އުމުރުން 44 އަހަރުގެ ބޮލީވުޑް އެކްޓްރެސް ޕޫޖާ ޑެޑްވަލަށް ޓީބީ ޖެހިފައިވާ ކަމަށް ބުނެ، މި އަހަަރުގެ މާޗް މަހުގެ ތެރޭގައި ރިޕޯޓްތައް އާންމުވުމާއި ގުޅިގެން އޭނާގެ ގިނަ ފޭނުން ތިބީ މާޔޫސް ކަމެއްގެ ތެރޭގައެވެ. ވަކިން ބޮޑަށް، ރައްޓެހިންނާއި އާއިލާވެސް އިހުމާލުވެ، ޕޫޖާއަށް އަޅާ ނުލާ ކަމަށާއި އަތްމަތި ދަތިވުމުން އިތުރު ފަރުވާ ހޯދުމަށް ދަތިވާ ކަމަށްވެސް ޕޫޖާ ވަނީ ބުނެފައެވެ.

1995 އަހަރު ކުޅަދާނަ އެކްޓަރު ސަލްމާން ޚާންގެ ފިލްމެއްގައިވެސް މަސައްކަތްކޮށްފައިވާ ޕޫޖާގެ ހާލަތު އެނގުމުން، ސަލްމާން ވަނީ ޕޫޖާއަށް އެތަކެއް ގޮތަކުން ދީލަތު އެހީ ފޯރުކޮށްދީފައެވެ. މިހާރު، ޕޫޖާގެ ހާލަތު ރަނގަޅުވެ، އިހުނަށް ވުރެ ބަލި ފަސޭހަވުމުން، ޕޫޖާ މިވަނީ ސަލްމާނަށް ޝުކުރު އަދާކޮށް ވާހަކަ ދައްކާފައެވެ،

"ސަލްމާނަށް ޝުކުރު އަދާކުރާނެ ގޮތެއްވެސް ނޭނގެ. ފުރަތަމަ އެޑްމިޓް ކުރި ދުވަހު ހިތަށް އެރި ދެން މި މަރުވަނީ އޭ. އަޅާލާނެ މީހަކު ނެތް. ރައްޓެހިންނާއި އާއިލާވެސް އަހަރެންނަށް އިހުމާލުވެ އެކަނި ހާލަށް ދޫކޮށްލީ." ޕޫޖާ ބުނެފައިވެއެވެ.

ޕޫޖާގެ ދެ ކިޑްނީވެސް އޭރުވަނީ އިންފެކްޓްވެ، ނޭވާލުމަށްވެސް އުނދަގޫ ތަކާއި ކުރިމަތި ވެފައެވެ.

"ސަލްމާންގެ އެހީތެރިކަން ނުލިބުނު ނަމަ މިއަދު އަހަރެން މިގޮތަކަށް ނުހުރެވުނީސް. ސައިބޯންޏާއި ހެނދުމާއި ކާއެއްޗިއްސާއި އެތަކެއް އެއްޗެހިވެސް ސަލްމާން ފައުންޑޭޝަންގެ ފަރާތުން އަހަރެންނަށް ފޯރުކޮށްދިން." ޕޫޖާ އިތުރަށް ބުނެފައިވެއެވެ.

ޕޫޖީ ބެއްލެވި ޑޮކްޓަރާއި ހަވާލާދީ ރިޕޯޓްތައް ބުނާ ގޮތުގައި ޕޫޖީ އަކީ މިހާރު ޓީބީ ބެކްޓީރިއާ ފްރީ މީހެއް ނަމަވެސް އަދި އިތުރު އެއް މަސް ދުވަހު އޭނާއަށް ފަރުވާ ދޭން ޖެހޭ ކަމަށެވެ.