މި އަހަރު ނެރޭނެ ކަމަށް ބުނާ އައިފޯންތައް ނެރޭ ދުވަސް ކައިރިވެއްޖެއެވެ. މި އަހަރު ނެރޭނީ ތިން ވައްތަރެއްގެ އައިފޯންކަމަށް ވެއެވެ. އަދި އެ ފޯންތަކަަށް ދޭ ނަންތައް މިހާރު ވަނީ އާއްމުކޮށްފައެވެ.

މިހާރު ލީކްވެފައިވާ އެ އައިފޯންތަކުގެ ބައެއް މައުލޫމާތުތަކާއެކު މީސް މީޑިއާގައި ގިނަ ބަޔަކު އެ ދަނީ ވާހަކަދައްކަމުންނެވެ. މައުލޫމާތު ލިބޭގޮތުގައި، އާ އައިފޯންތައް ނެރުމަށް ހަމަޖެހިފައި ވަނީ އަންނަ މަސް ތެރޭގައެވެ. އަދި މި ފަހަރު ނެރެނީ ބަޖެޓް އައިފޯންތަކެއް ކަމަށް ވެއެވެ.

މި ފަހަރުގެ ނަންތަކަށް ބަލާއިރު، އައިފޯން 2018، އައިފޯން އެކްސް އެސް، އަދި އައިފޯން އެކްސް އެސް ޕްލަސް ހިމެނެެއެވެ.

އަދި މިފަހަރުގެ ރިޕޯޓްތައް ބުނާގޮތުގައި، އައިފޯން އެކްސް އެސް ޕްލަސް ފޯނުގައި 6.5 އިންޗި ހުންނާނެއެވެ. އަދި ދެން ނެރޭ ދެ ފޯނުގައި ހުންނާނީ 6.1 އިންޗްކަމަށް ވެއެވެ. މި ތިން ފޯނަކީވެސް ޑުއަލް ކެމެރާގެ ފޯންތަކެއް ކަމަށް ވެއެވެ. އަދި މި ފަހަރުގެ އައިފޯންގެ ކުލަތަކަށް ބަލާއިރު، ކަޅު، އަޅި، ހުދު، ނޫ، ރަތް އަދި އޮރެންޖް ކުލަވެސް ހިމެނޭކަމަށް ވަނީ އަޑު ފެތުރިފައެވެ.

އައިފޯންގެ އެކްސް ޕްލަސްގެ އަގު އުޅެނީ 1000 ޑޮލަރަށެވެ. އަދި ދެން ނެރޭ ދެ ފޯނުގެ އަގު 700 ޑޮލަރާއި 800 ޑޮލަރާއި ދެމެދުގެ އަގެއްގައި ލިބޭނެކަމަށް ރިޕޯޓްތައް ބުނެއެވެ. އެޕަލް ބްރޭންޑްގެ ފޯން ތަކަކީ ދިވެހިންގެ ތެރޭގައިވެސް ވަރަށް މަގުބޫލު ފޯނުތަކެއްކަން ފާހަނގަކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު