ރ.އަތޮޅު އަލިފުއްޓަށް ނިސްބަތްވާ ހަސަން ތައްޙާންއަކީ އަތޮޅު ފެންވަރުގައި މޮޅު ފަންޑީތަވެރިއެކެވެ. ޒުވާން ދުވަސްވަރު އަންހެނުންގެ ހިތްއަތުލައިގަތުމަށް ވެސް ބޭނުންކުރީ ފަންޑިތައެވެ. އެވާހަކަ ރަށު ތެރޭގައި ވަރަށް ބާރުލާފައި މީހުން ދައްކައެވެ. ފަންޑިތަ ހަދައިގެން ވަރަށް ގިނަ މީހުން ޖިންނީގެ ކަންކަމުން އޭނާ ސަލާމަތްކޮށްދެއެވެ. ނަމަވެސް އޭނާއަކީ އެރަށު އެއްވެސް މީހަކަށް ކަމުދާ މީހެއް ނޫނެވެ. އެއީ އޭނާގެ އުޅުން ހުންނަ ގޮތުންނެވެ.

އުމުރުން 50 އަށްވުރެ މައްޗަށް ގޮސްފައިވާ، ތައްޚާންއަކީ އެއްވެސް ކައިވެންޏެއް ކުރި މީހެއް ނޫނެވެ. ނަމަވެސް އަންހެން ކުދިންނަށް ޖިންސީ ގޯނާ ކުރުމަކީ އަބަދުވެސް އޭނާ ކުރަމުން އަންނަ ކަމެކެވެ. އެހެންވެ އޭނާ ފެނުމާއެކު ކުޑަކުދިން ވެސް އޭނާ ދެކެ އެހާ ބިރުގަނެއެވެ. ހުންނަ ގޮތުން ކަމަށް ވެދާނެއެވެ.

ތައްޙާނުގެ މަސައްކަތުން ވަރަށް ގިނަ ބަޔަކު ޖިންނީގެ ކިބައިން ސަލާމަތްވެފައިވާކަމަށް ގިނަބަޔަކު ގަބޫލުކުރެއެވެ. ނަމަވެސް އެރަށުގެ ގިނަ ބަޔަކު އޭނާއަށް ނަފުރަތުކުރެއެވެ. ގިނަބަޔަކު އޭނާއަށް ނަފްރަތު ކުރަނީ އޭނާއަކީ ރަށު ތެރޭގައި ތަފާތު އެކި ކަންކަމާއި ގުޅުވައިގެން ފަންޑިތަ ހަދާ މީހަކަށްވެފައި، އޭނާގެ ސަބަބުން ރަށުގެ ބައެއްގެ ފުރާނަ ގެއްލިފައިވާކަމަށް ބައެއް މީހުން ތުހުމަތު ކުރާތީއެވެ.

އޭނާއަކީ ދަންވަރު ދަޅައިގައި ސަހަރާ ތެރެއިންވެސް ފެންނަ މީހެކެވެ. އޭނާއަށް ފާރަލާ ބަޔަކަށް އެހާ އަނިޔާ ކުރެއެވެ. އެހެންވެ ރަށުގެ ގިނަ ބަޔަކު އޭނާ ދެކެ ބިރުވެސް ގަނެއެވެ. ބައެއް ފަހަރު އޭނާ މަގެއްގެ މަތިން ފެނިއްޖެނަމަ ބައެއް މީހުން ފިލައެވެ.

ތައްޙާންބެއަށް އިތުބާރު ކުރާ އެ އަތޮޅުގެ ބައެއް މީހުން މަދު މަދުން އެރަށަށް ގޮސް އޭނާގެ ގޭގައި މަޑުކޮށް ހަދައެވެ. އާއްމުކޮށް މިގޮތަށް އަންނަ މީހުންނާއި މެދު ވަރަށް ރަނގަޅަށް ތައްޚާން ކަންތައް ކުރެއެވެ.

މިގޮތަށް އެއްފަހަރެއްގައި އެ ރަށަށް ޒިޔާރަތް ކުރި އާއިލާއެކެވެ. އެ އާއިލާ އެރަށަށް ޒިޔާރަތް ކުރީ ތައްޙާންބެއާ ބައްދަލު ކުރާށެވެ. އެ މީހުންގެ 16 އަހަރުގެ އަންހެން ދަރިފުޅަށް ދިމާވެފައިވާ ޖިންނީގެ ކަންތަކުން ސަލާމަތް ކުރުމަށެވެ.

