އޮސްޓްރޭލިއާގެ ސިޑްނީގެ އަންހެނެއް ކަމަށްވާ ސޯފީ ސްމިތު ބުނާ ގޮތުން އޭނާ އަކީ ވަރަށް ބަދު ނަސީބު އަންހެނެކެވެ. ފިރިމީހާ އޭޝް ސްމިތު އާއި ބައްދަލުވެ، ލޯބީގެ ގުޅުމެއް ފައްކާވެ ކައިވެންޏާއި ހަމައަށް ދިޔައިރު ސޯފީގެ ހިތުގައި އޮތީ އެންމެ އިހްސާސްއެކެވެ. އެއީ "އަހަރެންނާއި އަހަރެންގެ ފިރިމީހާ އަކީ އެންމެ ނަސީބު ގަދަ ދެމަފިރިންނެވެ."

ދެމަފިރިންގެ ކައިވެންޏަށް ގިނަ ދުވަސްތަކެއްނުވެ ސޯފީ ބަލިވެ އިނެވެ. އެއްމާބަނޑު ތިން ކުދިންނަށެވެ. އެއީ ކައިވެނީގެ އުފާވެރިކަން ދެގުނަވި ސަބަބެކެވެ. ދުވަސް ފުރާ ވަރަށް ރަނގަޅަށް ހުރިހާ ކަމެއް ވެސް ގޮސް ސޯފީ އަށް އެއްމާބަނޑު ތިން ކުދިން ލިބުނެވެ.

ސޯފީގެ ހަޔާތައް "ބަދުނަސީބު" އައީ އެހައި ހިސާބުންނެވެ. ދަރިންގެ ސިއްހީ މައްސަލައެއް ނެތް ކަމަށް ޑޮކްތަރުން ބުނި ނަމަވެސް ކުދިންގެ އުމުރުން ހަތަރު މަސް ނުވަނީސް ފަހަރަކު ކުއްޖަކު މަރުވަމުން ގޮސް ތިން ކުދިން ވެސް މަރުވީ އެވެ.

ތިން ކުދިން މަަރުވެ ބޮޑު ހިތާމައެއް ދެމަފިރިންނަށް ލިބުނު ވަގުތުން ދެން ކުރިމަތިވީ އަދި މާބޮޑު ހިތާމައެކެވެ. ސޯފީގެ ފިރިމީހާ ސްމިތުގެ ސިކުނޑިއަށް ކެންސަރު ޖެހިފައިވާ ކަމަށް ޑޮކްޓަރުން ބުންޏެވެ. ސްމިތު އަށް ކެންސަރު ޖެހިފައިވާ ކަން އެނގުނު އިރު ކެންސަރު ހުރި މިންވަރަށް ބަލާފައި ޑޮކްޓަރުން ފުރަތަމަ ވެސް ދިނީ ނާއުއްމީދީ ޚަބަރެކެވެ. އެއީ ދެން ސްމިތު ރަނގަޅު ކުރެވިދާނެ ކަމުގެ އުއްމީދެއް ނެތް ކަމުގެ ޚަބަރެވެ.

ނަމަވެސް ސްމިތަށް ކެންސަރު ޖެހިފައި ހުރިކަން އެނގުނު ފަހުން ވެސް ހަތް އަހަރު ދުނިޔޭގައި ހުއްޓެވެ. އެދުވަސްވަރު ސޯފީ އާއި ސްމިތު ވަނީ އިތުރު ދެކުދިން ހޯދާފައެވެ. އެދެކުދިން ސިއްހަތު ސަލާމަތުން މިހާރު ވެސް ދުނިޔޭގައި އެބަތިއްބެވެ. ނަމަވެސް މިހާރު އެކުދިންގެ ބައްޕަ މަރުވެއްޖެއެވެ.

ސޯފީ ބުނީ ތިން ދަރިންނާއި ފިރިމީހާ މަރުވުމުގެ ހިތާމަައަށް ކުޑަވެސް ބަދަލެއް ނާންނަކަމަށާއި ދެދަރިން ތިބި ނަމަވެސް އަދިވެސް އޭނާގެ އެކަނިވެރިކަން ވަރަށް ބޮޑު ކަމަށެވެ. ނަމަވެސް ދެދަރިންނަކީ ލިބުނު ވަރަށް ބޮޑު ނަސީބެއްގެ ގޮތުގައި އޭނާ ފާހަގަ ކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. Anonymous

    ދެން އިތުރު ކައިވެންޏެއް ކުރަންޏާ އަންގާލާ

  2. މީ

    ޔާﷲ

  3. ރާގީ

    ﷲތަޢާލާ ސޯފީ އަށް ކެއްތެރިކަން ދެއްވާ ރަނގަޅު ފިރިޔަކާ ދަރިން ދެއްވާށި އާމީން...... ތީ ރޫހާނީ މައްސަލައެއް... ބޮޑަށް ލަފާކުރެވެނީ އެސްފީނާ ހަސަދައިގެ ސިހުރެއްކަމަށް...... މީ ރާގީ ގެ ތަޖުރިބާ...