އިންޑިއާއަކީ އަންހެނުންނަށް ރައްކާތެރި ތަނެއް ނޫންކަމަށާއި، އަންހެނުންނަށް ރައްކާތެރިކަން ހޯދައި ދިނުމަށް އެޤައުމުން މަސައްކަތް ކުރަން ޖެހިފައިވާ ކަމަށް ބޮލީވުޑްގެ މަޝްހޫރު ތަރި، ޖޯން އަބްރަހަމް ބުނެފިއެވެ.

ޖޯންގެ ކުރިއަށްއޮތް ފިލްމް ޕްރޮމޯޓުކުރުމަށް ބޭއްވި ހަފްލާއެއްގައި ނޫސްވެރިންނާއި ވާހަކަދައްކަމުން، ކުރެވުނު ސުވާލަކަށް ޖަވާބުދެމުން އޭނާ ބުނެފައިވަނީ، މުޅި ދުނިޔެއަކީވެސް މީހުނަށް ދިރިއުޅެން ބިރުވެރި ތަނަކަށް ވަމުންދާ ކަމަށެވެ. އެގޮތުން ދީނީ ދެކޮޅުވެރިކަމާއި ތަަފާތު އެކު ޚިލާފަތުތައް އުފެދި ދާޚިލީ އެތައް މައްސަލައެއް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އުފެދެމުންދާ ކަމަށް ޖޯން ބުންޏެވެ.

އަދި މި ދެކޮޅުވެރިކަމުގެ ތެރެއިން އެކަކު އަނެކަކާއި ދެމެދު ހަމަނުޖެހުން ހިނގައި އެކެއްގެ ފުރާނަ އަނެކާގޮސް ނަގާލާ ހިސާބަށް ދާއިރު، އެއީ ރައްކާތެރި މުޖުތަމަޢަކުން ފެނިގެންވާނޭ މަންޒަރެއް ނޫންކަމަށް ޖޯން ވަނީ ބުނެފައެވެ. ޖޯން ބުނިގޮތުގައި ކޮންމެ މީހަކުވެސް އެމީހެއްގެ ދީނަށް އިހުތިރާމް ކުރަން ޖެހޭ ކަމަށެވެ. ނަމަވެސް އެ އިހުތިރާމް ކުރެވޭނީ އަނެއް ބަޔަކަށް ފުރައްސާރަކޮށް ގެއްލުންދީގެން ކަމުގައި ދެކިގެން ނުވާނެ ކަމަށް އޭނާ ބުންޏެވެ.

އިންޑިއާގެ ހާލަތަށް އަލިއަޅުވާލަމުން ޖޯން ބުނެފައިވަނީ، އިންޑިއާއަކީ އަންހެނުންނަށް އެކަށީގެންވާފަދަ މާހައުލެއް އޮތް ތަނެއް ނޫންކަމަށް ބުނުމުން އެޤައުމުގެ މީހުން އެކަމާއި ހިތްހަމަ ނުޖެހޭ މިންވަރު ފާޅުކުރާއިރު، އެއީ ޤަބޫލުކުރަން ޖެހޭ ހަޤީޤަތް ކަމަށެވެ. އަދި އެކަމާއި މެދު ވިސްނައި އަންހެނުންނަށް ރައްޖާތެރި މުޖުތަމައެއް ބިނާކުރުމަށް ފަރުދީ ޒިންމާ ނަގަންޖެހޭ ކަމަށް ޖޯން ވަނީ ބުނެފައެވެ.

ޖޯން އެންމެ އަވަހަށް ދެން ފެނިގެންދާ ފިލްމަކީވެސް މުޖުތަމަޢުގައި ހުރި އެފަދަ މައްސަލަތަކަށް ވަރަށް ބޮޑަށް އަލިއަޅުވާލާ ފިލްމެކެވެ. އެ ފިލްމް ނެރުމަށް ހަމަޖެހިފައި ވަނީ މިމަހުގެ 15 ވަނަ ދުވަހުއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޔޭކާމް ތުމްކަރުސަކްތޭހޯ

    އިންޑިޔާ އަމާންކުރެވޭނީ ޖޯން ވެރިކަމަށް ނުކުމެގެން.. މިވާހަކަ ބުނެދީބަލަ އަކިލޭޝް ޖޯންކައިރީގަ.