އާސިޔާ އާއި އޭނާގެ ފިރިމީހާ ޒުބޭރް އަދި ދަރިފުޅު ހުދާ އެރަށަށް ދިޔައީ މަހެއްހާ ދުވަހު އެރަށުގައި ތިބުމަށްފަހު އެނބުރި ރަށަށް ދިޔުމަށެވެ. ތައްޚާން އެ އާއިލާއަށް މައުލޫމާތުދީފައިވާ ގޮތުގައި، މަސް ދުވަސް ތެރޭގައި އެ ކަންތައް ނިމޭނެއެވެ. އަދި ހުދާ އެކަމުން ސަލާމަތްވާނެއެވެ.

މި އާއިލާ އެރަށަށް ދެވުނީ ބުރާސްފަތި ދުވަހުގެ އިރުއޮއްސެން އުޅުނު ވަގުތެވެ. މި އާއިލާ ރަށަށް ލެފުމާއެކު ވެސް ތަފާތު އަޑުތަކެއް ރަށު ތެރެއިން އިވެން ފެށިކަމަށް ތައްޚާންބެއަށް ފަހަގަވިއެވެ. ނަމަވެސް އެކަން ސިއްރު ކުރީ އޭނާ ހުދާ ގެނައި މަގްސަދު ހާސިލް ނުވެދާނެކަމަށް ހީވާތީއެވެ.

ހުދާ އާއި އޭނާގެ އާއިލާ އެރަށަށް ގެނެސް އެ ބުނާ ފަރުވާއެއް ފެށިއެވެ. ތައްޚާންބެގެ އެދުމުގެ މަތިން ޖިންނީގެ ކިބައިން އެ މީހުންގެ ދަރިފުޅު ސަލާމަތް ކުރުމަށް ކުރާ މަސައްކަތުގައި އެ މީހުން ބައިވެރި ނުވެއެވެ. އެ ދަރިފުޅު ރޯ އަޑު އަހަން އެ މަންމަ އާއި ބައްޕަ ތިބެނީ ބޭރުގައެވެ.

ކޮންމެ ދުވަހަކުވެސް ތައްޙާންގެ އެ މަސައްކަތް ކުރަމުން ދެއެވެ. ބުނަނީ އެ ދަރިފުޅު ޖިންނީގެ ކިބައިން ސަލާމަތް ކުރަނީ ކަމަށެވެ. ނަމަވެސް އޭނާ ކޮންމެ ދުވަހަކު ހުދާ ރޭޕްކުރަނީއެވެ. އޭނާ ހުދާ އެރަށަށް ގެނައި ބޭނުމަކީވެސް އެއީއެވެ.

މީގެ ކުރިންވެސް އެތައް އަންހެނެކަށް ލަނޑުދީފައިވާ ތައްޙާން މިގޮތަށް ކަންތައް ކުރަމުންދާތާ 15 ދުވަސްފަހުން ރަށު ތެރެއިން އަނެއްކާވެސް ނާމާން އަޑުތަކެއް އިވެން ފެށިއެވެ. ކުޑަކުދިން ރޯއަޑުވެސް އިވެއެވެ. މިފަހަރު އެ އަޑުތައް އިވެމުން ދަނީ ސަހަރާ ތެރެއިންކަން އެ މީހުންނަށް ޔަގީންވެގެންދިޔައެވެ. އެހެން ނަމަވެސް އެއީ ތައްޙާނުގެ ކަމެއްކަމަށް ހިތާ އެއްވެސް މީހަކު މާބޮޑަކަށް އެކަމާއި އަޅާނުލާ އުޅެނިކޮށް ރަށު ތެރެއިން އަޑުތައް އިވެން ފެށީ، އެރަށަށް ޒިޔާރަތް ކުރި އާއިލާ ގެއްލުނު ހަބަރެވެ.

އެއީ ތައްޙާންގެ ގޭގައި ތިބި ބައެކެވެ. އަނެއްކާވެސް ތައްޚާންބެގެ އަތުން އެ މީހުން މަރުވީބާއޭ ރަށުގެ ގިނަ ބަޔަކު ބުންޏެވެ.

