ލޯބިވެރިންނަށް ހާއްސަ ދުވަސް އަންނަނީއެވެ. ލޯބިވެރިޔާއަށް ސަޕްރައިޒް ދިނުމަށް އެތައް މަސައްކަތެއް ކުރަން ބޭނުންވާ މީހުން އުޅެއެވެ. އެ ދުވަހަކީ ގިނަ ބަޔަކު އިންނަންވެސް އަހާ ދުވަހެއްކަމުން މި ރެސްޓޯރެންޓަށް ގޮސްވެސް ތަފާތު ގޮތަކަށް އިންނަން އެހިދާނެއެވެ.

އެމެރިކާގެ މައްސަޗުސެޓްގައި ހުންނަ އެ ރެސްޓޯރެންޓްގައި ލޯބިވެރިންގެ ދުވަހަށް ހާއްސަ ބާގާއެއް ތައްޔާރު ކުރާނެއެވެ. އެ ބާގާއަކީ ވަރަށް އަގުހުރި ބާގާއެކެވެ. އެ ބާގާ އެހާ އަގުބޮޮޑު ވަނީ އެ ތައްޔާރުކުރަން ބޭނުންކުރާ ބާވަތްތަކުގެ ސަބަބުންނެއް ނޫނެވެ.

އެ ބާގާ އެހާ އަގުބޮޑު ވަނީ އޭގައި ޑައިމަންޑް ޖަހާފައި އިންނަ އަގޮޓިއެއް އިންނާތީއެވެ. ބާގާއެއްގެ އަގު ދިވެހި ރުފިޔާއިން ބަލާނަމަ 46230 އަރާނެއެވެ. ޑޮލަރުން ބަލާނަމަ އެއީ ތިން ހާސް ޑޮލަރެވެ.

އަދި އެ ރެސްްޓޯރެންޓުން އެފަދަ ބާގާއެއް ބޭނުންމަމަ 48 ގަޑިއިރު ކުރިން އެ މީހުންނަށް އަންގަން ޖެހެއެވެ.

އެހެންކަމުން މިހާރު ވިސްނުމަކަށް ދާންވީ ލޯބިވެރިޔާއާއެކު ހާއްސަ ކެއުމަކަށް ގޮސް އިންނަން އެހުންއެހުމެވެ. އަދި އެ ގޮތް ބޭނުންވަނީ ލޯބިވެރިންގެ ދުވަހުގައިކަމަށް ވާނަމަ މިހާރު އަވަހަށް އޯޑަރު ދޭށެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. މާޒީ

    މޮޔަވެގެންތަ މި އުޅެނީ؟

  2. ރައީ

    ކާކު ތި ވަރުގެ ހަރަދެން ކުރާނީ....