ޗޮކްލެޓް ކޭކަކީ އެންމެންވެސް ކެއުމަށް ލޯބި ކުރާ އަދި އެހައިމެ މީރު އެއްޗެއްވެސް މެއެވެ. ބައެއް މީހުން ޗޮކްލެޓް ކޭކޭ ބުނުމުން ދެލޯ ބޮޑުވާ އިރުގައި، މިފަދަ މީހުންނަށް ގިނަ ފަހަރަށް އޮންނަނީ މާ ގިނައިން މިފަދަ އެއްޗެހި ކެއުން މަނާވެސް ކޮށްފައެވެ. އެހެން ނަމަވެސް، އެ މީހުންނަށް މިވަނީ ވަރަށް އުފާވެރި ހަބަރެއް ލިބިފައެވެ.

ދާދި ފަހުން ސައިންސްވެރިން ހެދި ދިރާސާ އަކުން ދައްކާ ގޮތުގައި ހެނދުނު ހެނދުނާ ތެދުވެ ކާލަން އެންމެ ރަނގަޅީ ޗޮކުލެޓު ކޭކެކެވެ. ގިނަ މީހުންނަކީ ދުވަހުގެ ކޮންމެވެސް ހިސާބަކުން ޗޮކްލެޓް ކޭކު ކާން އާދަވެފައިވާ މީހުން ކަމުގައި ވާއިރު، ހެނދުނު ގަޑީ މީތި ކެއުމުން ހަށިގަނޑަށް އެތައް ފައިދާތަކެއް ލިއްބައިދެއެވެ.

އެންމެނަށްވެސް އެނގޭނޭ ފަދައިން ޗޮކްލެޓަކީ މީހާގެ މިޒާޖް ރަނގަޅު ކޮށްދިނުމަށް އެހީވެދޭ އެއްޗެކެވެ. އެހެން ކަމުން، ދުވަހުގެ މަސައްކަތާއި ކުރިމަތިލާއިރު ޗޮކްލެޓެއް ކެއުމުން މަސައްކަތް ކުރާ ހިތުން ކުރެވި ނިދި އައުމާއި އެނޫންވެސް ބޭކާރު ކަންކަމުން މީހާ ދުރުކޮށްދެއެވެ.

ސައިކްރޯސް ޔުނިވާސިޓީގައި ހަދާފައިވާ މި ދިރާސާ އިން އިތުރަށް ދައްކާ ގޮތުގައި ހެނދުނު ގަޑީ މީގެ ކޭކެއް ކެއުމުން މީހާގެ ހަނދާނުގައި އެއްޗެހި ހުންނަ މިންވަރު އިތުރުކޮށްދީ، ބަރުދަން ލުއި ކޮށްދިނުމަށްވެސް އެހީވެދެއެވެ. ނަމަވެސް ހަނދާނުގައި ބަހައްޓަން ވީ ކަމަކީ މިހެން ކަންތައް ވާނީ ހެނދުނު ގަޑީގައި މީގެ ކޭކުކޮޅެއް ކެއުމުން ކަމެވެ.

ޗޮކްލެޓް ކޭކެ ކެއުމުން ބައެއް މީހުންގެ ބަނޑަށް އުނދަގޫ ތަކެއް ވާއިރުގައި، ހެނދުނު ގަޑީ މީތި ކެއުމުން އެކަންކަމުން މީހާ ދުރުކޮށްދެއެވެ. އެހެންކަމުން ހެނދުނުގެ ނާސްތާ އަށް ޗޮކްލެޓް ކޭކު ކާން އާދަ ކުރާށެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޗޮކުލެޓް

    ކޮންމެ ކޮންމެ މީހަކައް ނުކެވޭނެ ތިއެއް
    ކޭކު ކެވޭނީ މުއްސަނދިންނަށް
    އަހަރުމެންނަށް ބޮވޭނީ ކަޅު ކޮފީ

    20
    2