ކުޑައިރު ވަރަށް ގިނަ މީހުން ވަރަށް ތަފާތު ހުވަފެންތައް ދެކޭނެއެވެ. ޒުވާންވެ، މުޖުތަަމަޢުގެ ތެރެއަށް ނިކުންނައިރު މީހުންގެ ހިތުގައި އޮންނަނީ ހަޤީޤަތަަކަށް ހެދިދާނެ ފަދަ ހުވަފެންތަކެވެ. ދުނިޔޭގެ ގިނަ މަންޒަރުތައް ފެނިފައި ތިބި މީހުން ބުނެއެވެ. ފުރަތަމަ ހުވަފެން ދެކޭށެވެ. އޭރުން އެކަމެއް ކާމިޔާބު ވާނެއެވެ.

މިކަމުގެ ދިރިހުރި މިސާލަކީ ޕްރިންސް ހެރީ އާއި ކައިވެނިކޮށް ޕްރިންސެސް އަކަށްވި މޭގަން މާކެލް އެވެ. 2014 ވަނަ އަހަރު ވެސް މޭގަން ވަނީ ޕްރިންސަސް އަކަށް ވުމުގެ ހުވަފެން ދެކިފައެވެ. އޭރު ރީޗަލް ޒޭންގެ ނަމުގައި "ސޫޓްސް" ސީރީސްގައި އޭނާ މަސައްކަތް ކުރިއިރު ލިޔުނު ލިޔުމެއްގައި އެހުވަފެނާއި ބެހޭ ގޮތުން ވާހަކަ ދައްކާފައި ވެއެވެ.

"ކޮންމެ އަންހެން ކުއްޖަކު ވެސް ކުޑަ އިރު ޕްރިންސަސް އަކަށް ވުމަށް އުއްމީދު ކުރާނެއެވެ. އެހުވަފެން ދެކޭނެއެވެ. އަހަރެން މިއަދު ވެސް އެކަމަށް އުއްމީދު ކުރަމެވެ. އެހުވަފެން ދެކެމެވެ." މޭގަން ލިޔެފައި ވެއެވެ.

އޭގެ ހަތަރު އަހަރު ފަހުން މޭގަން އަށް މިވަނީ އޭނާގެ ހުވަފެން ހަޤީޤަތަކަށް ހެދުމަށް ފުރުސަތު ލިބިފައެވެ. މިއަހަރުގެ މެއި މަހު މޭގަން ވަނީ ވަނީ ޕްރިންސް ހެރީ އާއި ކައިވެނި ކޮށްފައެވެ.

މޭގަން ވަނީ ކުރިން ގަވައިދުން ބްލޮގެއް އަޕްޑޭޓް ކުރަމުން ގޮސްފައެވެ. ނަމަވެސް ޕްރިންސް ހެރީ އާއި ލޯބީގެ ގޮތުން ގުޅުމަށް ފަހު 2017 ވަނަ އަހަރު އޭނާ ވަނީ ބްލޮގް ހުއްޓާލާ މީސް މީޑިއާ ހުރިހާ އެކައުންޓްތަކެއް ޑިލިޓް ކޮށްލާފައެވެ.

ޕްރިންސް ހެރީ އަކީ މިވަގުތު އިނގިރޭސިވިލާތުގެ ތަހުތާއި ހަވަނަ އަށް އެންމެ ކައިރީގައި ހުންނެވި ބޭފުޅާއެވެ.