މާސްގައި އިންސާނުން އާބާދުކޮށް، ދުނިޔެ އާއި އެއްގޮތައް މާސްގައި އިންސާނުންގެ ދަރިފަސްކޮޅަކަށް ދިރިއުޅުމެއް ހޯދައި ދިނުމަކީ ނާސާ އާއި އަދި މިހާރު ބޮޑެތި ވިޔަފާރިވެރިންގެ ވެސް ވަރަށް ބޮޑު މަޤުޞަދެކެވެ. އަދި އެމީހުންގެ ހުވަފެނެކެވެ. ނަމަވެސް މާސްގައި އިންސާނުން އާބާދު ކުރެވިދާނެ ކަމަށް ގަބޫލު ކޮށްގެން ތިބި މީހުންނަށް މިއޮތީ ހިތާމަވެރި ޚަބަރެކެވެ.

"ނޭޗާ އެސްޓްރޮނޮމީ" ގައި އާންމު ކޮށްފައިވާ ދިރާސާ ރިޕޯޓެއްގައި ބުނެފައި ވަނީ މާސް އަކީ ދުނިޔެ އާއި ކިތަންމެ އެއްގޮތް ސިފަތައް ގިނަ ޕްލެނެޓަކަށް ވީނަމަވެސް މާސްގައި އިންސާނުން އާބާދު ކުރުމަކީ މިހާރު ހޯދައިފައި ހުރި ޓެކްނޮލޮޖީތަކަށް ބަލާއިރު ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.

ދިރާސާ ރިޕޯޓްގައި ބުނެފައި ވަނީ މާސްގައި ވެއްޔާއި، އައިސް އަދި ފެނުގެ އަސަރާއި ކާބަން ޑައިއޮކްސައިޓް ފަދަ ގޭސްތައް ހުރިނަމަވެސް އިންސާނުން ދިރިއުޅެން އެކަށީގެންވާ ވަރުގެ ގްރީންހައުސް އަސަރެއް މާސްގައި ނެތް ކަމަށެވެ.

"ޤަބޫލު ކުރަން މަޖުބޫރު ހަޤީޤަތަކީ މާސްގައި އިންސާނުން އާބާދު ކުރަން ބޭނުންވާ އެންމެ އާދައިގެ ސިފަތައް މާސްގައި ނެތް ކަން. މާސްގެ ޖައްވު އޮތީ އިންސާނުންގެ އާބާދީއެއް އެތަނުގައި އާބާދު ކުރެވޭ ގޮތަކަށް ނޫން." ދިރާސާގައި އިސްކޮށް ހަރަކާތްތެރިވި ޕްރޮފެސަރ ބްރޫސް ޖެކޯސްކީ ވިދާޅުވިއެވެ.

"އަޅުގަނޑުމެން ކުރި ދިރާސާތަކުގެ އަލީގައި ބުނެވެން އޮތީ މާސްގައި އިންސާނުން އާބާދު ކުރުމަކީ މިހާރު ކުރެވެން އޮތް ކަމެއް ނޫނޭ." ބްރޫސް ވިދާޅުވިއެވެ.

މިދިރާސާ ކޮށްފައި ވަނީ ފާއިތުވި 20 އަހަރު ސައިންސްވެރިން މާސް އިން ހޯދާފައިވާ މައުލޫމާތުތަކުގެ މައްޗަށް ބިނާ ކޮށެވެ. ދިރާސާ ކޮށްފައި ވަނީ ނޮދަން އެރިޒޯނާ ޔުނިވަސިޓީ އިންނެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. މާސް ބާއްވާފަ ދުނިޔޭގަ މީހުން އާބާދު ކުރެވޭތޯ ބަލާާބަ. ކިތައް މީހުން މަރުވަނީ ބަނޑުހައި ހޫނުކަންމަތީީ!

  2. ރައީސް ޔާމީނާއި އޭނާގެބައިވެރިންނަށް ތިޚަބަރުންއަސަރުކުރާނެ އަދި ރިޔާސީއިންތިޚާބަށްވެސް ތިޚަބަރުގެސަބަބުން ވަރަށްބޮޑަށް އަސަރުކުރާނެކަނަށްފެނޭ .. ސަބަބަކީ ރާއްޖޭގެހުރިހާޒުވާނުންނަށްވެސް މާސްއިން ގޯއްޗާއި ފުލެޓުދޭންއެވަނީނިންމާފަ އަދި ޔާމީނުގެ ބައިވެރިންނަށް މާސްއިންވަނީ ކޮރަޕްޝަނަށްމަގުފަހިވާގޮތަށް ގޯތިލިބޭކަންއަންގާފަ .

  3. ރިހާކުރާބެހޭ ސައިންސްވެރިޔާ!

    ނޫނޭ ކުރެވޭނެ! ކުރެވޭނެ! ފޫނެތްފަޔައް ފެންފުރުމަކީވެސް ކުރާކަމެއްވިއްޔަ! އެހެން ވީއިރު ކީއްވެތަ ނުކުރެވެންވީ؟

  4. ދުންތަރި އަށް އެނގޭތަ ކެނެރީގެ ނަށީދު މިގައުމު ކުއްޔަށް ދީފައި މީހުން އެހެން ގައުމަކަށް ބަދަލު ކުރަން އުޅުނުކަން މިތަން އަޑިޔަށް ދާކަމަށް ބުނެ އެހެން ގައުމަކުން ބިން ހޯދަން އުޅުނުކަން ނުވަތަ ހިޖުރަ ކުރާ ބީދައަކުން ވާހަކަ ދެއްކި ކަން...

  5. ބަލާ މިހާރު މާސްގަ އެމެރިކާ އިން އަޅާފަ ހުރި ގެތައް. ހަހަހަ. އަދި އެބައުޅޭ ހަނދައް ދާންށޯ ކިޔާފަ. މަހައްދޭ ބަލަ.

  6. ލާދީނީ ގަންޖާބޯ ވަރަށް ދެރަވާނެ. ޢެއީ އެމީހުން ސާބިތުކޮށްދޭން ބޭނުންވާނީ މިބިން ނޫން އެހެން ބިމެއްގަ އިންސާނުންނަށް އުޅެވޭނެކަން ދައްކަން. ޢެއްބުރުން ފޭލިވީ. ދެން ކަނޑުއަޑީގަ އާބާދުކުރޭ.