އިންޑިއާގެ މަޝްހޫރު ރެޕަރ ޔޯޔޯ ހަނީ ސިންގް ގިނަ ދުވަހު މިއުޒިކީ ދާއިރާއާ ދުރުގައި ހުރުމަށްފަހު މިއުޒިކީ ދާއިރާއަށް އަލުން ގުޅިއްޖެއެވެ.

މިދިޔަ ހަފްތާގައި ރިރީސްކުރި ދެފިލްމަކުން ހަނީ ސިންގްގެ ދެލަވައެއް ވަނީ ފެނިގެން ގޮސްފައެވެ. އެއީ، "ސޯނޫ ކީ ޓީނޫކީ ސުވީޓީ" ފިލްމުގައި އޭނާ ކިޔާފައިވާ ދެލަވައެވެ.

"ޕަދްމާވަތު" އާއި "ޕެޑްމޭން" ފިޔަވައި އެންމެ ބޮޑު ކާމިޔާބެއް މިއަހަރުގެ މިހާތަނަށް ލިބިފައިވަނީ "ސޯނޫ ކޭ ޓީޓޫ ކީ ސްވީޓީ" އަށެވެ. މި ފިލްމުގެ ޑައިރެކްޓަރު ލަވް ރަންޖަން މީގެ ކުރިން ވަނީ ކާރްތިކް އާއި ނުޝްރަތުއާ އެކު "ޕިޔާރް ކާ ޕަންޗްނާމާ" ސީރީޒްގެ ފިލްމުތަކެއް އުފައްދައިފަ އެވެ.

ގިނަ ބައެއްގެ މަޝްޤްބޫލުކަން ހޯދާފައިވާ ހަނީ ސިންގް ވަނީ "ޗާރ ބޮޓަލް ވޮޑްކާ" ފަދަ ގިނަ މަޝްހޫރު ވެގެންދިޔަ ލަވަތަކެއް ކިޔާފައެވެ.

ކިޔުންތެރިންގެ ހިޔާލު