ޑްރާމާ ސިލްސިލާ "ސަސުރަލް ސިމަރު" ގެ އެކްޓްރެސް ދިޕިކާ ކަކަރު އޭނާގެ ފުރަތަމަ ބޮލީވުޑް ފިލްމް ކުޅެއް ތައްޔާރުވެއްޖެއެވެ.

ޑްރާމާ ސިލްސިލާތަކުން ގިނަ ބައެއްގެ މަގުބޫލްކަން ހޯދާފައިވާ ދިޕކާ ކަކަރު ބޮލީވުޑަށް ނިކުތުމަށް ފުރަތަމަ ކުޅޭނެ ފިލްމަކީ ޖޕ.ޑުއްޓާގެ "ޕަލްޓަން" އެވެ. އޭނާގެ އިތުރުން ސުނިލް ސެޓީ، ސޯނު ސޫދް، ރަނާ ޑައްގުބަޓި، ޕުލްކިޓް ސަމްރަތް، ސިދާތު ކަޕޫރު، އަރުޖުން ރަންޕާލް އަދި ގުރުމީތް ޗޯދަރީ މިފިލްގައި ހަރަކާތްތެރިވާނެއެވެ.

ބޮލީވުޑްއަށް ވަނުމުގެ އުފާވެރި ހަބަރު ހިއްސާ ކުރުމަށްޓަކައި "ޕަލްޓަން"ގެ ޕޯސްޓަރަކާއި އެކު އިންސްޓަގުރާމްގައި އޭނާ ބުނެފައިވަނީ "އަހަރެންގެ ފުރަތަމަ ފިލްމަކަށް ޖޕ ޑުއްޓާގެ ފިލްމަކަށް ވުރެ ވަކި ރަނގަޅު ފިލްމަކަށް އެދެވިދާނެތަ؟ "ޕަލްޓަން" ޓީމާއި ގުޅެން ފުރުސަތު ލިބުމަކީ ލިބުނު ޝަރަފެއް." އެވެ.

މި ފިލްމްގެ ލީޑް ކުރާ މުޙިންމު ތިން އެކްޓްރެސްގެ ގޮތުގައި އިސާ ގުޕްތާ އާއި މޮނިކާ ގިލް އާއި އެކު ދިޕިކާ ހަރަކާތްތެރިވާނެއެވެ.

މި ފިލްމުގައި އީސާ އަރުޖުން ރަންޕާލްގެ އަންހެނުންގެ ރޯލް އަދާކުރުމަށް ހަމަޖެހިފައިވާއިރު މޮނިކާ ފެންނާނީ ރޭންގެ ލޯބިވެރިޔާގެ ރޯލުންނެވެ. ނަމަވެސް އަދި ދިޕިކާ އަށް ކުލެން ޖެހެނީ ކޮން ރޯލެއްކަމެއް އެނގިފައި ނުވެއެވެ.

މި ފިލްމާއި ބެހޭގޮތުން ވާހަކަ ދައްކަމުން ދިޕިކާ ބުނީ "މިތާގައި މި ދައްކަނީ ހިފަހައްޓާ ނުލެވޭނެ އިޙްސާސް ތަކެއްގެ ވާހަކަ. ލޯބިވާ މީހާ ދޫކޮށްލާފައި ހަނގުރާމައަށް ދިޔުމުން އާއިލާ އަށް ކުރެވޭ އިހްސާސް. ބޯޑަރުގެ ހާލަތާއި ލޯބީގެ އިޙްސާސް. އަދި ހަގުރާމައިގެ މައިދާނުގައި އެއް ފުލުހަކު އަނެއް ފުލުހަށް އެހޭތެރިވާ އާއިލީ ގުޅުންވެސް މި ފިލްމުން ދައްކަދޭނެ." އެވެ.

ކިޔުންތެރިންގެ ހިޔާލު