މަޝްހޫރު ރެޕަރ ޓްރެވިސް ސްކޮޓްގެ އެންމެ ފަހުން ނެރުނު ވީޑިއޯ ލަވަ އަލްބަމުގެ ލަވައެއްގައި، އޭނާގެ ކުރީގެ ލޯބިވެރިޔާ، ކާޑޭޝިއަން އާއިލާގެ ހަގު މެމްބަރު ކައިލީ ޖެނާ ބަރަހަނާ ހާލުގައި ހުރި މަންޒަރެއް ހިމަނައިފިއެވެ.

ގެސްޓް އެޕެއަރެންސެއްގެ ގޮތުގައި ކައިލީގެ މަންޒަރެން، ޓްރެވިސްގެ ވީޑިއޯ ލަވައެއްގައި ދެ ފަހަރެއްގެ މަތިން ހިމަނާފައިވާއިރު، މިއީ އެ ލަވަ އަލްބަމް ހެދިއިރު ކައިލީ އެއްބަސް ވެގެން ކުޅެފައިވާ މަންޒަރެއް ކަމަށް ބައެއް ފަރާތްތަކުން ބުނެއެވެ. ރިޕޯޓްތަކުގައި ބުނެފައިވާގޮތުގައި ކައިލީގެ ބަރަހަނާ މަންޒަރުގެ އިތުރު އެ ލަވައިގައި ކައިލީ، ހިމާރެއް އުރާލައިގެން ހުންނަ މަންޒަރުވެސް ފެނިގެން ދެއެވެ.

ޓްރެވިސް އާއި ކައިލީގެ ލޯބީގެ ގުޅުން ހީނަރުވި ހިސާބުން އެ ދެމީހުންގެ ދެމެދުގައި އެއްވެސް ގުޅުމެއް ނެތްކަމަށް ގިނަ ބަޔަކު ބުނަމުންދިޔައިރު، ކައިލީގެ ފުރަތަމަ ދަރިފުޅު ސްޓޯމީ ޖެނަރ ގެ ބައްޕައަކީ ކާކުކަން ކަށަވަރުނުވި މައްސަލައިގައި ޓްރެވިސް ވެސް ވަނީ ކައިލީއަށް ނުރުހުމުގެ ބަސްތައް އަމާޒުކޮށްފައެވެ.

އެހެނަސް އެއަށްފަހު މީޑިއާގެ ސަމާލުމަކަށް އެކަން އައިސް އެދެމީހުން ހޫނުފެނަށް ވެއްޓިފައި ވަނިކޮށް، ޓްރެވިސް ވަނީ ސްޓޯމީގެ ފޮޓޯ އޭނާގެ އިސްޓަގްރާމުގައި ޢާންމުކޮށް "ދަރިފުޅު" މަތިން ހަނދާންވާކަމަށް ބުނެ، ސްޓޯމީއަކީ އޭނާގެ އަމިއްލަ ދަރިފުޅުކަން ހާމަކޮށްދިނުމަށް މަސައްކަތްކޮށްފައެވެ.

ކައިލީ އާއި ޓްރެވިސްގެ ގުޅުން ހީނަރުވެ ދެމީހުން އެކުގައި ފެނުން އެކީގައިހެން ހުއްޓުނުއިރު، ޓްރެވިސް ވަނީ އަމިއްލަ ދިރިއުޅުމާއި ޕްރޮފެޝަނަލް ދިރިއުޅުމާއި މިއީ ތަފާތު ދެ ކަމެއް ކަމަށް ބުނެއެވެ. އެއަށްފަހު ޓްރެވިސް އާއި ކައިލީ އަނެއްކާވެސް ފެންނާން ފެށީ ޓްރެވިސްގެ އާ ލަވަ އަލްބަމް ޕްރޮމޯޓުކުރުމަށް ބޭއްވި ހަފްލާތަކުގެ ތެރެއިންނެވެ. އަދި ދާދިފަހުން އޮތް އެފަދަ ހަފްލާއެއްގެ ތެރެއިން އެ ދެމީހުން އެކުގައި ނަށާ މަންޒަރު ފެންނަ ވީޑިއޯއެއްވެސް އިންސްޓަގްރާމުގައި ދައުރުވެފައި ވެއެވެ.

ޓްރެވިސްގެ އާ ލަވައެއްގައި ކައިލީގެ މަންޒަރު ހިމަނާފައިވުމުން، ގިނަ ބަޔަކު ޤަބޫލުކުރަނީ އެދެމީހުންގެ ގުޅުން އަލުން އިއާދަވީ ކަމަށެވެ. ނަމަވެސް މިކަމާއި ގުޅިގެން ޓްރެވިސް އަދި ކައިލީވެސް ވަކި އެއްޗެއް އަދި ނުބުނެއެވެ.