ސިނގިރޭޓް ބުއިން ހުށްޓާލަން ބޭނުންވާ އެތަކެއް ބަޔަކު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އުޅޭނެއެވެ. އާންމު ގޮތެއްގައި ސިނގިރޭޓާއި ދުރުވާން ބޭނުންވާ މީހުން އެންމެ ގިނައިން ބޭނުން ކުރަނީ އީ-ސިނގިރޭޓެވެ. އެއީ އީ ސިނގިރޭޓް ނުވަތަ ވޭޕްގައި ދުންފަތް އެކުލެވިގެން ނުވާތީއެވެ. އެފަދަ ފަރާތްތަކުން ގަބޫލު ކުރާ ގޮތުގައި ވޭޕް ކުރުމަކީ ސިއްހީ ގޮތުން އެއްވެސް ބަލިމަޑުކަމެއް ކުރިމަތިކުރުވާ ކަމެއް ނޫނެވެ.

ނަމަވެސް އަދުގެ ސައިންސާއި ޓެކްނޮލޮޖީގެ އަލީގައި ސައިންސްވެރިން މިވަނީ އެކަން ދޮގުކޮށްފައެވެ. ސައިންސްވެރިން ބުނާ ގޮތުގައި ވޭޕް ކުރުމުގައި ހަށިގަނޑުގެ އެތެރަށް ދަމާ ދުމަށް ވުރެއް ނުރައްކާ ބޮޑީ ވޭޕްގެ ފްލޭވާއެވެ.

މީރު ރަހަތަށް ދޭ އެތަކެއް ފްލޭވާއެއް ތައާރަފްވެ އެތަކެއް ފްލޭވާތަށް އެތަކެއް ބަޔަކު އޭގެ އަވައިގައި ޖެހިފައިވާއިރު ފްލޭވާގައި އެކުލެވޭ ވިހަ މާއްދާތަކުގެ ސަބަބުން ފުއްޕާމޭގެ މައްސަލަތަށް ކުރިމަތި ކުރުވައެވެ. އަދި ވޭޕްގައި އެކުލެވޭ ފްލޭވަރގެ ސަބަބުން ފުއްޕާމޭ ސާފުކުރުމަށް އެހީވެދޭ މާއްދާތަކުގެ ބާރު ދަށްކުރުވައެވެ.

ބާމިންހަން ޔުނިވާސިޓީގެ ސައިންސްވެރިން ބުނާ ގޮތުގައި ވޭޕްގެ ފްލޭވާގެ ސަބަބުން ދިފާއީ ނިޒާމު ވަރުގަދަކޮށްދޭ ސެލްތަކުގެ ބާރު ކަނޑުވާލައެވެ. އަދި ބައެއް ސެލްތަށް މަރުވުމަށް މަގުފަހިވާ ކަމަށްވެސް ސައިންސްވެރިން ބުނެއެވެ،

އަދި ވޭޕް ކުރުމަކީ އާދައިގެ ސިނގިރޭޓް ބުއިމަށް ވުރެއް ގެއްލުން ކުޑަ ކަމެއް ކަމަށާއި ވޭޕް ކުރުމުން ކެންސަރު ޖެހުމަށް އޮންނަ ފުރުސަތު އާދައިގެ ސިނގިރޭޓް ބުއިމަށް ވުރެއް ކުޑަ ކަމަށްވެސް ސައިންސްވެރިން ބުނެއެވެ.

ނަމަވެސް ވޭޕް ކުރުމަކީ ސިއްހީ ގޮތުން އެއްވެސް ވަރަކަށް ރަށްކާތެރި ކަމެއް ނޫން ކަމަށް ސައިންސްވެރިން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ނަން

    ކައިގެން ފުރާނީ، ނުކައެއް ނުފުރާނަން

  2. ނަން

    ކައިގެން ފުރާނީ، ނުކައެއް ނުފުރާނަން ،އެހެންދޯ ތިކިޔަނީ!