އެކަން ތަހުގީގު ކުރުމަށް އެރަށަށް ފުލުހުންގެ ހާއްސަ ޓީމެއް ދިޔައެވެ. ފުލުހުން އެންމެ ފުރަތަމަ މިސްރާބު ޖެހީ ތައްޙާންގެ ގެއަށެވެ. އެގެއަށް ދިޔައިރު، ތައްޙާންވެސް ހުރީ ވަރަށް ބޮޑަށް މާޔޫސްވެފައެވެ. އޭނާ ވަނީ އޭނާއަށް އެނގޭ އެއްޗެހި ކިޔާދީފައެވެ.

އެރަށު ތެރެއިން އިވޭ އަޑުތަކާއި އަދިވެސް ރަށު ތެރޭގައި ދެކެވެމުންދާ ވާހަކަތަކާއި، ތައްޙާންގެ ގެއަށް ޒިޔާރަތް ކުރި އާއިލާގެ ހިމެނޭ ހުދާ ރަށުގެ އެކި ތަންތަނުން ފެންނަ ވާހަކަތައް މާ ބާރަށް ދެކެވެން ފަށައި، މުޅި ރާއްޖެއަށް ވެސް އެ ހަބަރު ފެތުރުނެވެ.

ތައްޙާންގެ އުޅުން ހުންނަ ގޮތުން އޭނާގެ މައްޗަށް ޝައްކުތަކެއް ކުރެވޭތާ ދުވަސްކޮޅެއް ވެއްޖެއެވެ. އޭނާ ކޮންމެ ރެއަކު ސަހަރާއަށްދާ މައްސަލަ ވެސް ބޮޑުވިއެވެ. އެހެންވެ ފުލުހުން ނިންމީ ތައްޚާން ހައްޔަރުކުރާށެވެ. ފުލުހުންގެ ޓީމުން ތައްޙާންގެ ހައްޔަރުކުރިއެވެ. އަދި އެ މައްސަލަ އިތުރަށް ބަލަން ފެށިއެވެ.

ފުލުހުން ހޯދި ހޯދުން ތަކުން އެނގުނުގޮތުގައި، ތައްޙާން ހުދާގެ އާއިލާ މަރާލީއެވެ. ނަމަވެސް ޔަގީން ނުވާތީ އެ ވާހަކަ ނުދައްކާ ތިބީއެވެ.

އޭނާ ކޮންމެ ދުވަހަކު ސަހަރާއަށް ދެއެވެ. އެކަމާ ސުވާލުކުރުމުން ޖަވާބު ދީފައި ނުވެއެވެ. އެހެންވެ ފުލުހުން ސަހަރާއަށް ގޮސް ބެލިއެވެ. އެތަނުގައި ކަމެއް ހިނގައިގެން ނުވަތަ ކަމެއް ހިންގަން އުޅޭކަމުގެ ނިޝާންތަކެއް ފެންނާކަށް ނެތެވެ.

އެހެންވެ ފުލުހުން މުޅި ރަށު ތެރެ ބެލިއެވެ. ނާމާން އަޑުތަކާއި ރަށު ތެރެއިން ކެނޑިގެން ނުދެއެވެ. އެ މައްސަލަ ކުރިއަށްގެންދިޔުމުގައި ތައްޙާންގެ ފަރާތުން އެއްބާރުލުން ނުލިބޭތީ އާއި އެ މައްސަލަ އިތުރަށް ކުރިއަށްގެންދެވޭ ވަރަށް ހެކި ލިބިފައި ނުވާތީ އެންމެ ފަހުން ތައްޙާންގެ މައްސަލަ މާލެއަށް ބަދަލުކޮށްގެން ތަހުގީގު ކުރުމަށް ފުލުހުން ނިންމިއެވެ.

މިއަދަކީ އޭނާ މާލެ ގެންދަން އޮތް ދުވަހެވެ. ފުލުހުން ވަނީ އޭނާއަށް ވެސް އެކަން އަންގާފައެވެ. އެރަށުގެ ކުޑަގޮޅީގައި ތައްހާނުބެ އޮންނަތާ 10 ދުވަސްފަހުން މާލެއަށް މައްސަލަ ބަދަލު ކުރަންވެގެން އޭނާ ޕޮލިސް ލޯންޗަށް އަރުވައިގެން އެ އަތޮޅު އިފުރަށް ދާން ނައްޓާލިއެވެ.

