އިނގިރޭސިވިލާތުގެ އަންހެނެއް ކަމަށްވާ އުމުރުން 28 އަހަރުގެ މާގްރެޓް ކޭޝް އޭނާ ކުއްޔަށް ހިފައިގެން އުޅުނު ގެއިން ނިކުންނަން ޖެހުމުން އޭނާގެ ހަ ކުދިންނާއެކު ވަންނާނެ ތަނެއް ނެތި މަގުމަތިވެއްޖެއެވެ.

ޑްބްލިން ސަރަހައްދަށް ނިސްބަތްވާ އެ އާއިލާ ކުއްޔަށް ހިފައިގެން އުޅުނު ގެއިން ނިކުންނަން ޖެހުނީ ކުލި ދެއްކޭނެ ގޮތެއް ނެތުމުން ގެއިން ނުކުންނަން ގޭގެ ވެރި ފަރާތުން އެންގުމުންނެވެ. އިތުރު ތަނެއް ކުއްޔަށް ހިފޭނެވަރުގެ ތަނަވަސްކަމެއް މާގްރެޓްގެ ނެތެވެ.

މާގްރެޓް އޭނާގެ ދަރިންނާއެކު މަގުމަތިވުމުން އެ ސިޓީގެ ކައުންސިލްގެ ސަމާލުކަމަށް އެކަން ގެނައެވެ. ނަމަވެސް ކައުންސިލުން ބުނީ އެ މީހުން ވަގުތީ ގޮތުން ތިބެވޭނެ ތަނެއް ވެސް ފޯރުކޮށްދެވެން ނެތް ކަމަށެވެ. ވަގުތީ ހިޔަލެއް ކައުންސިލްގެ ބެލުމުގެ ދަށުގައި މިވަގުތު ހުސްކޮށް ނެތް ކަމަށާއި އެހެންކަމުން ހިޔާވަހިކަން ދެވެން ނެތް ކަމަށް ކައުންސިލުން ބުންޏެވެ.

މާގްރެޓް އެހާ ހިސާބުން ދިޔައީ އެ ސަރަހައްދުގެ ޕޮލިސް ސްޓޭޝަނަކަށެވެ. ޕޮލިސް ސްޓޭޝަނުން ބުނީ ބޯހިޔާވަހިކަން ނުދެވޭނެ ކަމަށާއި ނަމަވެސް އެންމެ ރެޔަކު ޕޮލިސް ސްޓޭޝަންގެ ރިސެޕްޝަން އޭރިއާގައި މަޑުކޮށްލެވިދާނެ ކަމަށެވެ.

މިދިޔަ ބުދަ ދުވަހުގެ ރޭ މާގްރެޓްގެ ހަ ކުދިން ޕޮލިސް ސްޓޭޝަންގެ ރިސެޕްޝަން އޭރިއާގައި ނިދާފައި ތިބި މަންޒަރު ފެންނަ ފޮޓޯއެއް ވަނީ މީސް މީޑިއާގައި ދަރުވާން ފަށާފައެވެ.

މާގްރެޓްގެ ދަރިން ޕޮލިސް ސްޓޭޝަންގައި
މާގްރެޓްގެ ދަރިން ޕޮލިސް ސްޓޭޝަންގައި

ފޮޓޯ ދައުރުވާން ފެށުމުން ގިނަ ބަޔަކު ވަނީ ދައުލަތުގެ ކަމާބެހޭ ފަރާތްތަކުގެ ޒިންމާއާ ބެހޭ ގޮތުން ސުވާލު އުފައްދަން ފަށާފައެވެ.

މާގްރެޓް އާއި އޭނާގެ ހަ ކުދިން ވަނީ ބުރާސްފަތި ދުވަހު ޕޮލިސް ސްޓޭޝަނުން ނެރެފައެވެ. އެމީހުން މިހާރު ދިރިއުޅެމުން ދަނީ އަނެއްކާވެސް މަގުމަތީގައެވެ.

އުމުރުން 15 އަހަރުގައި ކައިވެނި ކުރި މާގްރެޓް އަށް ފުރަތަމަ ކުއްޖަކު ލިބުނީ އުމުރުން 17 އަހަރުގައެވެ. އޭނާގެ ކައިވެނި ރޫޅުނުތާ މިހާރު ދެތިން އަހަރު ވެފައިވާއިރު، ދަރިން ބެލުމުގައި އެކުދިންގެ ބައްޕަގެ އެއްވެސް އެހީތެރިކަމެއް ނުލިބެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ކިޔާމީހާ

    މިހާރު ނުފެނުނަސް ބޮޑެތި ވީމަ ތި ހުރިހާ ދަރިންވެސް ބަފަޔަށް ފެންނާނެ ތޯއްޗެއް.

  2. ޣަޖަނސ

    މީ މިގައުމުގަ ވީކަމެއް ނަމަ މިހާރު ވަގުތީ ހިޔާ ލިބޭނެ. ޢިނގިރޭސިވިލާތުންވެސް އެހެން ގައުމުތަޖުގެ ކުށްވެރިން ބަހައްޓަނެ ތަންތަން ހުންނާނެ. ޑީމޮކުރަސީގެ މިސާލު

  3. މީ

    މާތްﷲ އެކުދިންނާއި މަންމަޔަށް ހެޔޮތަނަވަސްގޮތް މެދުވެރި ކުރައްވަވާށި އާމީން

  4. ޝަމްވީލް

    ތިތިބީ ހުސް ފިރިހެން ދަރިން! ބޮޑަތިވެ އަތްފައި ހެލި މަސައްކަތްކޮށްގެން ފައިސާ ލިބެންފެށީމާ ބަފާ އަންނާނެ ހޯދަން މަގޭދަރިންނޭ ގޮވަމުން. ނަފްރަތު އޮންނާނެ! އެކަކަމު ބަފަޔަށް ހެޔޮކޮށްހިތާތި ހުރިހާ ކުދިންވެސް!

  5. ރާޖޫ

    ފަލަސްތީން، ސީރިއާގައި ތިކަހަލަ ކިތައް އާއިލާ އެބައުޅޭ.