދިމާވާ މައްސަލައެކެވެ މިކަމުގެ ސަބަބުން، އެތައް އުނދަގޫތަކެއްވެސް ކުރިމަތިވެއެވެ. އެގޮތުން، ބައެއް ފަހަރު، އެތަންތަނުން ދިލަ ނެގުމަކީ ވާ ކަންކަމެވެ. އެހެންކަމުން، އެކަމަށް ދުރުވުމަށް އެންމެ ރަނގަޅީ، ވަރަށް ކުޑަ ކުޑަކޮށް ހޫނު ފެނުން، ތުނބުޅި ބާލަން ފެށުމުގެ ކުރިން މޫނު ދޮވުމަށްފަހު، މޫނުގައި ސައިބޯންޏާއި ޝޭވިންގ ކްރީމް ހޭކުމެވެ.

އަވީގައި އުޅުމުން ވާ ކަޅު ނުވަތަ "ޓޭން ވުން"

މޫދުގައި ގިނަ ވަގުތު އުޅޭނަމަ، ނުވަތަ ދޮރުން ބޭރުގައި ގިނަ ވަގުތު އުޅޭނަމަ، "ޓޭން" ވުމަކީ ވަރަށް ގިނައިން ދިމާވާ ކަމެކެވެ. މިކަމުގެ ސަބަބުން، ބައެއް ފަހަރު ރަސްމީ ތަންތަނަށް ދާއިރު، މީހާގެ މޫނުގެ ބުރުސޫރަ ހުތުރުވުމަކީ، އާއްމު ކަމެކެވެ. އެހެންކަމުން، މިކަމަށް އޮތް އެންމެ ރަނގަޅު އެއް ހައްލަކީ، ޕްލެއިން ޔޯގަޓާ ރީނދޫކޮޅެއް އެއްކުރުމަށްފަހު، އެއްކުރި ތަކެތި މޫނުގައި ހޭކުމެވެ.

މި ނޫނަސް، ފިރިހެނުންނަށް އެހެން ހަމުގެ މައްސަލަތައްވެސް ދިމާވެއެވެ.