އެ ދަތުރުފެށިތަނުން ކަނޑު ގަދަވާން ފެށިއެވެ. ގުގުރުމާއެކު ބޯކޮށް ވާރޭ ވެހެން ފަށައިފިއެވެ. ހީވަނީ ދެންމެ ދެންމެ ލޯންޗް ބަނޑުން ޖަހާލަފާނެ ހެންނެވެ.

އެ ހުރިހާކަމެއް ވެގެންދިޔައިރުވެސް ތައްޙާން އިނީ އެއްވެސް ވަރަކަށް ހާސްކަމެއް ނެތިއެވެ. އޭނާގެ ހަޔާތުގެ ފަހު ދުވަސްކަން އޭނާއަށް އެނގެއެވެ. އެ ދަތުރަށް ނިމުން އައި އެ ލޯންޗް ބަނޑުން ޖަހާލި ހިސާބުންނެވެ.

އެ ލޯންޗުން ދަތުރުކުރި އެއްވެސް މީހަކު ސަލާމަތްވެފައެއް ނުވެއެވެ. އަދި ތައްޚާންގެ ހަށިގަނޑު ފެނިފައެއްވެސް ނުވެއެވެ. ނަމަވެސް ރަށު ތެރެއިން އިވެމުންދިޔަ އަޑުތައް ކެނޑުނެވެ. އަދި ރަށަށް އަމާންކަން ވެރިވެގެން ދިޔައެވެ.

އެހެން ނަމަވެސް ސަހަރާ ތެރެއިން އެ ދުވާ ވަހާއި ،ގިނަ ދުވަހު ތައްޚާން ސަހަރާ ތެރެއިން އެ ފެންނަނީ ކީއްވެކަމާއި ފަހުން މަރުވި އާއިލާއާ ބެހޭގޮތުން އެއްވެސް ބަޔަކަށް ނޭގިގެން އުޅެނިކޮށް، އެ ވާހަކަތައް ކިޔާދީފައި ވަނީ އެހެން ރަށަކުން އެރަށަށް ދިޔަ ފަންޑީތަ ވެރިއެކެވެ.

ތައްޙާން ސަހަރާއަށް ދަނީ އޭނާ ކައިވެނިކޮށްގެން އުޅޭ ޖިންނިއަކާއި ބައްދަލުކުރާށެވެ. ތައްޙާންގެ ދަރިންތަކެއް އެ ޖިންނީގެ ހުރެއެވެ. އެރަށް ޒިޔާރަތްކުރި އާއިލާ މަރާލާފައި ވަނީ އެ މީހުންނާއެކު ރަށަށް ގެނައި އަންހެން ކުއްޖާ ރޭޕްކުރިކަން އާއިލާއަށް ފަޅާ އެރެމުން ޖިންނިންތަކެއް ވެގެންނެވެ. ތައްޚާން އެ އާއިލާ ކަނޑުފައްތާލީއެވެ.

ރަށުގެ ގިނަ ބަޔަކަށް އެ ވާހަކަ އިވުމުން ތިބީ ހައިރާންވެ އަންތަރީސްވެފައެވެ.

އެހެންވެ ތައްޚާންބެވެސް ކަނޑުފައްތާލީއެވެ. އެ ފަންޑީތަ ވެރިޔާ ބުނީ ރަށު ތެރެއިން އެ އިވޭ އަޑުތަކަކީ ތައްޚާންގެ ދަރިންނާއި އަނބިމީހާގެ ކަންތައް ކަމަށެވެ. އެހެންވަ ރަށުގެ އެ ނާމާންކަން ނައްތާލުމަށް ކޮންމެ ދުވަހަކު ދެ ނަމާދު ދޭތެރޭ ގުރުއާން ކިޔަވުމަށް އެންގިއެވެ. އަދި އޭނާ އެ ރަށުން ދިޔައީ އެ ރަށުން އިވެމުންދާ އަޑުތައް ކަނޑުވާލުމަށްފަހުއެވެ. އެ ހުރިހާ ޖިންނިތަކުން ރަށް ރައްކާތެރި ކުރުމަށްފަހުއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ތައްހާނުބެއަކީ ވެސް ކުރިން މިރާއްޖޭގަ އުޅުނު ކަހަލަ ރަންނަމާރިއެއް ދޯ....

  2. ތައްޙާނުބެ ސަޅި ގޮލައެއް މީ . ކީ އިޓް އަޕް. ހީ ރޯ ތައްކާން ބްރޯ.