ވީޑިޔޯ ގޭމަކީ، ގިނަ ވަގުތު ކުޅޭކަމުގައިވާނަމަ، އެއަށް ދެވިހިފާ އެއްޗެކެވެ. ދެވި ހިފާ، ގިނަ ވަގުތު ވީޑިޔޯ ގޭމު ކުޅުމުގައި ވަގުތު ހޭދަކުރާކަމުގައިވާނަމަ، އެތައް ގެއްލުމެއް، އިންސާނާގެ ހަށިގަނޑަށް އޭގެ ސަބަބުން ކުރެއެވެ. ސިކުނޑިއާއި، ލޯ އަދި ބޮލަށް އެކަމުން ކުރާ އަސަރު ވަކީން ބޮޑެވެ.

ޞިއްޙީ ތަޖުރިބާކާރުން، އޭގެން ލިބޭ ގެއްލުންތަކުގެ ވާހަކަ ކިތަންމެ ގިނައިން ދެއްކިކަމުގައިވިޔަސް، އެކަން ހެޔޮ ހިތުން ބަލައިގަނެ، ޢަމަލު ކުރަނީ މަދު ބައެކެވެ. އެހެންކަމުން، މިފަދަ ޙާދިސާއަކީ، އެފަދަ ފަރާތްތަކަށް ހުރި އިބުރަތަކަށް ފުދޭނެކަމަށް ހީކުރަމެވެ.

އެގޮތުން، އެއް ދުވަހު، ހުއްޓާ ނުލައި ނުވަ ގަޑިއިރު ވަންދެން، ކޮމްޕިއުޓަރު ބޭނުންކޮށްގެން ވީޑިޔޯ ގޭމު ކުޅުނު ކުއްޖަކަށް، ހީވެސް ނުކުރާފަދަ ޞިއްހީ މައްސަލަތަކަކާވަނީ ކުރިމަތިލާން ޖެހިފައެވެ. އެކަމުގެ ސަބަބުން އެކުއްޖާއަށްވަނީ އެތައް ވޭނެއް އުފުލަން ޖެހިފައެވެ.

"އިންޑިޔާ ޓައިމްސް" ނޫހުން ބުނެފައިވާ ގޮތުގައި، ނުވަ ގަޑިއިރު ވަންދެން ގޭމު ކުޅުމުގެ ސަބަބުން، ފިލިޕީންސް އަށް ނިސްބަތްވާ ކުޑަ ފިރިހެން ކުއްޖަކުވަނީ ފިޓު ޖެހިފައެވެ. ފިޓު ޖެހުމުގެ ސަބަބުން، އެކުއްޖާގެ އެއް ލޮލަށާއި ތުންފަތަށް ގެއްލުންތަކެއްވިކަމަށްވެސް، އެނޫހުގައި ބުނެފައިވެއެވެ. އެގޮތުން، އެއް ލޮލާއި ތުންފަތް، ގަސްދަކާ ނުލައި އަބަދުވެސް ތެޅޭކަމަށްވެއެވެ.

"ފޯކަލް ސީޒާ" ގެ ނަމުން، މިކަމަށް ޑޮކްޓަރުން ނަން ދީފައިވާއިރު، އެކުއްޖާއަކީ، މީގެ ކުރިން އެއްވެސް ޞިއްޙީ މައްސަލަތަކެއް ދިމާވި ނުވަތަ އެފަދަ ޞިއްޙީ މައްސަލަތަކެއް ހުންނަ ކުއްޖެއް ނޫންކަމުގައިވެސް، ކުއްޖާގެ ބައްޕަ ބުނެފައިވެއެވެ. އެގޮތުން، މީގެކުރިން އެކުއްޖާ ފިޓު ނުޖެހޭކަމަށްވެސް އޭނާ ބުނެފައިވެއެވެ.

ޑޮކްޓަރުންވެސް ބުނެފައިވަނީ، މިއީ އެކި އާލާތްތައް ބޭނުންކޮށްގެން، ގިނަ ވަގުތު ގޭމު ކުޅުމުގެ ސަބަބުންވީ ކަމެއްކަމުގައިކަމަށް ވަރަށް ބޮޑަށް ބެލެވޭކަމުގައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. މީ

    ޔާﷲ

  2. ވިސްނާ

    ކަމެއްވުމުގެކުރިން ރަށްކާތެރިވުމަކީ އެންމެބުއްދިވެރި ރަގަޅުގޮތް ނަމަވެސް ހިތާމައަކީ
    އަޅުގަނޑުމެންގެތެރެއިން ގިނަބޭފުޅުންނަށްވާގޮތަކީ ކަމެއްދިމާވުމުން އެކަމުން ރަށްކާ
    ތެރިވުމަށް މަސައްކަތްކުރެވެނީ ދިމާވާކަމުގެބާވަތުން ގިނަފަހަރުއޮންނަނީ ވަގުތުފާއިތުވެފަ
    ވީމާ ކަމެއްދިމާވުމުގެކުރިން އެކަމުން ރަށްކާތެރިވުމަށް ކުރައްވަންޖެހޭކަންތައް ކުރައްވާ
    ( ރަށްކާވެތިބިއްޔާ ދަތުރު )