ބޯވަޔަކީ ދުނިޔޭގެ ހުރިހާ ގައުމެއްގައިވެސް ވަރަށް އާންމު އެއްޗެކެވެ. އާންމު ގޮތެއްގައި ބޯވައިގައި ހުންނާނީ އަށް ފަޔެވެ. ނަމަވެސް ބައެއް ކަހަލަ ބޯވައިގައި އަށް ފަޔަށް ވުރެއް މަދު ފައި ހުރެއެވެ.

އެގޮތުން ސައިންސްވެރިން ވަނީ ހަތް ފައިލީ ބޯވައެއް ހޯދައިފައެވެ. ސައިންސްވެރިން ބުނާ ގޮތުގައި ހަތްފައިލީ އެ ބޯވައަކީ މަދުން ނޫނީ ނުފެންނަ އަދި އާބާދީ މަދު އެއްޗެކެވެ.

ހަލިޕްރޮމް އެޓްލާންޓިކަލް ނަމަކަށް ކިޔާ އެބޯވާ އާދައިގެ އެހެން ބޯވާތަކަށްވުރެ ސައިޒުން ބޮޑެވެ. އެގޮތުން ހަލިޕްރޮމްގެ ބަރުދަނުގައި 75 ކިލޯ ގްރާމް ހުންނައިރު އޭގެ ބޮޑު މިނުގައި 3.5 މީޓަރު ހުރެއެވެ.

އަދި ހަލިޕްރޮމް އުޅެނީ ޕެސެފިކް ކަނޑުގެ އަޑީގައި ކަމަށްވެސް ސައިންސްވެރިން ބުނެއެވެ. ކުލަ ބަދަލުކުރުމުގެ ގާބިލްކަން ގަލިޕްރޮމްއަށް ލިބިފައިނުވާއިރު އާދައިގެ ބޯވަޔަށް ވުރެއް ހަލިޕްރޮމްގެ ހުދުކަން ހިނައެވެ.

މަނިޓަރީ ބޭ އެކިއޭރިއަމް ރިސާޗް އިންސިޓިއުޓް ސައިންޓިސްޓުންނަށް ހަލިޕްރޮމް ބޯވާދިލަ މަހެއް ކާ މަންޒަރުގެ ވީޑިއޯއެއް ނެގިފައިވާއިރު އެ ބޯވައާއި ބެހޭ އިތުރު މައުލޫމާތު ހޯދުމަށް ސައިންސުވެރިން އަންނަނީ ކެނޑި ނޭޅި މަސައްކަތް ކުރަމުންނެވެ

ބޯވައިގެ އާއިލާއަށް ނިސްބަތްވާ 300އަށް ވުރެއް ގިނަ ސްޕީޝީސް އުޅޭއިރު ހަލިޕްރޮމް އަކީ އެ އާއިލާއަށް ނިސްބަތްވާ އެންމެ ބޮޑު ތިން ވައްތަރުގެ ބޯވައިގެ ތެރޭގައި ހިމެނޭ ބޯވައެކެވެ.

ހަލިޕްރޮމް އުޅެނީ ޕެސެފިކް ކަނޑުގެ އަޑީގައި ކަމުން އޭގެ ދިރިއުޅުމުގެ އާދަތަށް ދެނެގަތުމަށް ސައިންސްވެރިން މިހާރު ވަނީ ޕެސެފިކް ކަނޑުގެ އަޑިއަށް ޑިވައިސްތަކެއް ފޮނުވާފައެެވެ. އެޑިވައިސްތަކުގެ އެހީގައި ހަލިޕްރޮމްގެ ދަރިމައިވުމާއި ، ކެއިންބުއިމުގެ އާދަތަކާއި އެނޫންވެސް ކަންކަން ދެނެގަނެވޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ބޯވަ

    މަހީކުރީ ޔާމީބުގެ ފޮޓޯއެއްކަމަށް އިންނާނީ! ހުރިހާ ދިމާލަކަށް ނުފޫޒުފޯރުވައިގެން އުޅޭތީ!

    • ވަބޯ

      މަހީކުރީ ނަޝީދުގެ ފޮޓޯއެއްކަމަށް އިންނާނީ! ހުރިހާ ދިމާލަކަށް ބޭރުމީހުންގެ ނުފޫޒު ފޯރުވާތީ!

  2. އަލީ

    ތިބޯވަ ހެނދުނު ސަޔަށް ބޮނީ ކޯއްޗެއްތޯ ބަލާދޭތި.