މޭގަން މާކެލް ޕްރިންސް ހެރީގެ ލޯބިވެރިޔަކަށްވި ހިސާބުން އޭނާގެ ހުރިހާ ހަރަކާތަކަށް މީޑިއާ އޮންނަނީ ފާރަވެރިވެއެވެ. އޭނާ ޕްރިންސް ހެރީގެ އަނބިމީހާގެ މަގާމަށް އައުމާއި އެކު މިހާރު މީޑިއާތަކުން އޭނާ އަށް ދޭ ސަމާލުކަން އަދި މާބޮޑަށް އިތުރުވެއްޖެއެވެ.

މީޑިއާ އިން މޭގަން އަށް ދޭ ސަމާލުކަމުގެ ތެރެއިން ނޫސްވެރިންގެ ލޮލުގައި އަޅައިގަތް އެއް މަންޒަރަކީ މޭގަން ވަރަށް ގިނައިން ޖީބަށް އަތް ލައިގެން ހުންނަ މަންޒަރެވެ. އެއީ ކީއްވެ މޭގަން ހުންނަ ގޮތެއްތޯ ބަލަން ނަން މަޝްހޫރު ނޫސްތަކުގައި ވަނީ ތަފާތު ލިޔުންތައް ގެނެސްދީފައެވެ.

"އޯކޭ" ގައި ވަނީ ބޮޑީ ލޭންގްއޭޖްގެ ތަޖުރިބާކާރެއް ކަމަށްވާ ޖޫޑީ ޖޭމްސްގެ ބަސް މިކަމާއި ގުޅިގެން ގެނެސްދީފައެވެ.

"އަހަރެންނަށް ހިޔެއް ނުވޭ އެއީ މާއާދަޔާއި ހިލާފު ކަމެއް ހެންނެއް. މޭގަން އޭނާގެ އަތް ފޮރުވަން ވެގެން އަތް ޖީބަށް ލައިގެން ހުންނަން ޖެހޭ ސަބަބެއް ނެތް. އެކަމުގެ ފަހަތުގައި އޮތީ އެއަށް ވުރެ މާއާންމު ސަބަބެއް. އެއީ އަތައް ހަދާނެ ގޮތެއް ނޭނގުން. އަތް ބަހައްޓަންވީ ކިހިނެއްކަން ނޭނގޭތީ ޖީބަށް އަތް ލަނީކަމަށް ލަފާކުރެވެނީ. އެއީ ވަރަށް ގިނަ މީހުންނަށް ދިމާވާ ކަމެއް. ހާއްސަކޮށް ގިނަ ބަޔަކު ބަލަން ތިބި ނަމަ، ނުވަތަ ފޮޓޯއަކަށް ހުއްޓޭއިރު އަތް ބަހައްޓަންވީ ކިހިނެއްކަން ގިނަ މީހުންނަކަށް ނޭނގޭ." ޖޫޑީ ބުންޏެވެ.

ނުވަތަ މޭގަން އަކީ ކުރީގެ ފެޝަނަށް ލޯބިކުރާ މީހަކަށް ވުމަކީ ވެސް ޖީބަށް އަތް ލައިގެން ހުރެދާނެ ސަބަބެއް ކަމަށް ޖޫޑީ ގަބޫލު ކުރެއެވެ. 50 ގެ އަހަރުތަކުގައި ޖީބަށް އަތް ލައިގެން ތިބުމަކީ ވަރަށް މަޝްހޫރު ފެޝަނަކެވެ. މޭގަން މިހާރު ވެސް އެފެޝަނަށް ލޯބި ކުރަނީ ކަމަށް ވެދާނެ ކަމުގެ ޖޫޑީ ބުންޏެވެ.

ކޮންމެއަކަށް މިސުވާލުގެ ޖަވާބު ލިބޭނީ މޭގަން މިއަށް ޖަވާބެއް ދީގެންނެވެ. އެހެން ނޫނަމަށް ނޫސްތަކުން މިވާހަކަ ދައްކާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ބާނިޔޫސޭ

    މޭގަން އަކީ ފިރިހެނެއްނަމަ ތިޔަ ސުވާލުގެ ޖަވާބު ވަރަށް ފަސޭހަ.

  2. ޙަސަނު

    ކުޅޭހިތުން

  3. ހުސޭނުބޭ

    ޖީބުބޮޑު ދަލޭކަ ހެދިގެން އުޅޭހެން ހީވަނީ