50 އަހަރު ވަންދެން އިންޑިއާގެ ފިލްމް އިންޑަސްޓްރީގައި މަސައްކަތް ކުރި ސްރީ ދޭވީއަކީ ކުޑައިރުން ފެށިގެންވެސް ވަރަށް ކަމުދާ  ތަރިއެއްކަމަށާއި، ފިލްމީ ދާއިރާއަށް ވަދެވުނު އެންމެ ބޮޑު އެއް ސަބަބަކީވެސް ސްރީދޭވީކަމަށް ބޮލީވުޑް އަދި ހޮލީވުޑްގެ ބަތަލާ ޕްރިޔަންކާ ޗޯޕްރާ ބުނެފިއެވެ.

މިދިޔަ ހޮނިހިރު ދުވަހުގެ ރޭގެ ވަގުތެއްގައި ސްރީ ދޭވީ މަރުވުމާއި ގުޅިގެން އެކަމުގެ ހިތާމަ އިންޑިއާގެ ފިލްމީ ތަރިންތައް ވެސް ކުރަމުން އަންނައިރު، ގިނަ ތަރިންތަކެއް ދަނީ ސްރީ ދޭވީގެ ހަނދާންތައް ކުރަމުންނެވެ.

ޕްރިޔަންކާ ބުނީ، އޭނާ އެންމެ ކުޑައިރުންފެށިގެން ސްރީ ދޭވީގެ ފިލްމްތަކާއި ލަވަތައް ބަލާ ހަދާ ކަމަށެވެ. އަދި ސްރީ ދޭވީގެ އިންޓަވިއުތައް ވެސް އެތައް ފަހަރަކު ބަލާކަމަށްވެސް ޕްރިޔަންކާ ބުންޏެވެ. ސްރީ ދޭވީ ކުޅުނު ކޮންމެ ފިލްމަކާއި ލަވައަކީ އެތައް ގޮތަކުން މީހުންގެ ހިތްތަކާއި، ހަނދާންތައް އާވާފަދަ ލަވަތަކެއްކަމަށް ވެސް އޭނާ ބުންޏެވެ.

ޕްރިޔަންކާ ބުނީ، ސްރީ ދޭވީ މަރުވުމުން އެ ހިތާމަ ކުރަނީ އޭނާ އެކަނި ނޫން ކަމަށެެވެ. އެ ހިތާމަ ހުރިހާ ފިލްމީ ތަރިންވެސް ކުރަމުން އަންނަކަމަށް ޕްރިޔަންކާ ބުންޏެވެ.

އުމުރުން 54 އަހަރުގައި ސްރީ ދޭވީ މަރުވީ ބިލިގާއެއްގެ ތެރެއަށް ގެނބިގެންނެވެ. އޭނާ މަރުވިއިރު، ދެ އަންހެން ދަރިންނާއި ފިރިޔަކު ދުނިޔޭގައި އެބަތިއްބެވެ.

 

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ސާހްރުކް ވަރަށް ކަޑަވާނެ އެއީ އޭނަ ދިން ޗާންސެއްކަމަށް ބުނަނީ