ބާޒާރުމަތީގައި އަންހެނަކާ ދިމާލަށް ބޭއަދަބީކޮށް މުއާމަލާތް ކުރި ފިރިހެނަކަށް، އެއަންހެން މީހާ ވަރުގަދަ ރައްދެއް ދީފިއެވެ.

އިންޑިޔާގެ ވެރިރަށް ދިއްލީގައި ހިނގި މި ޙާދިސާގައި ފިރިހެނަކު، ބޭދަބީކޮށް މުއާމަލާތްކުރުމުންވަނީ އެމީހާގެ ގަމީހުގެ ގިރުވާނުގައި ހިފައިގެން ދަމާފައި ގެނެސް އެންމެ މެދުގައި ބަހައްޓާފައެވެ. އަދި، އެމީހާގެ މޫނުގައިވަނީ ޖަހާފައެވެ.

އޭޝިޔަން ނިއުސް އިންޓަނޭޝަނަލް އިން ބުނެފައިވާ ގޮތުގައި، އެއަންހެންމީހާއަށް ބޭއަދަބީކޮށް މުއާމަލާތްކޮށްފައިވަނީ ފަސް މީހުންގެ ގުރޫޕަކުންނެވެ. އެހެންނަމަވެސް، އެންމެންގެ މެދަށް ގެނެސް، ވަރުގަދަ ފިލާވަޅެއް ނަގައިދީފައިވަނީ އެކަމުގެ އިސްކޮށް އުޅުނު މީހާއަށެވެ.

މީގެއިތުރުންވެސް، ނޫސްތަކުން ބުނެފައިވާ ގޮތުގައި މި ފިރިހެނުންތައްވަނީ މިހާރު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.