ވާޖީނިއާއަށް ނިސްބަތްތާ އަންހެނަކު އޭނާ ނުވެސް ދަންނަ މީހަކަށް ކިޑްނީ ހަދިޔާކުރުމުން ގިނަ ބައެއްގެ ތައުރީފު އޭނާއަށް ލިބެން ފަށައިފިއެވެ. އެ އަންހެން މީހާ ކިޑްނީ ހަދިޔާ ކުރި އާއިލާއިން، ބުނަނީ އެ އަންހެން މީހާއަކީ އެ މީހުންނާއި ދިމާވި ނަސީބެއް ކަމަށެވެ.

އެ ފިރިހެން މީހާގެ އާއިލާއިން ބުނީ، އެ އަންހެން މީހާ އެ މީހުންނަށް އެހީތެރިވި ނުވިނަމަ، އެ ބަލި މީހާ ދާން ޖެހެނީ ކަށްވަޅަށް ކަމަށެވެ.

ޖިމް އާބިދް ނަމަކަށް ކިޔާ އެ ފިރިހެން މީހާ ކިޑްނީއެއް ބޭނުންވެގެން އުޅޭތާ ފުދޭވަރަކަށް ދުވަސް ވަނީ ވެފައެވެ. މިދިޔަ ދެ އަހަރު ތެރޭގައި އޭނާއަށް ކިޑްނީއެއް ލިބޭތޯ މަސައްކަތް ކުރިއެވެ. އެ ލިސްޓުގައިވެސް އޭނާގެ ނަން އޮތެވެ. އަދި ކޮންމެ ހަފްތާއެކު އެތައް ފަހަރަކު އޭނާ ޑަޔަލިސިސް ހަދަން ޖެހެއެވެ.

އެހެން ނަމަވެސް އޭނާ މި ދުނިޔޭގައި އޮވެދާނެކަމުގެ އެއްވެސް ޔަޤީންކަމެއް ނެތިވެސް އެތައް ދުވަހެެއްވަންދެން އެ އާއިލާ ތިބީ ހިތާމަކޮށްކޮށެވެ. އެންމެ ފަހުން އެ އާއިލާގެ މެންބަރެއްކަމަށްވާ ސްލޮމޮނިސްކީ ވަނީ ކިޑްނީއެއް ބޭނުންވާ ވާހަކަ ފޭސްބުކްގައި ހިއްސާކޮށްފައެވެ.

އޭނާ ޖެހި އެ ޕޯސްޓަށް އެއްވެސް ބައެއްގެ ހުށަހެޅުމެއް ނުލިބުނެވެ. އެހެން ހުއްޓާ މަހެއް ފަހުން ސްލޮމޮނިސްކީއާއެކު ކުރީގައި މަސައްކަތް ކުރި މީހަކަށް އެ ޕޯސްޓް ފެނުނެވެ. ޝާލީ ނަމަކަށް ކިޔާ އެމީހާއަކީ ބަލިއެނދުގައި އޮތް އާބިދު އެއްވެސް ވަރަށް ދަންނަ މީހެއް ނޫނެވެ.

ޝަރްލީއަށް އެ ޕޯސްޓް ފެނިފައި ވަނީ މިދިޔަ މާރިޗް މަސް ތެރޭގައެވެ. އޯ ޕޮޒިޓިވް ކިޑްނީއެއް ބޭނުންވެގެން ކުރި އެ ޕޯސްޓް ފެނިފައި ޝަރްލީއަށް ވަރަށް އަސަރުކުރިއެވެ. އެންމެ ފަހުން ސްލޮމޮނިސްކީ އަށް އޭނާ މެސެޖްވެސް ކުރިއެވެ. އަދި އޭނާ އާއި އާބިދްއާ މެޗްވޭތޯ ބެލުމަށް ޓެސްޓު ހަދަން ބޭނުންވާ ވާހަކަ ބުންޏެވެ.

އެއާއިއެކު ހެދި ޓެސްޓުތަކަށްފަހު މަސްތަކެއް ފަހުން އެ ދެ މީހުންގެ މެޗް ދިމާވާކަން ހޮސްޕިޓަލުން ހާމަކުރިއެވެ. ޖޯން ހޮޕްކިން ހޮސްޕިޓަލްގައި އެ މީހުންގެ އޮޕަރޭޝަން ކުރިއިރު، ދެ މީހުންގެ ހާލު ވެސް އަންނަނީ ރަނގަޅު ވަމުންނެވެ. ޝާލީ ބުނީ، އޭނާއަށް މީހަކަށް އެހީތެރިވެދީ މީހެއްގެ ފުރާނަ ސަލާމަތްކޮށްދިނުމަށް މެދުވެރިއަކަށް ވެވުނީތީ ވަރަށް ބޮޑަށް އުފާވާ ކަމަށެވެ.