އިނގިރޭސިވިލާތުގެ ވިގަން އަށް ނިސްބަތްވާ އުމުރުން 53 އަހަރުގެ ޖީން ޓޭލާ އަކީ މާމަ އެކެވެ. އޭނާ އަބަދުވެސް ރީތިކޮށް ހުންނަން ބޭނުން ވެއެވެ. ނަމަވެސް އޭނާގެ އެންމެ ބޮޑު މައްސަލައަކީ "އަތުގެ ނިޔަފަތިތައް މާބޮޑަށް ހުތުރުވުމެވެ."

ޖީންގެ ނިޔަފަތިތައް މާހުތުރުކޮށް ހުންނާތީ އެކަމާއި މަޝްވަރާ ކުރަން އޭނާ ޑޮކްޓަރަށް ދެއްކިއެވެ. ނިޔަފަތިތުގެ ކޮޅު ވަށްވެ، އެނބުރިފައި ހުންނަ ގޮތައް ހުންނާތީ އެކަމަށް އޮތް ހައްލަކީ ކޮބައިތޯ ޖީން ޑޮކްޓަރާއި ސުވާލު ކުރިއެވެ.

ޖީންގެ ނިޔަފަތިތައް
ޖީންގެ ނިޔަފަތިތައް

ޑޮކްޓަރު ދިނީ ހައިރާން ކުރުވަނިވި ޖަވާބެކެވެ. ޑޮކްޓަރު ބުނީ އެއީ ފުރަމެއަށް ކެންސަރު ޖެހިފައިވާ ކަމުގެ އަލާމާތެއް ކަމަށާއި ވަކިއެއްޗެއް ބުނަން އެނގޭނީ އިތުރު ޓެސްޓްތައް ހެދުމަށް ފަހުގައި ކަމަށެވެ. ވަރަށް ގިނަ ޓެސްޓްތައް ހެދުމަށް ފަހު ޑޮކްޓަރު ނިންމީ ޖީންގެ ފުރަމެއަށް ކެންސަރު ޖެހިފައިވާ ކަމަށެވެ.

ޖީންގެ ނަސީބު ރަނގަޅު ކަމުން އޭރު އޭނާ ހުރީ ކެންސަރުގެ ފުރަތަމަ ސްޓޭޖްގައެވެ. ޖީންގެ އޮޕަރޭޝަނެއް ކޮށް، ގޯލްފް ބޯޅައެއް ވަރުގެ ދެޓިއުމަރު އޭނާގެ ފުރަމެއިން މިހާރު ވަނީ ނަގާފައެވެ. އޮޕަރޭޝަނަށް ފަހު އޭނާގެ ހާލު މިހާރު ރަނގަޅެވެ.

ފުރަމައަށް ޖެހޭ ކެންސަރަކީ ރަނގަޅު ކުރަން ވަރަށް އުނދަގޫވާ ބައްޔެކެވެ. މަދު ހާލަތެއްގައި ނޫނީ ބަލި މީހާގެ ފުރާނަ ސަލާމަތެއް ނުކުރެވެއެވެ. ސަބަބަކީ ފުރަމެއަށް ކެންސަރު ޖެހިފައިވާކަން އެނގޭ އިރު ކެންސަރުގެ ބާރު މާބޮޑަށް ގަދަވެފައި ހުންނާތީއެވެ. ޖީންގެ ފުރާނަ ވެސް ފަސޭހައިން ސަލާމަތް ކުރެވުނީ ކެންސަރު ޖެހުނުތާ ކުރީކޮޅު އެކަން ދެނެގަނެވުމުންނެވެ.

ޖީން މިހާރު ގެންދަނީ ކެންސަރަށް މީހުން ހޭލުންތެރި ކުރުވުމުގެ މަސައްކަތް ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

 1. މަ

  ވީއިރު އެކަކުވެސް ރީތި ނިޔަފަތި ނުގެންގުޅޭތި

  • ޑޮންޑޮން

   ލޮލް

 2. Anonymous

  ހެޔޮތަ ކޮންމެ ވައްތަރެއްގެ ވާހަކައެއްވިޔަސް ޖަހަން.