މަރުވުމަށްފަހު ސިކުނޑީގެ ސެލްތައް ފަސް މިނެޓް ތެރޭގައި އަލުން ދިރުވިދާނެކަމުގެ ފުރުސަތެއް އެބަ އޮތްކަމަށް ޖަރުމަންވިލާތުގެ ސައިންސްވެރިންތަކެއް ބުނެފިއެވެ. މި ސައިންސްވެރިން ބުނާގޮތުގައި މަރު ގާތްވުމުގެ ކުރިން ސިކުނޑީގެ ސެލްތަކަށް 'ޑިޕްރެޝަން' ވެރިވެގަނެއެވެ. އަދި އެޔަށްފަހު މަރުވުމުން އާދަޔާޙިލާފް ގޮތަކަށް މި ސެލްތައް އަމަލުކުރަން ފަށާއިރު މިއީ ހަށިގަނޑުގެ މުހިންމު ގުނަވަންތައް 'ޝަޓްޑައުން' ވުމުގެ ކުރިން ހިނގައިދާ ކަމެކެވެ.

ޖަރުމަންވިލާތުގެ ޗެރިޓޭ-ޔުނިވާރސިޓެޓްޒްމެޑިސިން ޔުނިވާރިސިޓީގެ މި ސައިންސްވެރިން ކުރި މި ދިރާސާއިން ވަނީ މަރުވުމުގެ ކުރިން ސިކުނޑީގެ ސެލްތައް 'ޑިޕްރެޝަން' ވެފައިވާ ޒާތުގެ ގޮތަކަށް އަމަލުކުރަން ފަށާކަމަށް ހާމަކޮށްފައެވެ. މި ހޯދުންތަކުގެ އަލީގައި ސައިންސްވެރިން ވަނީ ހަށިގަނޑުގެ ހިއްސުތައް ކުޑަ ވަގުތުކޮޅަކަށް މަސައްކަތްކުރާއިރު ފަސް ވަރަކަށް މިނެޓް ތެރޭގައި ސިކުނޑި 'ޝަޓްޑައުން' ވާ ޕްރޮސެސް ހުއްޓުވައި އެ ޕްރޮސެސް އަނބުރާލެވިދާނޭކަން ދައްކުވައިދީފައިވާކަމަށް ހާމަކޮށްފައެވެ.

މި ސައިންސްވެރިން މިގޮތަށް ހާމަކޮށްފައިވަނީ ފުރާނައަށް ނުރައްކާވާފަދަ ސިކުނޑީގެ އަނިޔާލިބިފައިވާ ނުވަ މީހެއްގެ ސިކުނޑީގެ އިލެކްޓްރިކް ސިގްނަލްތައް މޮނިޓާރ ކުރުމަށް ފަހުއެވެ. ސައިންސްވެރިން ބުނާގޮތުގައި މި އެކްސްޕެރިމެންޓަށް ހޯދުނު ސިކުނޑީގެ އަނިޔާލިބިފައިވާ މީހުންނަކީ އެމެރިކާ އަދި ޖަރުމަންވިލާތުން ހޯދުނު މީހުންނެވެ.

މިގޮތުން މިފަދަ މީހުންގެ ސިކުނޑީގައި އިލެކްޓްރޯޑްތަކެއް ހަރުކޮށްގެން އެ މީހުން މަރުވާ ވަގުތުގައި ސިކުނޑީގައި ހިނގައިދާ ކަންކަން ހޯދުމުގެ އިތުރުން ހިތް ހުއްޓުމަށްފަހު ސިކުނޑީގެ ސެލްތަކާއި ނިއުރޮންތައް މަސައްކަތްކުރުމުގެ ފުރުސަތެއް އެބަ އޮތްކަމަށްވެސް ހޯދިފައިވާކަމަށް ހާމަކޮށްފައެވެ.

މި ސައިންސްވެރިން ވަނީ ސިކުނޑީގައިވާ އިލެކްޓްރޯކެމިކަލް ހަކަތަ ހުސްވުމުގެ ކުރިން ސިކުނޑިއަށް ބޭނުންވާ ލޭ ދައުރުވުން އަލުން ފެއްޓިއްޖެނަމަ މި ސެލްތައް މަރުވުމުން ހުއްޓުވިދާނޭކަމަށް ހާމަކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. އަހަރުމެން ހެއްދެވި ﷲ ސުބުޙާނަހޫ ވަތަޢާލާ އިންސާނާނުން އަލުން ދިރުއްވާ ވާހަކަ ވަޙީކިުރައްވީމަ ބައެއް މީހުން ބުނޭ އަލުން ނުދިރުވޭނޭ... އެންމެ ފަހުން ސައިންސުވެރިން ވެސް މިއޮއް އެބަސްވީ އެކަމަށް

  2. އަހަރެމެން މުސލިމުންނައް އެނގޭ މަރު ވާ ވަގުތު ސިކުނޑިއައް ގޮތް ގޮތް ވާނެކަން ނުބައި މީހުންނައް

  3. ސިކުނޑި ދިރިވުނަސް ފުރާނަ ގެންދަވާނީ އެއްކައުވަންތަ ﷲ.

  4. އަހަރެމެންގެ އެންމެ ކައިރީގަ އަދި އެންމެ ދުރުގަ ވަނީ މަރު ކަމެއް ބައެއް މީހުންނަށް ނޭނގޭ ތީ މަ ހައިރާން ވެއްޖެ..ޕިސް ޕިސް