ފެން ބިލް ބޮޑުވާތީ އަންހެނަކު ރުޅި އައިސްގެން ބޮޑު ބިލެއް ވަކިލާރިން ދައްކައިފިއެވެ.

ކަމާ ބެހޭ ފަރާތްތަކަށް ބޮޑު ލަޑެއް ދިނުމުގެ ނިޔަތުގައި މި އަންހެންގެ ގެއަށް އައި 493 ޑޮލަރުގެ ފެން ބިލަށް އެ މީހާ ފައިސާގެ ގޮތުގައި ދެއްކީ 49300 ވަކިލާރި ފޮއްޗެވެ.

ރިޕޯޓްތައް ބުނާގޮތުގައި، ޑަނާ އެމްސީކޫލް ނަމަކަށް ކިޔާ ފްލޮރިޑާއަށް ނިސްބަތްވާ މި އަންހެން މީހާ ޑެލްޓޯނާގެ ފެން ބިލް ދައްކާ ތަނަށް ދިޔައީ އެ ވަކިލާރިތައް ދަބަހަކަށް އަޅައިގެންނެވެ.

ފެން ބިލް ދައްކާތަނުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް އެ ވަކިލާރިތައް ގުނުމަށް ތިންގަޑިއިރު ހޭދަވިއެވެ. އަދި އެ ފައިސާ ފޮތިތައް ގުނަމުންދަނިކޮށް އެ އަންހެން މީހާ ވަނީ ފޭސްބުކްގައި އެ ތަން ލައިވްކޮށްފައެވެ.

އެމީހާ ބުނިގޮތުގައި، އޭނާ ބޭނުންވަނީ އެ ސިޓީގެ ފެން ބިލްތަކަށް ދައްކަން ޖެހޭ އަދަދަކީ ބޮޑު އަދަދަކަށްވުމާއެކު، މިކަމުން އެ މީހުންނަށް މެސެޖެއް ފޯރުކޮށްދިނުމެވެ. އެ މީހާ ބުނީ، އޭނާއަށް މި ކުރެވުނީ ކުޑަކުޑަ މުޒާހަރާއެެއް ކަަމަށެވެ.

7.59 މިނިޓްގެ އެ ވީޑިޔޯއަށް އެތައް ބައެއްގެ ސަމާލުކަން ލިބުނެވެ. އަދި ދެހާހެއްހާ މީހުން އެ ވީޑިޔޯ ބަލާފައިވާކަމަށް ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ހެހޭ: ތިވާނީ އެމްޑީޕީ މީހަކަށް

  2. ރާއްޖޭގެ ކޮއިން އެހެންތަންތަނަށް ވެސް ވިކޭތާދޯ.